ނޭހާގެ ޗުއްޓީ ރާއްޖޭގެ އިރުފުށީގައި

ސަން ސިޔާމު އިރުފުށި ރިސޯޓުގައި ނޭހާ ޗުއްޓީ ހަދަމުންދާއިރު ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯ ކްލިޕްތައް ނޭހާ އޭނާގެ އިންސްޓަގްރާމްގައި ވެސް ހިއްސާ ކުރަމުން ގެންދެ އެވެ.

ނޭހާ ރާއްޖޭގެ މޯލްޑިވިއަން އެއާ ޓެކްސީގެ ޑެކެއްގައި މަޑުކޮށްލައިގެން

އިންޑިއާގެ އެންމެ މަޝްހޫރު އެއް ލަވަކިޔުންތެރިޔާ ނޭހާ ކައްކަރު މިހާރު ހުރީ ރާއްޖޭގަ އެވެ. 

ނޭހާ ރާއްޖެ އައިސް ހުރީ އޭނާގެ އާއިލާއާއެކު ރާއްޖޭގައި ޗުއްޓީއެއް ހޭދަ ކޮށްލާށެވެ.  -- ނޭހާ އަކީ ބޮލީވުޑްގެ އެންމެ ހިނގާ އަދި މަގުބޫލު އަންހެން ލަވަކިޔުންތެރިޔާއަށް ވެފައި އޮންނަތާ ދުވަސްތަކެއް ވެފައި ވެއެވެ. އޭނާގެ އާއިލާގެ ބައެއް މެންބަރުންނާއި ފިރިމިހާއަކީ ވެސް މިއުޒިކީ މީހުނެވެ.

ނޭހާ މީގެ ކުރިން ވެސް ރާއްޖެއަށް އައިސް ޗުޓީ ހޭދަ ކޮށްފައިވެ އެވެ. މިފަހަރު ނޭހާ އާއި އާއިލާގެ ޗުއްޓީ ހޭދަކުރަމުން ދަނީ ސަން ސިޔާމު އިރުފުށި ރިސޯޓްގަ އެވެ. 

މި ޗުއްޓީ ދަތުރުގައި ނޭހާއާއެކު ބައިވެރި ވަނީ ފިރިމީހާ ރޯހަންޕްރީތު ސިންގް އާއި ނޭހާގެ މަންމަ އާއި ބައްޕަގެ އިތުރުން އާއިލާގެ އިތުރު ބައެއް އެހެން މެންބަރުންނެވެ. 

ސަން ސިޔާމު އިރުފުށި ރިސޯޓުގައި ނޭހާ  ޗުއްޓީ ހަދަމުން ދާއިރު ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯ ކްލިޕްތައް ނޭހާ އޭނާގެ އިންސްޓަގްރާމްގައި ވެސް ހިއްސާ ކުރަމުން ގެންދެ އެވެ.   

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.