އިމްޕޯޓް ޑިއުޓީގެ އާމްދަނީއަށް ނުލިބި 400 މިލިއަންގެ ބޮޑު އަދަދެއް

އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ނުދައްކާ އަދަދު 2021 ވަނަ އަހަރާ އަޅާބަލައިރު މިދިޔަ އަހަރު ވަނީ 34 ޕަސެންޓް އިތުރުވެފަ އެވެ.

މުދާ އެތެރެ ކުރި ނަމަވެސް އިމްޕޯޓް ޑިއުޓީއަށް ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ނުދައްކާ ފަރާތްތައް އުޅޭ

މުދާ އެތެރެ ކުރި ނަމަވެސް ގިނަ އަދަދެއްގެ ފަރާތްތަކުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް ނުދައްކަ އެވެ. އޭގެ ސަބަބުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ އާމްދަނީ އަހަރުން އަހަރަށް މަތިވަމުންދާ ކަމަށް ކަސްޓަމްސްގެ ހިސާބުތަކުން ދައްކަ އެވެ؛ މިހާރު އެ ނަމްބަރު ވަނީ 400 މިލިއަން ރުފިޔާއަށްވުރެ މަތިވެފަ އެވެ. 

ފިނޭންސް މިނިސްޓްރީގެ ފިސްކަލް ހިރާސް ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ނިޔަލަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހި ނަމަވެސް ނުލިބިވާ ފައިސާގެ އަދަދު ވަނީ 400 މިލިއަން ރުފިޔާއަށްވުރެ މައްޗަށް ޖެހިލާފަ އެވެ. މި އަދަދަކީ 2021 ވަނަ އަހަރާ އަޅާބަލާނަމަ 34 ޕަސެންޓުގެ އިތުރުވުމެކެވެ. 

އިމްޕޯޓް ޑިއުޓީގެ ގޮތުގައި ނުލިބިވާ ފައިސާ

  •  2019 ވަނަ އަހަރު - 299 މިލިއަން
  •  2020 ވަނަ އަހަރު - 354 މިލިއަން
  •  2021 ވަނަ އަހަރު - 299 މިލިއަން
  •  2022 ވަނަ އަހަރު - 402 މިލިއަން

ފިނޭންސުން ބުނެފައިވާ ގޮތުގައި ރާއްޖޭގެ އިމްޕޯޓަރުން ގާނޫނާއި ގަވައިދަށް ތަބާވާ މިންވަރު މަތި ކުރުމުގެ ގޮތުން ކަސްޓަމްސް އިން ޕޯޓްސް ކްލިއަރެންސް އޮޑިޓްތައް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން ގެންދެ އެވެ. 

ޑިއުޓީ ނުދައްކާ ލިސްޓް ދިގުވަނީ - ދައުލަތަށް ނުލިބިވާ ފައިސާގެ މިންވަރު އިތުރުވަމުން ދިއުމުގެ މައިގަނޑު ސަބަބެއް ކަމަށް ސަރުކާރުން ބުނެފައި ވަނީ ފައިސާ ހޯދުމުގައި އެކުލަވާލާފައިވާ އުސޫލުތައް ތަންފީޒު ކުރުމުގައި ދިމާވާ ދަތިކަމާއި އެ މަގުސަދުގައި ދައުލަތުގެ އިދާރާތަކުން ކުރާ މަސައްކަތްތަކުން އެދެވޭ ނަތީޖާ ނުނުކުތުމެވެ.

އެގޮތުން މިދިޔަ އަހަރު ނިމުނުއިރު ޓެކުހާ ގުޅޭ 246 މައްސަލައެއް ޓެކްސް ޓްރެބިއުނަލް ހިމެނޭހެން އެކި ކޯޓުތަކުގައި ހިންގަމުންދެ އެވެ. މީގެ އިތުރުން ޝަރުއީ ދާއިރާގެ ނިންމުންތަކާ އެއްގޮތަށް ގާނޫނުތަކާއި ގަވައިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް އެދެވޭ އަވަސް މިނެއްގައި ގެނެވިފައި ނުވުން ހިމެނެ އެވެ. 

ރާއްޖޭގައި މިހާރު ބޭނުން ކުރަމުންދާ ޖީއެސްޓީ ގާނޫނު އެކަށީގެންވާ ގޮތެއްގައި ތަންފީޒު ކުރުމަށްޓަކައި ގާނޫނަށް ގިނަ ބަދަލުތަކެއް ގެންނަން ޖެހޭކަން ބައިނަލްއަގުވާމީ ފަރާތްތައް ހިމެނޭހެން ކަމާ ގުޅޭ ގިނަ ފަރާތްތަކުން ދަނީ ފާހަގަ ކުރަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.