ހާމަސް ރޫޅާ ނުލައި ހަނގުރާމަ ހުއްޓާލުމެއް ނެތް: ނަތަންޔާހޫ

އިޒްރޭލުން ބުނާ ގޮތުގައި މިހާރު ހިނގާ ހަނގުރާމަ ހުއްޓާލައިފި ނަމަ ފަލަސްތީނުގެ ހަމާސް އަލުން ވަރުގަދަވާން ފުރުސަތު ލިބޭނެ ކަމަށާއި ހަމާސް ބައިބައިކޮށްލާ ރޫޅާލުން ނޫން ގޮތެއް ނެތް ކަމަށެވެ. މި ހަނގުރާމަ ދިގުލައި ދާނީ އެ ސަބަބާހެދި ކަމަށެވެ.

އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމީން ނަތެންޔާހޫ

ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ހަނގުރާމަ ހުއްޓާލަން ގައުމުތަކާއި ބައިނަލްއަގުވާމީ ގޮތުން ގޮވާލާ ފާސް ކުރުންތައް ޕްރެޝަރުތައް އައި ނަމަވެސް ހަނގުރާމަ ހުއްޓާލުމެއް ނެތް ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅު ވެއްޖެ އެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން އާ ބައްދަލު ކުރެއްވުމަށް ފަހު ނަތަންޔާހޫ ވިދާޅުވީ މިދިއަ މަހުގެ ހަތްވަނަ ދުވަހު ފަލަސްތީނުގެ ހަމާސްއިން ދިން ހަމަލާގައި އިޒްރޭލުގެ 1400 އެއްހާ މީހުން މަރާލައި ރަހީން ކުރި 200 ވަރަކަށް މީހުން އިޒްރޭލަށް ރައްދު ކުރުން ނޫން އެއްވެސް ޝަރުތަކަށް އިޒްރޭލު ދެކޮޅު ކަމަށެވެ.

އަދި ފަލަސްތީނުގެ ހަމާސް ޖަމާއަތް ނައްތާލުމުގެ މަގްސަދު އިޒްރޭލަށް ހާސިލް ވަން ދެން އަސްކަރީ ހަމަލާތައް ވަރުގަދަ އަށް ދެމުން ގެންދާނެ ކަމަށެވެ.

އިޒްރޭލުން ބުނާ ގޮތުގައި މިހާރު ހިނގާ ހަނގުރާމަ ހުއްޓާލައިފި ނަމަ ފަލަސްތީނުގެ ހަމާސް އަލުން ވަރުގަދަވާން ފުރުސަތު ލިބޭނެ ކަމަށާއި ހަމާސް ބައިބައިކޮށްލާ ރޫޅާލުން ނޫން ގޮތެއް ނެތް ކަމަށެވެ. މި ހަނގުރާމަ ދިގުލައި ދާނީ އެ ސަބަބާހެދި ކަމަށެވެ.

ޔަހޫދީ އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 9،200 އަށް ވުރެ ގިނަ މީހުން ވަނީ ގާޒާއިން ވަނީ މަރާލާފަ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.