ޑިޝާ އާއި ޓައިގާ ރުޅިވުމުގެ ކުރިން އެކި ފަހަރު މަތިން ރާއްޖެއަށް އައިސް އެކުގައި ޗުއްޓީ ހޭދަ ކޮށްފައި ވެއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބޮލީވުޑް ޖޯޑް / ބޮލީވުޑްގެ ތަރިން، ޓައިގާ ޝްރޮފާއި ޑިޝާ ޕަޓާނީ އެކުގައި ކުޅޭ ފިލްމަކަށް ތައްޔާރު ވެއްޖެ އެވެ.
އެ މީހުންގެ އާ ފިލްމަކީ ޑައިރެކްޓަރު ޖަގަން ޝަކްތީގެ އެކްޝަން ފިލްމު "ހީރޯ ނަމްބަރު 1" އެވެ. މި ފިލްމުގައި ޓައިގާއާއެކު ބަތަލާގެ ރޯލު ކުޅޭނީ ކުރީގެ ލޯބިވެރިޔާ ޑިޝާ އެވެ. -- ޓައިގާ އާއި ޑިޝާ ލޯބީގެ ގުޅުން ނިމުމަކަށް އައީ މިދިޔަ އަހަރު އެވެ.
މީގެ ކުރީން ވެސް ޓައިގާ އާއި ޑިޝާ ވަނީ އެކުގައި ފިލްމް ކުޅެފަ އެވެ. އެ ގޮތުން ކުރިން ކުޅުނު ފިލްމަކީ 2018 ގައި ނެރުނު "ބާގީ 2" އެވެ. އަދި އޭގެ ފަހުން 2020 ގެ "ބާގީ 3" ގެ ލަވައެއްގައި ވެސް ޑިޝާ ބައިވެރިވި އެވެ.
ޑިޝާ އާއި ޓައިގާ ރުޅިވުމުގެ ކުރިން އެކި ފަހަރު މަތިން ރާއްޖެއަށް އައިސް ޗުއްޓީ ހޭދަ ކޮށްފައި ވެއެވެ.