ޣައްޒާއަށް ހުއްޓުމެއް ނެތި ބޮން އޮޅަނީ، ހަމާސް އެދެނީ މުސްލިމުންގެ ހެޔޮ ދުއާއަށް

މުސްލިމުންނަށް ހަމާސްގެ މެސެޖަކީ ނަސްރަށް އެދި ހެޔޮ ދުއާ ކުރުން އިތުރު ކުރުމެވެ. ހެޔޮ ދުއާ ކުުރުމުގައި ދެމި ތިބުމެވެ.

ޣައްޒާ ސުންނާފަތިކޮށް ފަލަސްތީނުގެ އަހުލުން ނައްތާލަން ވަޒަނެއް ނެތް ޔަހޫދީން ހިންގާ ޓެރަރިސްޓް ޖަރީމާގައި ޣައްޒާ އަށް މިރޭ ބޮން އަޅަނީ

ވަޒަނެއް ނެތް އިޒްރޭލުގެ ޔަހޫދީން ފަލަސްތީނުގެ ޣައްޒާ ގައި ހިންގަމުންދާ ގަތުލު އާންމު އެހެން ހަރުފަތަކަށް ގެންގޮސް ފުލުފުލު ގައި ޣައްޒާއަށް ބޮން އަޅާ އެ ސިޓީ ފުންނާފަތި ކުރުމުގެ އާ މަސައްކަތްތަކެއް މިރޭ ފަށައިފި އެވެ.

އިޒްރޭލްގެ ޖަރީމާތައް މިރޭ ފަށައިގަތީ ޣައްޒާ އިން ކަރަންޓާއި އިންޓަނެޓްގެ ހިދުމަތް ކަނޑާލުމަށް ފަހު އެވެ. ހުޅަނގުގެ ސިޔާސީ ވެރީން ނޫން އެހެން އެންމެންގެ ނުރުހުމާއި ރުޅިވެރިކަން އޮތް އިޒްރޭލްގެ ޔަހޫދީ ސިފައިން ޣައްޒާ އިން ކަރަންޓާއި އިންޓަނެޓްގެ ހިދުމަތް ކަނޑާލީ އެ މީހުން ޖަރީމާތައް ދުނިޔެއަށް ފޮރުވާށެވެ.

އިޒްރޭލްގެ ސިފައިން ގެންދަނީ ވައިގެ މަގުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ފުލުފުލު ގައި ބޮން އަޅަމުންނެވެ. ހޮސްޕިޓަލްތަކާއި ރެފިއުޖީ ކޭމްޕްތަކާއި މިސްކިތްތަކަށް ވެސް ގަސްތުގައި ބޮން އަޅާ އެ ތަންތަން ދަނީ ސުންނާފަތި ކުރަމުންނެވެ.

ބޮން އަޅަން ފެށުމަށް ފަހު ޔަހޫދީ ސިފައިން ވަނީ އެއްގަމު މަގުން ޣައްޒާއަށް އަރައިގަތުމުގެ މަސައްކަތް ފަށާފައެވެ.

ފަލަސްތީނުގެ މުޖާހިދުން: މުޖާހިދުންގެ ހަމަލާތައް ހުއްޓުވަ އެއް ނުލެވުނު

ނަމަވެސް އެކި ސަރަހައްދުތަކުން އެއްގަމު މަގުން ޣައްޒާ އަށް ވަންނަން އުޅުނު އިޒްރޭލް ސިފައިންގެ ލަޝްކަރު ތަކަށް ހަމާސްގެ ހިތްވަރު ގަދަ މުޖާހިދުން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ހަމާސްގެ މީޑިއާ އިން ބުނާ ގޮތުން އެ ހަމަލާ ތަކުގައި ޔަހޫދީން ވަނީ ފަހަތަށް ޖައްސުވާ ބިރުގަންނަވާލާފައެވެ.

އެ ހަމަލާތަކުގައި ޔަހޫދީ ސިފައިންގެ ގިނަ ބަޔަކު މަރުވެފައިވާ ކަަމަށް ވެސް ހަމާސް އިން ބުނެ އެވެ. އަދި އެ މީހުންގެ އަތުން ގިނަ އަދަދެއްގެ ހަތިޔާރު ލިބިފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ. ޔަހޫދީން ސިފައިންގެ އެތައް ބަޔަކު ރަހީނުންގެ ގޮތުގައި އަތުލައިގެންފައިވާ ކަމަށް ވެސް ބުންޏެވެ. އަދި މިރޭ ކުރިއަށް އޮތްތާ އިޒްރޭލުގެ ސިފައިންނަށް އަމާޒު ކުރާ ހަމަލާތައް އިތުރުވެ ވަރުގަދަ ވާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.

ޣައްޒާގައި ޔަހޫދީން ހިންގާ ގަތުލު އާންމާއި ދެކޮޅަށް ހަމާސް އެންމެ ތަންފުކެއް ވެސް ފަހަތަށް ނުޖެހޭނެ ކަމުގެ ޔަގީން ވެސް މުސްލިމުންނާއި އެ ގައުމުގެ ރައްޔިތުންނަށް ހަމާސްގެ އިސްވެރީން ވަނީ ދީފައެވެ. މުސްލިމުންނަށް ހަމާސްގެ މެސެޖަކީ ނަސްރަށް އެދި ހެޔޮ ދުއާ ކުރުން އިތުރު ކުރުމެވެ. ހެޔޮ ދުއާ ކުުރުމުގައި ދެމި ތިބުމެވެ.

ޣައްޒާ ސުންނާފަތިކޮށް ފަލަސްތީނުގެ އަހުލުން ނައްތާލަން ވަޒަނެއް ނެތް ޔަހޫދީން ހިންގާ ޓެރަރިސްޓް ޖަރީމާގައި ޣައްޒާ އަށް މިރޭ ބޮން އަޅަނީ

ހަމާސް އިން މިރޭ ވެސް ވަނީ ޔަހޫދީން ބަލިވެފައިވާ ކަމަށް ބުނާ ބުނުން ތަކުރާރުކޮށް ފައެވެ. ކުށެއް ނެތް / ހަތިޔާރެއް ނެތް ފަަލަސްތީނުގެ މަދަނީންނަށް ނުރައްކާތެރި ހަތިޔާރުން ހަމަލާ ދިނުމަކީ ޔަހޫދީން ބަލިވެފައިވާ ކަމުގެ ސާފު މިސާލެއް ކަމަށް ހަމާސް އިން ބުނެ އެވެ.

ހަމާސްގެ ހިތްވަރު ގަދަ ބަސްތަކާއި ޖެހިލުން ކުޑަ ކަމާއި ޔަހޫދީނާ ކުރިމަތި ލުމުގައި ހުޝިއާރު ކަމުގެ ސަބަބުން ޔަހޫދީ ސިފައިންނަށް ވަނީ ބޮޑު ހައިރާން ކަމަކާއި ސިހުމެއް ލިބިފައެވެ. ނަމަވެސް އެ މީހުންގެ ފިނޑި ކަމާއި ބަލިކަށިކަން ފޮރުވަން ޣައްޒާ އަށް ފުލުފުލުގައި ބޮން އަޅާ ހަމާސް ނައްތާލުމުގެ އޮޕަރޭޝަން ކާމިޔާބު ކަމާ އެކު ހިންގަމުންދާ ކަމަށް އިޒްރޭލުން ދަނީ ބުނަމުންނެވެ.

އިޒްރޭލްގެ ހަރުކަށި ވަޒީރުންނާއި ސަރުކާރުގެ ބޮޑުން ގެންދަނީ ހަނގުރާމަ ހުއްޓާލަން އދ އިން ގޮވާލާ ގޮވާލުންތަކަށް އިޖާބަ ނުދޭނެ ކަމަށް ފާޅުގައި ބުނަމުންނެވެ. އަދި އެ މީހުން ޣައްޒާ އަށް ދޭ ކޮންމެ ހަމަލާ އަކީ ހަމާސް ނައްތާލުމުގެ މުހިންމު މަސައްކަތެއް ކަމަށް ދަނީ ބުނަމުންނެވެ.

ޣައްޒާ ސުންނާފަތިކޮށް ފަލަސްތީނުގެ އަހުލުން ނައްތާލަން ވަޒަނެއް ނެތް ޔަހޫދީން ހިންގާ ޓެރަރިސްޓް ޖަރީމާގައި ޣައްޒާ އަށް މިރޭ ބޮން އަޅަނީ

ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ މުޖާހިދުން މި މަހުގެ ހަތްވަނަ ދުވަހު އިޒްރޭލް ސިއްސުވާލި ވަރުގަދަ ހަމަލާތަކަށް ފަހު ބަދަލު ހިފުމުގެ ގޮތުން ކަމަށް ބުނެ ޔަހޫދީ ސިފައިން ހިންގާ ގަތުލު އާންމުގައި މިހާތަނަށް 7،000 ވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.

ނަމަވެސް ފަލަސްތީނަށް، ޔަހޫދީ ދައުލަތް އިޒްރޭލުގެ އަސްކަރިއްޔާއިން ދެމުންދާ ލާއިންސާނީ އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ހުއްޓާ ނުލައި ދެމުން ގެންދާ ހަމަލާތަކުގައި މުޖާހިދުންގެ މައްޗަށް އެ މީހުންނަށް މާބޮޑު ކުރިއެރުމެއް ނުލިބެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.