ވެން މަސް ވެނަށް | ދައުލަތުން ދޭ އިމްޕޯޓް ޑިއުޓީގެ ފައިދާ ސަރުކާރަށް

މިދިޔަ އަހަރު ސަރުކާރުގެ ވުޒާރާތަކަށް އެއް ބިލިއަން ރުފިޔާއާ ގާތް ކުރާ އަދަދަކަށް އިމްޕޯޓް ޑިއުޓީގެ އިނާޔަތް ލިބިފައިވެ އެވެ.

އެމްޕީއެލްއިން ވިޔަފާރި ބަނދަރު : އިމްޕޯޓް ޑިއުޓީ އިނާޔަތުގެ ފައިދާއިން ބޮޑު ބައެއް ވުޒާރާތަކުން މައާފު ކުރޭ

އެކި ސިޔާސަތުގެ ދަށުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި ކޮންމެ އަހަރަކުވެސް ބޮޑު ލުޔެއް ދެ އެވެ. މިދިޔަ ދެ އަހަރު ވެސް ބޮޑުތަނުން އެ ލުއި ދީފައިވެ އެވެ. މިދިޔަ ދެ އަހަރަށް ބަލާއިރު މިގޮތަށް ދިން ލުއިގެ ބޮޑު ފައިދާ ލިބުނީ ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކަށެވެ. 

ތަފާސް ހިސާބުތަށް ދައްކާ ގޮތުގައި މިދިޔަ ދެ އަހަރު އެކި ސިޔާސަތުތަކުގެ ދަށުން ޖުމްލަ ދެ ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއްގެ ލުއި ސަރުކާރުން ވަނީ ދީފަ އެވެ. އެގޮތުން 2021 ވަނަ އަހަރު މުދާ އެތެރެ ކުރާ ފަރާތްތަކަށް ޖުމްލަ 1.1 ބިލިއަން ރުފިޔާގެ ލުއި ދިންއިރު މިދިޔަ އަހަރު މިއަދަދު ވަނީ 1.6 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. 

މިއީ 2021 ވަނަ އަހަރާ އަޅާބަލާއިރު 44 ޕަސެންޓުގެ އިތުރުވުމެކެވެ. މިއީ ނޮމިނަލް ޖީޑީޕީގެ ނިސްބަތުން ބަލާނަމަ 1.7 ޕަސެންޓެވެ. 

މިގޮތުން އެންމެ ބޮޑު ލުޔެއް ދައުލަތުން ދެނީ ސަރުކާރުގެ އިދާރާތަކަށް ކަމަށް ދައްކަ އެވެ. 

އިމްޕޯޓް ޑިއުޓީ މައާފުކޮށް ދިން އަދަދު

  •  ރީޖަނަލް އެއާޕޯޓްތަކަށް މުދާ އެތެރެ ކުރަން ދިން ލުއި - 2021 172.1 މިލިއަން | 2022 311.2 މިލިއަން
  •  ބޭރުގެ އެހީއަށްދޭ އިސްތިސްނާ - 2021 71.1 މިލިއަން | 2022 19.3 މިލިއަން
  •  އިޔާދަކުރަނިވި ހަކަތައަށް ދޭ އިސްތިސްނާ - 2021 16.0 މިލިއަން | 2022 10 މިލިއަން
  •  ޑިޕްލޮމެޓިކް ޕްރިވިލެޖުގެ ދަށުން މައާފު ކުރުން - 2021 5.1 މިލިއަން | 2022 3.5 މިލިއަން
  •  ފޮރިން އިންވެސްޓްމަންޓްތަކަށް ދޭ ލުއި - 2021 182.4 މިލިއަން | 2022 259.1 މިލިއަން
  •  ދެކުނު އޭޝިއާ ޕްރީޓްރޭޑުގެ ދަށުން ދޭ ލުއި - 2021 9.9 މިލިއަން | 2022 13.4 މިލިއަން
  •  ސަރުކާރުގެ އެކި ވުޒާރާތަކަށް ދީފައިވާ ލުއި - 2021 651.7 މިލިއަން | 2022 984.3
  •   މިލިއަން

ވުޒާރާތަކަށް ބިލިއަން ރުފިޔާގެ ލުއި

މި މައުލޫމާތުތަށް ދައްކާ ގޮތުގައި މިދިޔަ ދެ އަހަރުވެސް އިމްޕޯޓް ޑިއުޓީއަށްދޭ އިސްތިސްނާ އާއި ލުއި އެންމެ ގިނައިން ލިބިފައިވަނީ ސަރުކާރަށެވެ. މިދިޔަ އަހަރު އެއް ބިލިއަން ރުފިޔާއާ ގާތް ކުރާ އަދަދަކަށް ދައުލަތުގެ ވުޒާރާތަކަށް މި ލުއި ލިބިފައިވެ އެވެ. އަދި ދެވަނައަށް ޑިއުޓީގެ އިނާޔަތުގެ ލުއި ލިބިފައިވަނީ ފޮރިން އިންވެސްޓްމަންޓްތަކެވެ. ރާއްޖޭގައި ކޮށްފައިވާ ބޭރުގެ އިންވެސްޓްމަންޓްތަކަށް 259.1 މިލިއަން ރުފިޔާގެ ލުއި ދީފައިވެ އެވެ. 

އިމްޕޯޓް ޑިއުޓީ ލުއި ދެނީ ކިހިނެއް؟ - ރާއްޖޭގައި ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ގާނޫނުގެ ދަށުން ޑިއުޓީ ނަގަ އެވެ. ނަމަވެސް ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި އެކުލަވާލާފައިވާ ގަވައިދުތަކުން އެކި މުދަލަށް ކަނޑައަޅާފައި ހުންނަނީ އެކި އަގުތަކެވެ.

ޑިއުޓި ރޭޓްތަކަށް އަންނަ މި ބަދަލާއެކު ދައުލަތަށް ލިބޭ އާމްދަނީއަށް ބަދަލު އާދެ އެވެ. އިމްޕޯޓް ގާނޫނުގެ ދަށުން މިފަދަ އިސްތިސްނާ ނުވަތަ ޑިސްކައުންޓް ދޭ ހާލަތްތަކެއްވެ އެވެ. ޓެކްސް އެކްސްޕެންޑިޗާ ހިސާބު ކުރުމުގައި މިފަދަ މިފަދަ އިސްތިސްނާތަށް ހިމެނިފައި ނުވިނަމަވެސް މިއީ ސަރުކާރަށް ނުލިބި ދޫކޮށްލާ އާމްދަނީ އެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.