ރިއަލްއެސްޓޭޓް ގާނޫނު ނެތި، ޓޫރިޒަމް ރިއަލްއެސްޓޭޓް ފެށުން ގޯސް

ބޮންޑެ ވިދާޅުވި ގޮތުގައި ރިއަލް އެސްޓޭޓް ގާނޫނެއް ނުހަދައި މި އިސްލާހު ގެނެސްފިނަމަ ގޯސްތަކެއްވުން ގާތެވެ. ކަމަށް. އެކަމަށް ވިސްނުމަށް ވެސް އޭނާ އެދި ވަޑައިގަންނަވަ އެވެ.

ޑިމޮކްރެޓިކްގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މަޖިލީހުގައި ވާހަކަ ދައްކަވަނީ

ރާއްޖޭގައި ރިއަލްއެސްޓޭޓް ވިޔަފާރީގެ ގާނޫނެއް ނެތި ޓޫރިޒަމް ރިއަލްއެސްޓޭޓް ފަށައިފިނަމަ "ވައްކަމަށް ދޮރު ހުޅުވި" މުޅި ނިޒާމު ބޮއްސުންލުން ގާތް ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް ގާނޫނަށް ސަރުކާރުން އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުގެ ބަހުސްގައި މިއަދު ވާހަކަފުޅު ދައްކަވަމުން އިބްރާހިމް ރަޝީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމެމުން ދަނިކޮށް ރިއަލް އެސްޓޭޓް ގާނޫނެއް ހަދަން ބިލެއް ފަރުމާ ކުރި ކަމަށާ ނަމަވެސް އޭގެ ފަހުން އެކަމުގެ އެއްވެސް ހަބަރެއް ނެތް ކަމަށެވެ. އަދި މިހާރު މި ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން އިތުރު ގޯސް ތަކެއް ވެގެން ދިއުމަށް ފުރުސަތު އޮތް ކަމަށް ބޮންޑޭ ވިދާޅުވި އެވެ. 

"މީގައި ހަގީގަތުގައި މި ބިލުން ރިއަލްއެސްޓޭޓް ވިޔަފާރިއެއް މި އަންނަނީ ޓޫރިޒަމަށް. ބަނގަލޯ އެޅުމައި ކޮންސްޓްރަކްޝަން މަސައްކަތްތަކެއް މި ފެށެނީ. މިފަދަ ގާނޫނެއް ހަދަން ދާއިރު ރިއަލް އެސްޓޭޓް ގާނޫނެއް ނެތުމަކީ މައްސަލައެއް،" ބޮންޑޭ ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ މި ގާނޫނުގެ ކުރިން ލޯކަލް ޓޫރިޒަމްގެ ގާނޫނާއި ލޯކަލް ޓުއާ އޮޕަރޭޓަރުންނަށް ހިމާޔަތް ލިބޭ ގޮތަށް ގާނޫނެއް ހެދުން މުހިންމު ކަމަށެވެ.

"ދިވެހިންގެ ހައްގުތަށް ހިމާޔަތް ކުރުމަށްޓަކައި އިގްތިސޯދީ ކޮމެޓީއަށް ޓުއާ އޮޕަރޭޓަރުން ހާޒިރުކޮށްފަ ހަބަރެއް ނުވޭ. ކީއްވެތޯ މަހުޖަނުންގެ ޓެކްސްތަކެއް ކަނޑާފަ. މިކަން މިކުރަނީ،" ބޮންޑެ ވިދާޅުވި އެވެ، 

މިފަހަރުގެ އިސްލާހުގައި އޮތީ ކީކޭ؟ މި އިސްލާހުގެ މަގުސަދަކީ ދިގު މުއްދަތަށް ކުއްޔަށް ދޭ ވިލާއިން ޖީއެސްޓީ ނުނަގާ ރިއަލް އެސްޓޭޓް ޓެކްސެއް ނެގޭނެ ނިޒާމެއް ގާއިމް ކުރުމެވެ.

މި އިސްލާހު ފާސްވެ ޓޫރިޒަމް ގާނޫނުގައި ހިމެނުމުން ވިލާ ގަންނަ ފަރާތްތަކުގެ އަތުން ޖީއެސްޓީ ނެގުމުގެ ބަދަލުގައި ވިއްކާ ވިލާގެ ޖުމްލަ އަތުން ނަގާނީ ހަތަރު ޕަސެންޓުގެ ޓެކުހެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.