ގޯތިތަކާއި ރަށެއް ލިބިފައި ނެތްކަން ސާބިތުކޮށް ދިނުމުގެ މަސައްކަތް ރޮޒައިނާ ފައްޓަވައިފި

ރޮޒައިނާއާ ގުޅޭގޮތުން ބަޔަކު ފަތުރާ ވާހަކަތަކުގައި ތިން ރަށެއްގައި އެކަމަނާގެ ނަމުގައި އަގު ބޮޑެތި ބިންތަކެއް ހުރި ކަމަށް ބުނެފައިވެއެވެ. އަދި ފަޅު ރަށެއް ވެސް އެކަމަނާ އަށް ލިބިފައިވާ ކަމަށް ބުނެ އެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ނަމުގައި އެކި ރަށްރަށުގައި އަގު ބޮޑެތި ބިންތަކާއި ފަޅު ރަށެއް އޮތް ކަމަށް ބުނެ ދައްކާ ވާހަކަތަކުގެ ހަގީގަތް ސާފުކޮށް ދެއްވުމުގެ މަސައްކަތް އެކަމަނާ މިއަދު ފައްޓަވައިފި އެވެ.

ރޮޒައިނާ ވިދާޅުވި ގޮތުގައި އެކަމަނާގެ އަތުގައި ހުރި ކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ފަތުރަމުންދާ ގޯތިތަކާއި ބިމާއި ރަށްތަކުގެ ހަގީގަތް ސާފުކޮށް ދިނުމަށް އެކަމާ ގުޅޭ ކައުންސިލްތަކަށް މިހާރު ވާނީ ސިޓީ ފޮނުވާފައެވެ. ކައުންސިލް ތަކުން އެ ސިޓީތަކަށް ވީހާވެސް އަވަހަށް ޖަވާބު ދިނުމަށް އެކަމަނާ އެދިވަޑައިގެންފައިވެއެވެ.

އަދި ކައުންސިލްތަކުން ލިބޭ ޖަވާބުތައް އާންމު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރޮޒައިނާއާ ގުޅޭގޮތުން ބަޔަކު ފަތުރާ ވާހަކަތަކުގައި ތިން ރަށެއްގައި އެކަމަނާގެ ނަމުގައި އަގު ބޮޑެތި ބިންތަކެއް ހުރި ކަމަށް ބުނެފައިވެއެވެ. އަދި ފަޅު ރަށެއް ވެސް އެކަމަނާ އަށް ލިބިފައިވާ ކަމަށް ބުނެ އެވެ. އެއީ،

  •  ލ. ގަމުގައި އެއް މިލިއަން ރުފިޔާގެ އަގުހުރި ގޯއްޗެއް
  •  އައްޑޫ ސިޓީގައި ދެ މިލިއަން ރުފިޔާގެ އަގުހުރި ގޯއްޗެއް
  •  އދ އަތޮޅުގައި ހަތަރު މިލިއަން ރުފިޔާގެ އަގުހުރި ބިމެއް
  •  ނ އަތޮޅުގައި 200 މިލިއަން ރުފިޔާގެ އަގުހުރި ފަޅު ރަށެއް

ބިމާއި ގޯއްޗާއި ފަޅުރަށެއް އޮތްތޯ ބަލަން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރާއި ގަމު ކައުންސިލްގެ ރައީސް އަހްމަދު ޒަކީއާ ނ އަތޮޅުގެ ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރާއި އދ އަތޮޅު ކައުންސިލްގެ ރައީސް އަލީ ނަސީރަށް އެޑްރެސްކޮށް އެ ކައުންސިލްތަކަށް ވަކިވަކީން ރޮޒައިނާ ވަނީ ސިޓީ ފޮނުއްވާފައެވެ.

ރޮޒައިނާގެ ސިޓީގައި އެކަންކަން ބަލަނީ އެ ވާހަކަތައް ފަތުރާ މީހާ އެކަމަނާއަށް ވެސް ބިމެއް / ގޯއްޗެއް ނުވަތަ ފަޅު ރަށެއް ހަދިޔާ ކޮށްފައި ވެސް އޮވެދާނެތީ ކަމަށާ އެފަދަ ތަނެއް އޮތްނަމަ އެކަން އެކަމަނާ އަށް ވެސް އެނގި އަދި އެ ވާހަކަތައް ފަތުރާ މީހުންނަށް ވެސް އެނގުމަކީ މުހިންމު ކަމެއް ކަަމަށް ދެކޭތީ ކަަމަށް ވިދާޅުވެފައިވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.