އިމިގްރޭޝަނާ ހަވާލު ކުރި ޗައިނާ މީހާ މާލެތެރަށް ގިނަކޮށްލައިފި

ފުލުސް އިދާރާއިން މިއަދު ބުނީ އެއީ ބަންދެއްގައު ހުރި މީހެއް ނޫން ކަމަށާއި އޭނާ ފުލުސް އިދާރާއިން ދިއުމަށް ތަކުރާރުކޮށް ނަސޭހަތް ދީފައިވާ ކަމަށެވެ.

ޗައިނާގެ އަންހެން މީހާ ފޮށިތަންމައްޗާއެކު މާލޭގެ މާފަންނު ފުލުސް އިދާރާގައި

ވީއައިއޭގައި މީހުނަށް އުނދަގޫ ކޮށް، ތަންތަނަށް ކުޅު ޖަހައި ހަދަމުންދާ ކަމަށް ބުނެ ހައްޔަރަށް ނެގުމަށް ފަހު ފުލުސް އިދާރާއިން އިމިގްރޭޝަނާ ހަވާލު ކުރި ކަމަށް ބުނި ޗައިނާ އަންހެން މީހާ މާލެ ތެރެއަށް ގިނަ ކޮށްލައިފި އެވެ. -- އެ އަންހެން މީހާ ވަންނާނެ ތަނެއް ނެތެވެ؛ އޭނާ ކޭމްޕަކަށް ހަދާފައި ވަނީ މާފަންނު ފުލުހެވެ. 

ވީގޮތަކީ - އެ އަންހެން މީހާ ހައްޔަރަށް ނެގީ މީގެ ހަފުތާއެއް ކުރިން، މި މަހުގެ 19 ވަނަ ދުވަހު އެވެ. އެ ދުވަހު އޭނާ ނެގީ ވީއައިއޭގައި މީހުނާއި ފަތުރުވެރިން / ދަތުރުވެރިންނަށް އުނދަގޫވާނެހެން އަޑުގަދަ ކުރަމުން ދިއުމާއި އެއާޕޯޓްގެ ތަންތަނަށް ކުޅުޖަމުން ދާތީ އެކަން ފާހަގަ ކުރެވިގެނެވެ.

އޭނާ ނަގާފައި ވަނީ އެގޮތަށް ވީއައިއޭގެ ތެރޭގައި އުޅޭތާ ހަފުތާތަކެއް ވެސް ވީފަހުންނެވެ. އެހައި ގިނަ ދުވަހު އޭނާ އެއާޕޯޓް ތެރޭގައި އުޅުނީ ވިސާގެ މައްސަލައެއް ކުރިމަތިވެ އޭނާއަށް ފުރޭނެ ގޮތް ނުވެގެނެވެ. 

އެކަމަކު އޭނާ ހައްޔަރަށް ނެގި އިރު މާލޭގައި ހުންނަ ޗައިނާ އެމްބަސީއިން އެމީހާ ފުރަން ޓިކެޓް ދީފައި އޮތެވެ. އޭނާ ހައްޔަރަށް ނެގުމަށް ފަހު އިމިގްރޭޝަނާ ހަވާލުކުރި ކަމަށް ރަސްމީ މީޑިއާގައި ފުލުސް އިދާރާއިން ބުންޏެވެ. 

އެނގިފައިވާ ގޮތުގައި މިގްރޭޝަނުން އެ މީހާއާ ހަވާލުވެފައި، އަންހެނުން ބައިތިއްބާ ޑިޓެންޝަނެއް ނުހުންނާތީ އަންހެން މީހާ އެތަނުގައި ފިރިހެނުންގެ ތެރޭގައި ނުބެހެއްޓޭނެ ކަމަށް ބުނެ މާލެތެރެއަށް ދޫކޮށްލީ އެވެ.

އަންހެން މީހާ މިހާރު ވަދެ ހުންނަނީ މާފަންނު ޕޮލިސް ސްޓޭޝަނުގަ އެވެ. އެ ސްޓޭޝަނުގައި ކޭމްޕް ޖަހައިގެން އޭނާ އުޅޭތާ ވެސް ހަދުވަސް ވެފައި ވެއެވެ. އޭނާ ކައިބޮއި ނިދައި އަދި ފާހާނާ ބޭނުން ކުރުން އޮންނީ ވެސް އެތާނގަ އެވެ. އަދި އޭނާ ބޭނުން ވުމުން ރަށުތެރެއަށް ނުކުމެފައި އަނެއްކާވެސް ގޮސް ފުލުސް އިދާރާއަށް ވަންނަނީ އެވެ.

ފުލުހުން ބުނީ - ފުލުސް އިދާރާއިން މިއަދު ބުނީ އެއީ ބަންދެއްގައި ހުރި މީހެއް ނޫން ކަމަށާއި އޭނާ ފުލުސް އިދާރާއިން ނުކުމެގެން ދިއުމަށް ތަކުރާރުކޮށް ނަސޭހަތް ދީފައިވާ ކަމަށެވެ.

"އެއީ އިމިގްރޭޝަނާ ހަވާލު ކޮށްފައިވާ މީހެއް، އިތުރު މައުލޫމާތު އިމިގްރޭޝަނުން ސާފު ކުރުން ރަނގަޅުވާނެ ކަމަށް ފެނޭ" ފުލުހުން މިއަދު އެ ހިދުމަތުގެ މިޑިއާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުވި މެސެޖެއްގައި ލިޔެފައި ވެއެވެ.

ފުލުހުން އެހެން ބުނި ނަމަވެސް އިމިގްރޭޝަނުން މި އަންހެން މީހާގެ މައްސަލާގައި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.