ފަލަސްތީނުން މަރުވި މީހުންގެ އަދަދު 10،000 އިން މައްޗަށް

މިދިޔަ މަހުގެ ހަތްވަނަ ދުވަހު ހަމާސް އިން ދިން ކުއްލި ހަމަލާތަކާއި ގުޅިގެން އިޒްރޭލުން ފަށާފައިވާ ހަނގުރާމާ ގައި މިހާތަނަށް 10،022 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި 4،000 ވުރެ ގިނަ ކުޑަކުދީން ހިމެނެ އެވެ.

ޔަހޫދީންގެ ސިފައިން ފަަލަސްތީނުގެ ޣައްޒާ އަށް ބޮން އަޅަނީ: މިހާތަނަށް 10،000 މީހުން ވަނީ މަރުވެފައި

ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޖަމާއަތް -- އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއި ހިންގާ ޖަރިމާތަކުގައި މިހާތަނަށް 10،000 ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ. 

މިދިޔަ މަހުގެ ހަތްވަނަ ދުވަހު ހަމާސް އިން ދިން ކުއްލި ހަމަލާތަކާއި ގުޅިގެން އިޒްރޭލުން ފަށާފައިވާ ހަނގުރާމާ ގައި މިހާތަނަށް 10،022 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި 4،000 ވުރެ ގިނަ ކުޑަކުދީން ހިމެނެ އެވެ. އަދި އަންހެނުންގެ އަދަދު 2،600 ވުރެ އިތުރެވެ.

މީގެ އިތުރުން އިމާރާތްތަކުގެ ދަށުގައި ވެސް އެތައް ސަތޭކަ ބަޔަކު ވާނެ ކަމަށް ބެލެވެ އެވެ. އެ މީހުންގެ އަދަދު 2،200 ވުރެ އިތުރުވާނެ ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ އިދާރާ އިން ލަފާ ކުރެ އެވެ.

ހަމާސް ޖަމާއަތުގެ މުޖާހިދުން ނައްތާލުމުގެ ނަމުގައި ހަރުކަށި ޔަހޫދީ ސިފައިން ގެންދަނީ އެ މީހުންނަށް ހުޅަނގުން ފޯރުކޮށްދޭ ޒަމާނީ ހަތިޔާރު ބޭނުން ކޮށްގެން މުޅި ޣައްޒާ ސުންނާފަތި ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިދިޔަ މުއްދަތު ގައި މެދުކެނޑުމެއް ނެތި ޣައްޒާގެ އެކި ސަރަހައްދުތަކަށް ގެންދިޔައީ ބޮން އަޅަމުންނެވެ. 

ޔަހޫދީންގެ ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތެއް ކައިރީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހިނގަނީ

އިޒްރޭލްގެ އަނިޔާވެރިކަން ބޮޑުވެ މިސްކިތްތަކާއި ފައްޅިތަކާއި ސުކޫލުތަކާއި ރެފިއުޖީ ކޭމްޕްތަކަށް ވެސް ހަމަލާދީ އެތައް ސަތޭކަ ބަޔަކު ވަނީ މަރާލާފައެވެ. އެ ވަރުން ވެސް ޔަހުދީންގެ އަނިޔާވެރީންނަށް ހިތްހަމަޖެހުމެއް ނުލިބި އެންމެ ފަހުން ހޮސްޕިޓަލްތަކަށް ވެސް ވަނީ ބޮން އަޅަން ފަށާފައެވެ.

އަދި ހަމާސް ހުއްޓުވޭނެ ކަމުގެ އުންމީދު މުޅީން ގެއްލުފައިވާ ޒަޔަނިސްޓުން މިހާރު ދަނީ ނިއުކުލިއާ ބޮން އަޅާ މުޅި ޣައްޒާ ނައްތާލުމުގެ ރޭވުންތައް ވެސް ވަނީ ރާވާފައެވެ.

ޔަހޫދީންގެ އަނިޔާވެރިކަން ކިތަންމެ ބޮޑުވީ ނަމަވެސް ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ހަމާސްގެ މުޖާހިދުން ފަހަތަށް ޖެއްސޭ ގޮތެއް ނުވެ އެވެ. އިޒްރޭލާއި އެ މީހުންގެ ވާގިވެރީން ކަމުގައި ވި ހުޅަނގާއި އެ ގައުމުތަކުގެ ވެރީން ހައިރާންވެ އަންތަރީސްވާ ވަރުގެ ގަދަ ހިތްވަރަކާއި ބިރުކުޑަ ކަމެއް ހަމާސްގެ މުޖާހިދުން ދަނީ ދައްކަމުންނެވެ. އެ މީހުންގެ އަތުގައިވާ މަދު ވަސީލަތްތަކާއެކު ޔަހޫދީ ސިފައިންނާއި ކުރިމަތިލަނީ ވަރުގަދަ ސިންގާތަކެއް ފަދައިންނެވެ.

ޔަހޫދީންގެ ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތެއް ކައިރީ މީހުން ހަރަކާތްތެރިވަނީ

އިޒްރޭލްގެ އުދުވާންގައި މިހާތަނަށް 25،000 ވުރެ ގިނަ ރައްޔިތުން ވަނީ ޒަހަމުވެފައެވެ. އެ މީހުންނަށް ފަރުވާ ދޭން ވެސް އެކި ގޮތްގޮތުން ދަނީ ހުރަސް އަޅަމުންނެވެ. އެ ގޮތުން ހޮސްޕިޓަލްތަކަށް ހަމަލާދީ ބޮން އަޅާ ސިއްހީ ހިދުމަތްދޭ ވަސީލަތްތަކާއި ވެހިކަލްތައް ދަނީ ހަލާކު ކުރަމުންނެވެ. އަދި ހޮސްޕިޓަލްްތަކަށް ކަރަންޓް ދިނުމަށް ހުރަސް އަޅާ ޣައްޒާ އަށް ތެޔޮ ވެއްދުމަށް ދަނީ ހުރަސް އަޅަމުންނެވެ.

މުޖާހިދުންގެ ހަމަލާތަކުގައި އިޒްރޭލްގެ 1،400 މީހުން / ސިފައިން މަރުވެފައިވާނެ ކަމަށް މީޑިއާތަކުން ރިޕޯޓް ކުރެ އެވެ. މިއީ ހަމާސްގެ މުޖާހިދުންގެ ހަމަލާތަކުގައި އިޒްރޭލު ދުވަހަކު ވެސް ތަޖުރިބާ ކުރަން ޖެހިދާނެ ކަމަށް އެ މީހުން ދެކުނު ކަމެއް ނޫނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.