ދަންނަބޭކަލެއް ކަމަށްވާ އިމްރާން، އަލީ ރަމީޒާ ޒާތީވެވެޑައިގެންފި

އަލީ ރަމީޒުގެ ކުރިން އިމްރާން އެންމެ ބޮޑަށް ޒާތީވެ ވަޑައިގެންފައި ވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ރާއްޖޭގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އަލީ ރަމީޒަކީ ކާކު ކަމާއި އޭނާ ކުރަނީ ކޮން ކަމެއްކަން އެނގޭ އިރު ވެސް އެއްޗެއް ވިދާޅު ނުވާނެ ކަމަށާއި ދެން ވެސް "ތުހުމަތު" ގެ އެ ވާހަކަ ވިދާޅު ނުވާނެ ކަމަށް އިޝާރާތް ކުރައްވާ އަލީ ރަމީޒާ ޒާތީވެވެ ވަޑައިގެންފި އެވެ.  

އަލީ ރަމީޒު ކުރާ ކަންކަން އެނގޭ ކަމަށާ އަދި އެކަމަކީ ކޮންމެ ކަމެއް ނަމަވެސް އެވާހަކަ ދައްކަވަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވި އިރު އިމްރާނަކީ ރާއްޖޭގެ ތަހުގީގީ އިދާރާ، ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށް ބަސް ވިދާޅުވާ މިނިސްޓަރެވެ. އަދި އެއީ ދީނީ ވަރަށް ބޮޑު ދަންނަބޭކަލެކެވެ.

އަލީ ރަމީޒަކީ ކާކުކަން އިމްރާނަށް އެނގި ވަޑައިގަންނަވާ ކަމަށް ވިދާޅުވެ ނުސީދާ ތުހުމަތެއްކޮށް ޒާތީވެ ވަޑައިގެންނެވި އިރު ރާއްޖޭގެ އެންމެން އަލީ ރަމީޒް ދަނެ އެވެ. އަދި އޭނާއަށް އިހުތިރާމާއި ތާއީދު ނުކުރާ މީހަކު ރާއްޖޭގައި މަދެވެ. އެއާ ހިލާފަށް އިމްރާނަށް ފާޑު ކިޔާ މީހުން އެހައި ގިނަ އެވެ.  

އަލީ ރަމީޒު: ދީނީ މައުލޫމާތު ފެތުރުމުގައި އެންމެ އިސް ދައުރެއް ފަރުދީ ގޮތުން އަދާ ކުރާ އެކަކީ އަލީ ރަމީޒު

އަލީ ރަމީޒަކީ ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު / އެންމެ މަގުބޫލު ލަވަކިޔުންތެރިޔާ އެވެ. އެ މަގާމުގައި ހުރުމަށް ފަހު އޭނާ އަމިއްލައަށް އެ ރޮނގު ދޫކޮށްލައި އިސްލާމް ދީނުގެ ޝިއާރުތައް ކުރިއަރުވައި އިސްލާމް ދީނަށް މީހުން ހޭލައްވައި ހޭލުންތެރި ކުރުވުމަށް ހުސް ވެގެން ސާދާ ދިރިއުޅުމުގައި އުޅޭތާ އެތައް އަހަރެއް ވެފައިވާއިރު ވެސް އޭނާގެ މަގޫބޫލު ކަމާއި މަޝްހޫރު ކަމަށް ބަދަލެއް ނާދެ އެވެ. 

އަލީ ރަމީޒަކީ ރާއްޖޭގައި އިސްލާމް ދީން ކުރިއެރުވުމުގެ ޕްރޮގްރާމްތައް ހިންގާ ސަލަފް ޖަމިއްޔާގެ ޗީފް މާކެޓިން އޮފިސަރެވެ. އަދި އެ ޖަމިއްޔާއަށް ނިސްބަތްވާ ދާރިސް ޓީވީގެ ސްޓޭޝަން މެނޭޖަރެވެ. އޭނާގެ މައްސަލައެއް ފުލުހަކު - ކޯޓަކު ނޯވެ އެވެ.

އިމްރާނަކީ ރާއްޖޭގައި އޭނާ އާއި އޭނާގެ އެކުވެރި ދެތިން މީހެއްގެ މައްޗަށް އެކުވެގެން ހިންގާ ކުޑަ ސިޔާސީ ޕާޓީއެއް ކަމަށްވާ އަދާލަތުގެ ރައީސެވެ. އަދި ސިޔާސީ މަސައްކަތުގައި އުޅުއްވާ ދީނީ ދަންނަ ބޭކަލެކެވެ. ވަރަށް ބޮޑަށް ސިޔާސީ ދޮގު ހައްދަވާ ކަމަށް ތުހުމަތު އޮތުމާއި ވަރަށް އަވަހަށް ސިޔާސީ ގޮތުން ފިކުރު ދިމާ ނުވާ ބޭފުޅުންނާ ޒާތީވެ ވަޑައިގަންނަވާ ތުހުމަތައް އޮތް ބޭފުޅެކެވެ. ދީނީ ރޮނގުގަ އާއި ސިޔާސީ ރޮނގުގައި އިމްރާނުގެ މަގުބޫލުކަން ވަރަށް ބޮޑަށް ފަނޑުވެފައި ވެއެވެ. 

އަލީ ރަމީޒުގެ ކުރިން އިމްރާން އެންމެ ބޮޑަށް ޒާތީވެ ވަޑައިގެންފައި ވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެވެ.

އޭނާ އެކްސްގައި ޕޯސްޓެއް ކުރައްވާ ވިދާޅުވީ "އަލީ ރަމީޒަކީ ކާކުކަން، ކުރަނީ ކޮން ކަމެއްކަން އަޅުގަނޑަށް އެނގޭ" ކަމަށެވެ.

"ނަމަވެސް ކުރިން ވެސް އެއްޗެއް ނުބުނަން އަދި މިހާރު ވެސް އެވާހަކަ ދައްކާކަށް ނެތިން! އަޅުގަނޑުމެން ދެމީހުންގެ މެދުގައި ނިޔާކުރައްވާނީ މާތް الله." އޭނާ ވިދާޅުވި އެވެ. 

އިމްރާންގެ މި ވާހަކަތައް އައީ އޭނާގެ އާރާއި ބާރުގައި އޮތް ދުވަހު ޔަހޫދީ އިޒްރޭލުގެ އުދުވާންތަކާ ދެކޮޅަށް ބޭއްވި ސައިިކަލު ބުރު ހުއްޓުވުމަށް ފަހު މިހާރު ނުކުމެ ވަޑައިގެން ފަލަަސްތީނޭ ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ "އެއްވެސް ގޮތެއްފޮތެއް ނެތީމާ" ކަމަށް ބުނެ އަލީ ރަމީޒް އެކްސްއަށް ދޫކޮށްލި ޕޯސްޓަކާ ގުޅިގެން އެ ކަމާ ކޯފާ އިސްކުރައްވަ އެވެ. އެހެން ނަމަވެސް އަލީ ރަމީޒްގެ އެ ޕޯސްޓަގައި އިމްރާންގެ ނަން ހިމަނާފައެއް ނެތެވެ.

ނަމަވެސް ކޮމެންޓް ކުރުން ބްލޮކް ކޮށްފައިވާ އިމްރާން ޕޯސްޓަށް ފަހު ގިނަ ބައިވަރު މީހުން އިމްރާނަށް ފާޑު ކިޔަމުން ދަނިކޮށް އަލީ ރަމީޒް ވަނީ އިތުރު ޕޯސްޓެއް ކޮށްފަ އެވެ. އޭގައި އޭނާ ސަމާސާކޮށް ބުނެފައި ވަނީ އަލީ ރަމީޒަކީ އަލީ ރަމީޒް ކަމަށާއި އިމްރާނަކީ އިމްރާން ކަމަށެވެ. ދެ މީހުން، ފިސާރި ރަނގަޅަށް ދިވެހި ރައްޔިތުންނަށް އެނގޭނެ ކަމަށެވެ. 

އިޒްރޭލުގެ އުދުވާންތަކާ ދެކޮޅަށް 2021 ގައި ޒުވާނުންގެ ތެރެއިން ބަޔަކު އިސްވެ މައި ސިޓީގެ ހުޅުމާލޭގައި ބޭއްވި ސައިިކަލު ބުރު އިމްރާންގެ އަމުރަށް ހުއްޓުވާފައި ވެއެވެ. އެކަން ފާހަގަކޮށް ގިނަ އެހެން ފަރާތްތަކުން އިމްރާނަށް ފާޑުކިޔުން އަމާޒު ކޮށްފައި ވެއެވެ.

މި ދުވަސްކޮޅު އިމްރާން ގެންދަވަނީ ފަލަސްޠީނާ ގުޅޭ ޕޯސްޓުތައް އެކްސްގައި ހިއްސާ ކުރައްވަމުންނެވެ. އަދި ވިދާޅުވެފައި ވަނީ ފަލަސްތީނު ރައްޔިތުންގެ ހއްގުގައި "ފަރުދީ ގޮތުން އަޅުގަނޑަށް ކުރެވުނު ކޮންމެ ކަމެއް" ކުރައްވާނަން ކަމަށެވެ.

އޭނާ އެހެން ވިދާޅުމާއި އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އެއްވުމަށް ރާވާތީ ގިނަ ބަޔަކު ފާޑު ކިޔައި ބުނަމުން ދަނީ ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ފަހު އަންނަ މަހު އިމްރާން ވަޒީރުކަން ކުރައްވާ އަދި އެނާގެ ކުޑަ ޕާޓީ ކޯލިޝަން ހަދާފައިވާ ސަރުކާރުން ނިމުމުން އިމްރާނާއި އޭނާގެ ބައިވެރިންގެ ޕާޓީ އަދާލަތު ފަނޑުވެ ދާނެތީ އަދި ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އަދާލަތަށް ތާއީދު ހޯދުމުގެ ގޮތުން ފަލަސްތީނު ނަން ބޭނުން ކޮށްގެން އިމްރާން އަދާލަތަށް ތާއީދު ހޯދާން މަސައްކަތް ކުރަނީ ކަމަށެވެ.

އެ ފާޑު ކިޔުންތަކާ ގުޅިގެން ވެސް އޭނާ ވަނީ ޕޯސްޓެއް ކުރައްވާފަ އެވެ:

"އެއްވެސް ފަރާތެއްގެ އިންޒާރަކަށް، ބިރުދެއްކުމަށް އަޅުގަނޑު ފަހަތައް ޖެހޭނެ ކަމަށް ހީ ނުކުރަށްވާ." 

ކޮމެންޓް

3
450
ނާޒިމް
6 months ago

ތިޔަ ދަންނަބޭކަލާ ހެދި މުޅި ގަައުމު ހަލާކުވެ އަވަދިވެއްޖެ. ކީރިތިﷲ މި މީހާގެ ނުބައި ކަމުން ދިވެހީން ސަލާމަތް ކުރައްވާށި އެވެ. އާމީން

މޒ
6 months ago

ހެޑްލައިން ވެސް ވަރަށް ޒާތީ ހެން ހީވަނީ.

ފާތި
6 months ago

މި ދެމީހިން ވެއްޖެ މިހާރު ޓޮމް އެއްޑް ޖެރީ އަށް ބީ މެޗްއަރޑް ޕްލީޒް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.