ހަނގުރާމަ ހުއްޓާލަން އދ. އިން ގަރާރެއް ފާސްކޮށްފި

އިޒްރޭލު-ފަލަސްތީނުގެ މި ހަނގުރާމަ ފެށީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ. ހަނގުރާމާގައި ފަލަސްތީނުން މިހާތަނަށް ވަނީ 7،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އދ. ގެ އާންމު މަޖިލީހުގައި އުރުދުންގެ ގަރާރަށް ގައުމުތަކުން ވޯޓްދީފައި

އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތަކާއެކު އުފެދިފައިވާ ފަލަސްތީނު - އިޒްރޭލު ހަނގުރާމަ ހުއްޓާލައި ފަލަސްތީނަށް އިންސާނީ އެހީ ފޯރު ކޮށްދޭން އދ. ގެ އާންމު މަޖިލީހަށް ހުށަހެޅި ގަރާރު ފާސް ކޮށްފި އެވެ. 

މި ގަރާރު ހުށަހެޅީ އުރުދުން އިންނެވެ. ގަރާރުގައި އެ ގައުމުން ގޮވާލާފައިވަނީ ދެ ކަމަކަށެވެ. ގަރާރު ފާސް ކޮށްފައި ވަނީ 120 ގައުމެއްގެ ވޯޓުންނެވެ. ދެކޮޅަށް 14 ގައުމަކުން ވޯޓު ދިނެވެ. އެއްވެސް ކޮޅެއް ނުނަގައި ތިބީ 45 ގައުމެކެވެ. ގަރާރާ ދެކޮޅު ހެދި ގައުމުތަކުގެ ތެރޭގައި އެމެރިކާ އޮތެވެ. އެއްވެސް ކޮޅަކަށް ވޯޓު ނުދޭ ގައުމުތަކުގެ ތެރޭ އިނގިރޭސިވިލާތާއި ކެނެޑާ އާއި ޖަރުމަނާއި އިންޑިއާ އޮތެވެ.

އިޒްރޭލުން ގެންދަނީ ހަމަލާތައް ހުއްޓާލަން ދެކޮޅު ހަދަމުންނެވެ. ޔަހޫދީ ދައުލަތުން ބުނަމުން ގެންދަނީ ފަލަސްތީނުގެ ވަސް ވެސް ފުހެލާފައި ނޫނީ ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި ގިނަ ބޯޑަރުތައް ބަންދުކޮށް އިޒުރޭލުން ގެންދަނީ ފަލަސްތީނަށް ތެލާއި ބޭހާއި ކާނާ ލިބެން އޮތް މަގުތައް ބަންދުކޮށް ހުރަސް އަޅަމުންނެވެ. ގާޒާގައި މިހާރު ވަނީ އިންޓަނެޓާއި ފޯނުގެ ހިދުމަތް ވެސް ކެނޑިފަ އެވެ.

މި ގަރާރުގެ ބޭނުމަކީ ހަނގުރާމަ ހުއްޓާލައި އިންސާނީ އެހީ ގާޒާ އަށް ފޯރު ކޮށްދިނުމާއި ގާޒާއަށް ތެޔޮ އެތެރެ ކުރަން ހުއްދަ ދިނުމެވެ. ނަމަވެސް އިޒްރޭލާއި ހަމާސް ޖަމާއަތުން ކުރަމުންދާ ހަނގުރާމަ ހުއްޓާލަން ގައުމުތަކަކުން ގޮވާލަމުންދާއިރު އިޒްރޭލުގެ ހަމަލާތައް ވަނީ އިތުރަށް ފުޅާކޮށް ވަރުގަދަ ކުރުމާއެކު އެއްގަމު މަގުން ހަމަލާތައް ދޭން ތައްޔާރުވެފަ އެވެ. މިހާރުވެސް އެއްގަމުން ދަނީ ބައެއް ހަމަލާތައް ފަށާފަ އެވެ. 

އިޒްރޭލު-ފަލަސްތީނުގެ މި ހަނގުރާމަ ފެށީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ.  ހަނގުރާމާގައި ފަލަސްތީނުން މިހާތަނަށް ވަނީ 7،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. 

ކޮމެންޓް

1
450
ބާނޫ
11 months ago

ތިހެން ކިތައް ގަރާރު ނެރެފި؟ ތި ޔޫއެން އަކީ މިހާރު އެއްވެސް ކަމެއްވާ ތަނެއް ނޫން. ނަމަކަށް އޮންނަނީ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.