ރަސްފަރި ފަރު އިޔާދަކުރުމުގެ މަސައްކަތް ފަށައިފި

އީޕީއޭ އިން ކުރިން ބުނެފައިވާ ގޮތުގައި މި ފަރު އިޔާދަ ކުރުމަށް ދިވެހި ސަރުކާރަށް ފަންޑު ކުރާނީ ސީދާ ގެއްލުން ދިން ބޯޓުން ކަމަށެވެ.

ރަސްފަރި ފަރު އިޔާދަކުރުމުގެ ޕްރޮޖެކްޓް ފެށުން -- ފޮޓޯ: އީޕީއޭ

ކ. ރަސްފަރީ ފަރަށް ބޭރުގެ އާގު ބޯޓެއް އަރައި ލިބުނު ގެއްލުން އިޔާދަކުރުމުގެ ގޮތުން މުރަކަ އިންދަން ފަށައިފި އެވެ.

އޮގަސްޓް 19، 2021 ވަނަ ދުވަހު ރަސްފަރީ ފަރަށް އަރާފައި ވަނީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރު ކުރަމުން ދަނިކޮށް ޕެނަމާގައި ރަޖިސްޓަރީ ކޮށްފައިވާ "ނެވިއޯ އަމަރީލިސް" ނަމަކަށް ކިޔާ ބޯޓެކެވެ. އޭގެ ސަބަބުން ފަރުގެ 8،867 އަކަ މީޓަރުގެ ސަރަހަދެއް ހަލާކުވެފައި ވެއެވެ. ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ބޯޓުން ވަނީ 10 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް އެމްއެމްއޭއަށް ދައްކާފަ އެވެ.

ގުރުރަތީ ގޮތުން ރީތި ސިފަތަކެއް ލިބިފައިވާ ރަސްފަރި ފަރު އިޔާދަކުރުމުގެ މަސައްކަތް ފައްޓަވައިދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު އައިޝަތު ޝައުނާ އެވެ. މި އިވެންޓް ފައްޓަވައިދެއްވަމުން ޝައުނާ ވަނީ ނާސަރީގައި ފުރަތަމަ މުރަކަ އިންދާފަ އެވެ.

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ މި ފަރު އިޔާދަކުރަން ހަތް އަހަރުގެ މުއްދަތެއް ނަގާނެ ކަމަށެވެ. މި މަސައްކަތުގައި ދިރާގު، އެމްއޭސީއެލް އަދި ލޭންޑްސްކޭޕިން ސޮލިއުޝަންސް އިން ބައިވެރިވެ އެވެ.

ރަސްފަރި ފަރު އިޔާދަކުރުމުގެ ޕްރޮޖެކްޓް ފެށުން -- ފޮޓޯ: އީޕީއޭ

އީޕީއޭ އިން ކުރިން ބުނެފައިވާ ގޮތުގައި މި ފަރު އިޔާދަ ކުރުމަށް ދިވެހި ސަރުކާރަށް ފަންޑު ކުރާނީ ސީދާ ގެއްލުން ދިން ބޯޓުން ކަމަށެވެ. މިއީ މިފަދަ ގޮތަށް ފަރަށް ލިބިފައިވާ ގެއްލުން އިޔާދަ ކުރުމަށް ބަޔަކު ފަންޑުކުރާ ފުރަތަމަ ފަހަރު ކަމަށް ވެސް އީޕީއޭއިން ބުނެފައިވެ އެވެ.

މި ފަރު އިޔާދަ ކުރުމަށް، ނާސަރީގައި އިޔާދަ ކުރާ މުރަކަތައް އަލުން ފަރުގައި އިންދާނެ އެވެ. އަދި، އަލުން އިޔާދަކުރާ މުރަކަތައް މޮނީޓާ ކުރުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.