މިއީ ވިސާ މައްސަލަ ޖެހިގެން އެއާޕޯޓް ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން އުޅެމުން ދިޔަ އަންހެނެއް ކަމަށް މައުލޫމާތު ލިބެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ތެރޭގައި އެހެން މީހުންނަށް އުނދަގޫކޮށް ބޭއަދަބީ އަމަލުތައް ހިންގަމުން ދިޔަ ޗައިނާ އަންހެން މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.
އަންހެން މީހާ، ވީއައިއޭ އިން ހައްޔަރު ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
މިއީ ވިސާ މައްސަލަ ޖެހިގެން އެއާޕޯޓް ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން އުޅެމުން ދިޔަ އަންހެނެއް ކަމަށް މައުލޫމާތު ލިބެ އެވެ.
ފުލުހުން މިކަމާ ގުޅިގެން ބުނީ މި އަންހެން މީހާ އުޅެމުން ދިޔައީ އެހެން މީހުނަށް އުނދަގޫވާ ގޮތަށް އަޑުގަދަ ކުރުމުގައި ކަމަށެވެ. އަދި އެއާޕޯޓްގެ ތަންތަނަށް ކުޅު ޖެހުން ފަދަ އަމަލުތައް ކުރަމުން ދިޔަ ކަމަށެވެ. ހައްޔަރު ކުރީ އޭނާގެ އަމަލުތައް ހުރި ގޮތުންނެވެ.
ފުލުހުން މިއަދު ބުނީ އެ އަންހެން މީހާ ހައްޔަރު ކުރި ދުވަހު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.