ބީމްއެމްއެލް "ސްމޯލް ގްރާންޓަ"ށް ހުށަހެޅުން މި މަހުގެ 15 އަށް

ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސަޢީދު ވިދާޅުވީ ބީއެމްއެލް ސްމޯލް ގްރާންޓްސްގެ ދަށުން މުޖުތަމައަށް ފައިދާ ކުރުވާ އަދި ތިމާވެށީގެ މައްސަލަތަކަށް އަމާޒުކޮށް ހިންގޭ ކުދި އަދި މެދު ފަންތީގެ ޕްރޮޖެކްޓް ތަކަށް ހިލޭ އެހީ ލިބިގެން ދާނެ ކަމަށެވެ،

ބީއެމްއެލްގެ އެހީގައި ރަށެއްގައި ހިންގި ތިމާވެށި ޕްރޮޖެކްޓެއް

ތިމާވެށީގެ ޕްރޮޖެކްޓްތަކަށް ދިވެހި ބޭންކް، ބީއެމްއެލް އިން ދޭ 450،000 ރ. ގެ ހިލޭ އެހީ ޕްރޮގްރާމަށް ހުށަހެޅުމުގެ މުއްދަތު މި މަހުގެ
15 އަށް ހަމަވާނެ އެވެ.

ބީއެމްއެލް އިން ބުނީ ދެމެހެއްޓެނެވި ތަރައްގީއާއި ތިމާވެއްޓާއި ގުޅުންހުރި ޕްރޮޖެކްޓްތައް ހިންގަން ޖަމިއްޔާތަކަށް އަމާޒުކޮށްގެން އެ ބޭންކުން ތައާރަފުކުރި "ސްމޯލް ގްރާންޓް" އަށް އެދި ހުށަހެޅުމުގެ މުއްދަތު މި މަހުގެ 15 އަށް ހަމަވާނެ ކަމަށާއި ހުށަހަޅާ ޕްރޮޖެކްޓް ތަކުގެ ތެރެއިން އަށް ޕްރޮޖެކްޓެއް ހޮވައި ކޮންމެ ޕްރޮޖެކްޓަކަށް 250،000 ރުފިޔާގެ ހިލޭ އެހީ ދޭނެ ކަމަށެވެ.

ޑިސެމްބަރު 31، 2021 ގެ ކުރިން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުންދާ ޖަމިއްޔާތަކަށް މި ފަންޑަށް އެދި ހުށަހެޅޭނެ އެވެ.

ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސަޢީދު ވިދާޅުވީ ބީއެމްއެލް ސްމޯލް ގްރާންޓްސްގެ ދަށުން މުޖުތަމައަށް ފައިދާ ކުރުވާ އަދި ތިމާވެށީގެ މައްސަލަތަކަށް އަމާޒުކޮށް ހިންގޭ ކުދި އަދި މެދު ފަންތީގެ ޕްރޮޖެކްޓް ތަކަށް ހިލޭ އެހީ ލިބިގެން ދާނެ ކަމަށެވެ،

"މި އެހީއާކު ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދައިދެވި، މުޖުތަމައުއަށް ދެމެހެއްޓެނިވި ތަރައްގީ ގެނެވި ހެޔޮ ބަދަލުތަކެއް އަންނާނެ. އަޅުގަނޑުމެންގެ އުންމީދަކީ ދާއިރާގައި މަސައްކަތްކުރައްވަމުންދާ ވީހާވެސް ގިނަ ޖަމިއްޔާތަކަކުން މި ފުރުސަތުގެ ބޭނުންކުރެއްވުން." އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.