ކަފާލާތުގެ ދަށުން ނަވާޒު ޝަރީފު ދޫކޮށްލައިފި

ކޮރަޕްޝަންގެ ކުށުގައި 14 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ބޭސް ފަރުވާއަށް އިނގިރޭސިވިލާތަށް 2019 ވަނަ އަހަރު ދަތުރު ކުރެއްވެވި ފަހުން ނަވާޒް ޝަރީފް ޕާކިސްތާނަށް ވަޑައެއް ނުގަންނަވަ އެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް: އޭނާ އަށް ވަނީ ކޯޓުން ކަފާލާތު ދީފައި

ތިން ފަހަރެއްގެ މަތިން ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރެއްވެވި، ބޮޑުވަޒީރު ނަވާޒް ޝަރީފް ކަފާލާތުގެ ދަށުން ދޫކޮށްލައިފި އެވެ.  

ހިޔާނާތުގެ މައްސަލައެއްގައި ނަވާޒު ޝަރީފްގެ މައްޗަށް ކުށް ސާބިތުވީ 2017 ވަނަ އަހަރު ބޮޑުވަޒީރުކަމުން ވަކިކުރި ފަހުންނެވެ.

އިސްލާމްއާބާދު ހައިކޯޓުން އަންގާރަ ދުވަހު ޝަރީފްގެ ކަފާލާތު ދިން އިރު ޝަރީފް ޝަރީއަތަށް ހާޒިރުވާނެ ކަމަށް އިތުބާރުކޮށް ޕީޖީން އިއުތިރާޒު ނުކުރާ ކަމަށް ނަވާޒް ޝަރީފްގެ ވަކީލު އައްޒާމް ނަޒީރު ތަރާރު ވިދާޅުވި އެވެ.

ނަވާޒް ޝަރީފް އެނބުރި މިދިޔަ ހަފްތާގައި ޕާކިސްތާނަށް ވަޑައިގަތީ ލަންޑަނުގައި އަމިއްލައަށް އަރުވާލެވިގެން ހަތަރު އަހަރު އުޅުއްވުމަށް ފަހު އޭނާގެ އެންމެ ބޮޑު ވާދަވެރިޔާ ކުރީގެ ބޮޑުވަޒީރު އިމްރާން ހާނާ ދެކޮޅަށް އަންނަ އަހަރުގެ އިންތިހާބުގައި ވާދަ ކުރެއްވުމަށެވެ.

ކޮރަޕްޝަންގެ ކުށުގައި 14 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ބޭސް ފަރުވާއަށް އިނގިރޭސިވިލާތަށް 2019 ވަނަ އަހަރު ދަތުރު ކުރެއްވެވި ފަހުން ނަވާޒް ޝަރީފް ޕާކިސްތާނަށް ވަޑައެއް ނުގަންނަވަ އެވެ.

ނަވާޒު ޝަރީފްގެ އަނެއް ވަކީލު ނަސީރު އަހުމަދު ބުއްތާ ވިދާޅުވީ ޝަރީއަތް ފެށެނީ ކޮން އިރަކު ކަން ކޯޓުން ކަނޑައަޅާނެ ކަމަށާއި ހާޒިރުވާން ޖެހޭ ހުރިހާ ޝަރީއަތްތަކެއްގައި ނަވާޒް ޝަރީފް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. 

ނަވާޒު ޝަރީފަށް ފަހު ވެރިކަމަށް ވަޑައިގެންނެވި، އިމްރާން ހާން ވެސް ހުންނެވީ ކޮރަޕްޝަންގެ ދައުވާގައި ޖަލުގައި ބަންދުކޮށް ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމުގަ އެވެ. ބޮޑު ވަޒީރު ކަމުން އިމްރާން ހާން ދުރު ކުރީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހު އިތުބާރު ނެތް ކަމުގެ ވޯޓެއްގަ އެވެ. ނަމަވެސް އޭނާ އަކީ ޕާކިސްތާނުގެ އިދިކޮޅު ލީޑަރެވެ. ޕާކިސްތާން ތަހްރީކް އިންސާފް ޕާޓީއާއެކު އޭނާ އަކީ އެންމެ ބޮޑަށް ރައްޔިތުންގެ ތާއީދު އޮތް ފަރާތެވެ.

އިމްރާން ހާން ފަދައިން ނަވާޒު ޝަރީފަށް ވެސް މިހާރު މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިލުމުގެ ހައްގެއް ނުލިބެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.