އެފްއޭއެމުން ފަސް ލައްކައިގެ ދަރަންޏެއް ދައްކަން ހުކުމްކޮށްފި

އެގޮތުގެ މަތިން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފައި ވަނީ އެއް އަހަރު ދުވަހަށް ބަހާލައިގެން އެ ފައިސާ ދެއްކުމަށެވެ. ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން އެ މަހެއްގެ ފައިސާ ދެއްކުމަށް ވެސް އަމުރުކޮށްފައިވެ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް -- ފޮޓޯ: މިހާރު

ބީހައިވް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ދޫކޮށްފައިވާ ފަސް ލައްކަ ރުފިޔާގެ ދަރަންޏެއް ނުދައްކާ އޮތުމުން އެ ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މި ފައިސާ އަކީ އެފްއޭއެމްގެ އެދުމުގެ މަތިން ބީހައިވް އިން ދޫކޮށްފައިވާ ފައިސާ އެވެ. ބީހައިވް އިން ދޫކޮށްފައި ވަނީ ފަސް ލައްކަ ރުފިޔާއަށް ވާވަރަށް ޑޮލަރެވެ.

މި މައްސަލައިގައި އެފްއޭއެމްއާ ދެކޮޅަށް ބީހައިވްއިން ކޮށްފައިވާ ދައުވާގެ ބަޔަކަށް އެ އެސޯސިއޭޝަނުން ވަނީ އެއްބަސްވެފަ އެވެ. އެގޮތުން، ދަރަނި ދައްކަން ބީހައިވްއަށް ޗެކެއް ދޫކުރި ކަމަށާއި ނަމަވެސް އެ ފައިސާ ބޭންކުން ނެގޭ ގޮތް ނުވީ އެފްއޭއެމްގެ މާލީ ހާލަތު ހުރި ގޮތުން ކަމަށް ބުނެފައިވެ އެވެ. އަދި، ދަރަނި ނުދެއްކި އޮތީ ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ލިބެން ޖެހޭ ފައިސާ އެ ދުވަހަށް ނުލިބި އޮތުމުން ކަމަށް ބުނެފައިވެ އެވެ.

އެފްއޭއެމް އިން އެދިފައި ވަނީ 32،426 ޑޮލަރަށްވާ ފައިސާ އެއް އަހަރު ދުވަހަށް ބަހާލައިގެން ދައްކަން ކޯޓުން އަމުރުކޮށްދިނުމަށެވެ. އެގޮތުގެ މަތިން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފައި ވަނީ އެއް އަހަރު ދުވަހަށް ބަހާލައިގެން އެ ފައިސާ ދެއްކުމަށެވެ. ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން އެ މަހެއްގެ ފައިސާ ދެއްކުމަށް ވެސް އަމުރުކޮށްފައިވެ އެވެ.

ވަރަށް ގިނަ ތަންތަނަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން އެފްއޭއެމްއާ ދެކޮޅަށް ސިވިލް ކޯޓުގައި ގިނަ ދައުވާތަކެއް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި އޭޑީކޭ ހޮސްޕިޓަލާއި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ހިމެނެ އެވެ.

އެފްއޭއެމްގެ ތެރޭގައި ބޮޑެތި ހިޔާނާތްތައް ހިންގާ ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ ތަހުގީގެއް ވެސް ފަށައިފަ އެވެ.

ކޮމެންޓް

2
450
ލުގޭ
6 months ago

ހައްގު އަދަބު ދޭން ގޮވާލަން. ނުފޮރޮޅާ އެންމެ ގަލެއްވެސް ބާއްވަިގެން ނުވާނެ. މީނަ ހައްޔަރު ކުރޭ މިހާރުން މިހާރަށް

އިމްރާން
6 months ago

ޔާރޭ، ހެޔޮނުވާނެ ނު. ދެން މިމީހުންކައިފަ އަދި އެވަރަށް ދަރުވާފަ މަގާމުން ވަކި ވީމަ ދެން ހަވާލުވާމީހާއަށް ކިހާބޮޑު ބުރައެއްތޯ. މިނޫންވަރު ނުވާ އެންމެ ކުންފުންޏެއް މި ސަރުކާރުގަ ނެތީ .

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.