ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ތުހުމަތު އޮތް މީހަކު ފުލުހަށް ހާޒިރުވާން އިއުލާނެއް

އިއުލާން ޖެހީ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.

ތަހުގީހަށް ހޯދާ ނ. ކެނދިކުޅުދޫ / ކެނދިކޮޅު. ޝާދީވިލާ، ނޫހު މުހައްމަދު ނައީމް

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރަން އުޅުނު ކަމަށް ތުހުމަތުވި މީހެއްގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން އެ މީހާ ފުލުހަށް ހާޒިރުވާން އެދި އިއުލާން ޖަހައިފި އެވެ.

ނ. ލަންދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މި މައްސަލައިގެ ތަހުގީހަށް ހޯދަނީ ނ. ކެނދިކުޅުދޫ / ކެނދިކޮޅު. ޝާދީވިލާ، ނޫހު މުހައްމަދު ނައީމް 35، އެވެ.  

ފުލުހުންގެ ހިދުމަތުން ބުނި ގޮތުގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ސުވާލު ކުރަން ނޫހު ހާޒިރު ކުރަން އުޅުނު ނަމަވެސް އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވާން އަންގާ ޗިޓު ރައްދު ކުރެވިފައެއް ނުވެއެވެ.

އެހެން ވެގެން ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ނޫހު ފުލުހަށް ހާޒިރު ވުމަށް އަންގައި އިއުލާނު ޖެހީ ކަމަށް ވެސް ފުލުހުން ބުންޏެވެ. 

އޭނާ ހާޒިރުވާން އަންގާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު ނ. ލަންދޫ ޕޮލިސް ސްޓޭޝަނަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.