އަޔާދީ ތަކަފުލްއަށް ބޭރުގެ ޝަރަފުވެރި އެވޯޑެއް

އައިއެފްއެފްއެސްއޭ އެވޯޑަކީ ދެކުނު އޭޝިއާ ސަރަހައްދުގައި އިސްލާމިކް ފައިނޭންސްގެ ހިދުމަތްދޭ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންދޭ ބައިނަލްއަގުވާމީ އެވޯޑެކެވެ.

އަޔާދީ ތަކަފުލްއަށް ލިބުނު އެވޯޑު: އެ ކުންފުނިން ވަނީ ކަސްޓަމަރުންނަށް ހާއްސަ ޝުކުރެއް އަދާކޮށްފައި --

އިސްލާމިކް ފައިނޭންސް ދާއިރާގެ ބައިނަލްއަގުވާމީ އެވޯޑެއް އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއަށް ލިބިއްޖެ އެވެ.

އެލައިޑް އިންޝުއަރެންސުން ބުނީ މިއަހަރުގެ އިސްލާމިކް ފޯރަމް އޮފް ސައުތް އޭޝިއާ (އައިއެފްއެފްއެސްއޭ) އެވޯޑު އަޔާދީ ތަކާފުލްއަށް މި އަހަރު ވެސް ލިބިފައިވާ ކަމަށެވެ. މީގެ ކުރިން ވެސް އެކި ފަހަރު މަތިން "ބެސްޓް ވިންޑޯ/ބެސްޓް ޔުނިޓް" އެވޯޑު އެ ކުންފުންޏަށް ލިބިފައިވެ އެވެ.

އަޔާދީ ތަކަފުލް އިން މި އެވޯޑު ހާއްސަކޮށްފައި ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށެވެ. ކުންފުނީގެ ފަރާތުން ވަނީ ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.

އައިއެފްއެފްއެސްއޭ އެވޯޑަކީ ދެކުނު އޭޝިއާ ސަރަހައްދުގައި އިސްލާމިކް ފައިނޭންސްގެ ހިދުމަތްދޭ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންދޭ ބައިނަލްއަގުވާމީ އެވޯޑެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.