އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ހުޅުވާލައިފި

އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވައިލީ އެ ކޮމިޝަނުގެ ނައިބު ރައީސް ޑރ. އަހުމަދު އަދުހަމް އަބްދުالله އިސްތިއުފާ ދެއްވުމުންނެވެ.

އެޗްއާރްސީއެމް އިން އިސްތިއުފާ ދެއްވި އަދުހަމް އަދި އިތުރު މެމްބަރުން --

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ހުސްވެފައިވާ މެމްބަރުކަމުގެ ގޮނޑިއަށް ކުރިމަތިލާން ރައީސް އޮފީހުން އަކެއްކާ ހުޅުވާލައިފި އެވެ.

އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވައިލީ އެ ކޮމިޝަނުގެ ނައިބު ރައީސް ޑރ. އަހުމަދު އަދުހަމް އަބްދުالله އިސްތިއުފާ ދެއްވުމުންނެވެ. މިއީ މި ގޮނޑި ހުސްވުމާ ގުޅިގެން ކޮމިޝަން މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވައިލި ދެވަނަ ފަހަރެވެ. ދެވަނަ ފަހަރަށް އިއުލާނު ކުރީ ފުރަތަމަ ފަހަރު ހުޅުވާލުމުން އެކަށީގެންވާ ތަރުހީބެއް ނުލިބުމުންނެވެ.

ރައީސް އޮފީހުން ބުނީ އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު މިމަހުގެ 26 ވަނަ ދުވަހު އޮންނާނެ ކަމަށެވެ. އެދުވަހުގެ ހެނދުނު 9:30 އިން މެންދުރުފަހު 12:30 ގެ ނިޔަލަށް ރައީސް އޮފީހުން ފޯމު ބަލައިގަންނާނެ އެވެ. އެ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ.

އެޗްއާރްސީއެމްގެ މެމްބަރު ކަމުން އަދުހަމް އިސްތިއުފާ ދިނުމާއެކު މިހާރު ތިބީ ހަތަރު މެމްބަރުންނެވެ. އެއީ؛

  •  ރައީސް މަރިޔަމް މުނާ
  •  މެމްބަރު މުއުމިނާ ވަހީދު
  •  މެމްބަރު ސަމާއު އަހުމަދު ނަޖީބު
  •  މެމްބަރު އާމިނަތު ޝިފާއަތު އަބްދުއްރައްޒާގު

އެޗްއާރްސީއެމްގެ މެމްބަރުންގެ މުއްދަތަކީ ކޮމިޝަނަށް އައްޔަނު ކުރާ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހެވެ.

ކޮމެންޓް

2
450
ކާންދީ
6 months ago

މި އޮންނަ އެއްޗެއްތަ.. ހާދަ ޒަމާން ވެއްޖެއޭ ހިލަމެއްނުވެ

ާއާންތު
6 months ago

އެޗް އާރް ސީ އެމް އޮވޭތަ މިހާރުވެސް. އަޅެ އާންތު ހީކުރީ އަޑެއް ބަޑެއްނީވޭތީވެ މި ނެތް އެއްޗެއްކަމަށް. އުޕްސް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.