އެމްއެންޔޫ އިން ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން ހާސިލްކޮށްފި

އެމްއެންޔޫ އިން ބުނީ މި ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަނަކީ އިނގިރޭސިވިލާތުގެ ކޮލިޓީ އެޝުއަރެންސް އެޖެންސީން ހިންގާ "އިންޓަނޭޝަނަލް ކޮލިޓީ ރިވިއު" އެއް ކަމަށެވެ.

ދުނިޔޭގެ ފެންވަރުގައި މަތީ ތައުލީމުގެ ކޮލިޓީ ކަށަވަރުކުރާ އިނގިރޭސިވިލާތުގެ މިނިވަން އިދާރާއެއް ކަމަށްވާ ކޮލިޓީ އެޝުއަރެންސް އެޖެންސީ ފޯ ހަޔާ އެޑިއުކޭޝަން (ކިއުއޭއޭ) އިން ދޭ ގްލޯބަލް އެކްރެޑިޓޭޝަން ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީން ހާސިލްކޮށްފި އެވެ.

އެމްއެންޔޫ އިން ބުނީ މި ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަނަކީ އިނގިރޭސިވިލާތުގެ ކޮލިޓީ އެޝުއަރެންސް އެޖެންސީން ހިންގާ "އިންޓަނޭޝަނަލް ކޮލިޓީ ރިވިއު" އެއް ކަމަށެވެ.

މިކަމާ ގުޅިގެން މައުލޫމާތު ދިނުމަށް އެމްއެންޔޫ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފް ވިދާޅުވީ ހާސިލްކުރެވުނު ޝަފަކީ ޔުނިވާސިޓީގެ އިލްމީ ފެންވަރާއި، ދުނިޔޭގެ މިންގަނޑުތަކަަށް އެ ޔުނިވާސިޓީ އިން އަހަންމިއްޔަތުކަން ދޭ މިންވަރު ދައްކުވައިދޭ ކަމެއް ކަމަށެވެ. 

އޭނާ ވިދާޅުވީ ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ރިވިއުގެ މަރުހަލާތަކުގައި ހުރިހާ ގޮތަކުން ވެސް ޔުނިވާސިޓީގެ ފެންވަރު ރަގަޅު ކަން ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން ތަން ހިންގުމުގެ ސިޔާސަތުތަކާއި، ކިޔަވައިދިނުމާއި އުނގަންނައިދިނުމުގެ އުސޫލުތަކާއި، ސްޓޫޑެންޓް ސަޕޯޓްއަށް އަމަލުކުރާ މެކޭނިޒަމްތަކާއި، ޔުނިވާސިޓީގެ އެތެރޭގެ ފެންވަރު ކަށަވަރުކުރުމުގެ އިންތިޒާމުތައް ރަގަޅު ކަން މި ރިވިއު އިން ފާހަގަވެފައިވާ ކަމަށް ވިދާޅުވި އެވެ.

އެމްއެންޔޫއިން ހާސިލް ކުރި މި އެކްރެޑިޓޭޝަނަކީ ފަސް އަހަރުގެ މުއްދަތަކަށް ސައްހަ އެއްޗެކެވެ. އަދި، މިއީ އައިކިއުއާރުގެ މިންގަނޑުތައް ކާމިޔާބުކަމާއެކު ފުރިހަމަ ކުރާ ބައިނަލްއަގްވާމީ މުއައްސަސާތަކަކަށް ދޭ އެކްރެޑިޓޭޝަނެއް ކަމަންވެސް އެ އެމްއެންޔޫ އިން ބުންޏެވެ. މި އެކްރެޑިޓޭޝަނާއެކު އެމްއެންޔޫއަކީ ކިއުއޭއޭ ކޮމިއުނިޓީގެ ބައިނަލްއަގްވާމީ މެމްބަރެކެވެ.

ކޮމެންޓް

1
450
އައިޝާ
6 months ago

ތައުލީމީ ގޮތުން ރާއްޖެ ހާސިލް ކުރަމުންދާ ކާމިޔާބީތަކަކީ ވަރަށްބޮޑަށް ފާހަގަ ކޮށް ތައުރީފް ހައްގު ކަމެއް.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.