މުއިއްޒު މާލޭގެ ކެމްޕެއިން ޓީމުތަކާއި މިރޭ ބައްދަލު ކުރައްވަނީ

އިންތިހާބީ ރައީސްގެ އޮފީހުން ބުނި ގޮތުގައި މިރޭގެ ބައްދަލްވުން އޮންނާނީ ސޯޝަލް ސެންޓަރު ގައެވެ. ބައްދަލްވުމަށް ދައުވަތު ދީފައި ވަނީ އަށެއް ޖަހާއިރަށެވެ.

ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހި ރައްޔިތުންނާ ބައްދަލު ކުރެއްވުން -- މި

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ގައި މާލޭގައި މަަަސައްކަތް ކުރި ޓީމުތަކާއި މިރޭ ބައްދަލު ކުރަން ނިންމަވައިފި އެވެ.

އިންތިހާބީ ރައީސްގެ އޮފީހުން ބުނި ގޮތުގައި މިރޭގެ ބައްދަލްވުން އޮންނާނީ ސޯޝަލް ސެންޓަރު ގައެވެ. ބައްދަލްވުމަށް ދައުވަތު ދީފައި ވަނީ އަށެއް ޖަހާއިރަށެވެ.

މީޑިއާތަކަށް ހުޅުވާލައިގެން ބާއްވާ ބައްދަލްވުމުގައި މާލެ ސަރަހައްދު -- މާލެއާ ވިލިމާލެ އަދި ހުޅުމާލޭގެ ކެމްޕެއިން ޓީމުތަކާއި ރައީސް މުއިއްޒު ބައްދަލު ކުރައްވާނެ އެވެ.

މުއިއްޒަށް އިންތިހާބު ކާމިޔާބު ކޮށް ދިނުމަށް އެންމެ ވަރުގަދަ ކެމްޕެއިނެއް ހިންގީ މާލެ ސަރަހައްދު ގައެވެ. މާލެއިން ވަނީ ފުރަތަމަ ފަހަރަށް ޕީޕީއެމުން އެމްޑީޕީގެ މައްޗަށް ބޮޑު ތަފާތަކުން ކާމިޔާބު ހޯދާފައެވެ. މިއީ 2008 ވަނަ އަހަރުން ފެށިގެން ރިޔާސީ އިންތިހާބެއް ގައި މާލެ އިން ޕީޕީއެމަށް އެންމެ ގިނަ ވޯޓް ލިބުނު ފަހަރެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.