ދެ ރުއް ދެމެދު ތާށިވި ބިދޭސީއަކު މަރުވެއްޖެ

ދެ ރުއް ދޭތެރޭ ތާށިވެ ބިދޭސީއަކު މަރުވެއްޖެ އެވެ. މަރުވެފައި ވަނީ ބަންގުލަދޭޝްގެ 53 އަހަރުގެ މީހެކެވެ. އޭނާ މަރުވީ ނ. އަތޮޅު ލަންދޫގައު ލޭންޑިން ކްރާފްޓަކަށް ރުއްތަކެއް އަރުވަން މަސައްކަތް ކުރުމުގެ ތެރޭގައި އޭގެ ތެރެއިން ދެ ރުކެއްގެ ދެމެދުގައި ތާށިވެ ފިތިގެނެވެ، މިއަދު ހަވީރު 4:00 ޖަހާ އެހާކަންހާއިރު ހިނގި އެ ހާދިސާއަށް ފަހު އެ މީހާ އެ ރަށުގެ ސިއްހީ މަރުކަޒަށް ފަރުވާ އަށް ގެންދިޔަ އެވެ.

ނ. ލަންދޫ

ދެ ރުއް ދޭތެރޭ ތާށިވެ ބިދޭސީއަކު މަރުވެއްޖެ އެވެ.

މަރުވެފައި ވަނީ ބަންގުލަދޭޝްގެ 53 އަހަރުގެ މީހެކެވެ. އޭނާ މަރުވީ ނ. އަތޮޅު ލަންދޫގައި ލޭންޑިން ކްރާފްޓަކަށް ރުއްތަކެއް އަރުވަން މަސައްކަތް ކުރުމުގެ ތެރޭގައި އޭގެ ތެރެއިން ދެ ރުކެއްގެ ދެމެދުގައި ތާށިވެ ފިތިގެނެވެ، މިއަދު ހަވީރު 4:00 ޖަހާ އެހާކަންހާއިރު ހިނގި އެ ހާދިސާއަށް ފަހު އެ މީހާ އެ ރަށުގެ ސިއްހީ މަރުކަޒަށް ފަރުވާއަށް ގެންދިޔަ އެވެ.

ފުލުހުން ބުނީ އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށް ވެސް ބުންޏެވެ.

ރާއްޖޭގައި މަސައްކަތުގެ މާހައުލުގެ އެކްސިޑެންޓްތައް ފަހަކަށް އައިސްް ބޮޑު ތަނުން އިތުރުވެފައި ވެއެވެ. އަދި ރާއްޖޭގެ ބިދޭސީ ލޭބަރުންގެ ބޮޑު މަސައްކަތު އާބާދީއެއް އޮންނާތީ އެފަދަ ހާދިސާތަކުގައި ގިނައިން މަރުވަނީ ބިދޭސީންނެވެ. އަދި މަސައްކަތު މާހައުލުގެ އެކްސިޑެންޓްތަކުގައު ބޮޑެތި ޒަހަމްތަކާއި އަނިޔާތައް ލިބެނީ ވެސް ބިދޭސީންނަށެވެ.

ރާއްޖޭގެ ބިދޭސީ މަސައްކަތު އާބާދީގައި ލައްކައަކަށްވުރެ ބިދޭސީން އުޅެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.