މުއިއްޒުގެ ވިދާޅުވި ގޮތަށް އީދު ފާހަގަ ކުރަން 50 މިލިއަން

އީދު ފާހަގަކުރަން ބަޖެޓު ދީފައިވަނީ ހޯމް މިނިސްޓްރީއަށެވެ. ޑރ. މުއިއްޒު ވަނީ އީދު ފާހަގަ ކުރުން ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ހައްޖު އީދަށް މާލެތެރެ ޒީނަތްތެރިކޮށްފައި : މުޅިރާއްޖެއަށް މިކަން ފުޅާ ކުރައްވާނެ ކަމަށް މުއިއްޒު ވައުދުވެ ވަޑައިގެންނެވި

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިމިދިޔަ އިންތިހާބުގެ ކެމްޕޭންގައި އިސްލާމީ ސަގާފަތް ދިރުވުމުގެ ގޮތުން ސަރުކާރުން ހޭދަކޮށްގެން މުޅިރާއްޖޭގައި އީދު ފާހަގަ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. މި ވައުދު ފުއްދުމަށް އަންނަ އަހަރުގެ ބަޖެޓަށް 50 މިލިއަން ރުފިޔާ ހިމަނައިފި އެވެ. 

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކާމިޔާބު ފާހަގަ ކުރައްވަމުން ސޯޝަލް ސެންޓަރުގައި ވާހަކަ ދައްވަމުން އިންތިހާބީ ރައިސް ޑރ. މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެެ ސިޓީތަކާއި ބޮޑެތި ރަށްތަކުގައި ކުލަ ގަދަކޮށް އީދު ފާހަގަކުރަން މަސައްކަތް ކުރައްވާނެ އެވެ. މި ވައުދު ފުއްދުމުގެ ގޮތުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް އިއްޔެ ފޮނުވާފައިވާ ބަޖެޓުގައި ހޯމް މިނިސްޓްރީން އީދު ފާހަގަ ކުރަން 50 މިލިއަން ރުފިޔާ ހިމަނުއްވާފަ އެވެ. 

އިންތިހާބީ ރައީސް ޑރ. މުއިއްޒު މާލެ ސިޓީގެ މޭޔަރުގެ މަގާމަށް ވަޑައިގެން މާލޭގައި ކުލަގަދަކޮށް އީދު ފާހަގަކުރެއްވި އެވެ. އަދި މާލެ ވަށައިގެން ޒަމާނީ ބޮލިދަނޑިތަކެއް ހަރުކުރައްވައި ކޮންމެ އީދެއްގައި ތަކުބީރު ރަށުތެރެއަށް އިވޭނެހެން ހެއްދެވި އެވެ.، 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.