ޗައިނާ މީހާގެ މައްސަލަ ސާފުކޮށްދީފި، ފުރަން ދެކޮޅު

އެ އަންހެން މީހާގެ މައްސަލާ ގައި އިމިގްރޭޝަނުން މިއަދު ބަޔާނެއް ނެރެ ބުނެފައި ވަނީ އޮކްޓޫބަރު 19 ވަނަ ދުވަހު ޗައިނާއަށް ދިއުމަށް ޗެކިންވެ އިމިގްރޭޝަން ކްލިއަރެންސް ނިމުނު ފަހުން ފްލައިޓަށް އެރުމަށް ދެކޮޅު ހަދާ ފްލައިޓުން އޮފްލޯޑް ކޮށްފައިވާ ކަަމަށެވެ.

ޗައިނާގެ އަންހެން މީހާ ފޮށިތަންމައްޗާއެކު މާލޭގެ މާފަންނު ފުލުސް އިދާރާގައި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ތެރޭގައި އެހެން މީހުންނަށް އުނދަގޫކޮށް ބޭއަދަބީ އަމަލުތައް ހިންގަމުން ދާތީ ހައްޔަރު ކުރި ޗައިނާ އަންހެން މީހާ ފުރުވާލެވިފައި ނުވަނީ ފުރަން ދެކޮޅު ހެދުމުން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އެ އަންހެން މީހާ ހައްޔަރުކޮށްފައިވަނީ އެގޮތަށް ވީއައިއޭގެ ތެރޭގައި އުޅޭތާ ހަފުތާތަކެއް ވެސް ވީފަހުންނެވެ. އަދި އިމިގްރޭޝަނުން އެ މީހާއާ ހަވާލުވެފައި، އަންހެނުން ބައިތިއްބާ ޑިޓެންޝަނެއް ނުހުންނާތީ އަންހެން މީހާ އެތަނުގައި ފިރިހެނުންގެ ތެރޭގައި ނުބެހެއްޓޭނެ ކަމަށް ބުނެ މާލެތެރެއަށް ދޫކޮށްލީ އެވެ.

އަންހެން މީހާ ވަނީ މާފަންނު ޕޮލިސް ސްޓޭޝަނުގައި ކޭމްޕް ޖަހާފައެވެ. އޭނާ ކައިބޮއި ނިދައި އަދި ފާހާނާ ބޭނުން ކުރުން އޮންނީ ވެސް އެތާނގަ އެވެ. އަދި އޭނާ ބޭނުން ވުމުން ރަށުތެރެއަށް ނުކުމެފައި އަނެއްކާވެސް ގޮސް ފުލުސް އިދާރާއަށް ވަންނަނީ އެވެ.

އެ އަންހެން މީހާގެ މައްސަލާ ގައި އިމިގްރޭޝަނުން މިއަދު ބަޔާނެއް ނެރެ ބުނެފައި ވަނީ އޮކްޓޫބަރު 19 ވަނަ ދުވަހު ޗައިނާއަށް ދިއުމަށް ޗެކިންވެ އިމިގްރޭޝަން ކްލިއަރެންސް ނިމުނު ފަހުން ފްލައިޓަށް އެރުމަށް ދެކޮޅު ހަދާ ފްލައިޓުން އޮފްލޯޑް ކޮށްފައިވާ ކަަމަށެވެ.

އިމިގްރޭޝަންގެ ޑިޓެންސަން ފެސިލިޓީ ގައި އަންހެން މީހާ ބެލެހެއްޓުމުގެ ހާއްސަ އިންތިޒާމު އަދި ހަމަޖެހިފައި ނުވާތީ ވީ އެންމެ އަވަސް ފުރުސަތެއް ގައި ފުރުމަށް މި ބިދޭސީ މީހާއަށް އަންގާފައިވާ ކަމަށާ ނަމަވެސް އޭނާ އެކަމަށް އެއްބާރުލުން ދީފައި ނުވާތީ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ އެހީތެރިކަމާ އެކު މި ބިދޭސީ ފަރާތުގެ އާއިލާއާ ގުޅިގެން ރާއްޖެއިން އޭނާ ފުރުވާލުމުގެ އިންތިޒާމު ވީހާވެސް އަވަކަށް ހަމަޖައްސައިފ ދިނުމަށް ފޮރިން މިނިސްޓްރީ ގައި މިހާރު އދިފައިވާ ކަމަށެވެ.

އަދި އެ އަންހެން މީހާގެ އަމަލުތައް ހުރީ އާންމުންނަށް އުނދަގޫވާ ގޮތަށް ކަމަށް ވުމުން އިއްޔެ އިން ފެށިގެން ހާއްސަ އިންތިޒާމެއްގެ ދަށުން އިމިގްރޭޝަންގެ ޑިޓެންޝަން ފެސިލިޓީގައި ބަަހައްޓާފައިވާ ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް

1
450
މުބީން
1 year ago

ކީއްކުރަން ހުންނަ ޗައިނާ އެމްބަސީއެއް އެ. ހަމަ އެހެން އެހެން ގޮސް ޕޮލިސް ސްޓޭޝަން ގަ ކޭމްޕް ޖަހައިގެން އުޅެވޭތަ. އަަހަރުމެން ނަކަށް އެހެން ގައުމުތަކަށް ގޮސް މިހާ ފެންވަރުމަތި ކޮށް ނޫޅެވެ. ދަންޔާ ދާންޖެހޭނީ ޖަލަށް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.