މިރޭގެ ހާދިސާ ގައި މަރުވީ ގއ. ކަނޑުހުޅުދޫ، ބުލޫޑައިމަންޑް، އަލީ ލުތުފީ (ބޮޑަ އައްޔަ) އެވެ.
ފުލުހުން ބުނީ ދަގަނޑު ޖަހައިގެން މަސް ހިފަން މޫދަށް ފައިބާ އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހި އެކްސިޑެންޓެއް ވެފައިވާ ކަމަށެވެ. އެ ހާދިސާ ހިނގީ ގއ. ގެމަނަފުށީ ފަޅަށް ވަންނަން އައި ލޯންޗެއް ގައި ޖެހި އެވެ.
އެކްސިޑެންޓް ގައި އަނިޔާވި މީހާ ވަނީ މަރުވެފައެވެ. އެއީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނި ގޮތުގައި އެ މީހާ ގެމަނަފުށީ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައެވެ.
މިރޭގެ ހާދިސާ ގައި މަރުވީ ގއ. ކަނޑުހުޅުދޫ، ބުލޫޑައިމަންޑް، އަލީ ލުތުފީ (ބޮޑަ އައްޔަ) އެވެ.