ވީއައިޭގައި މީހުނަށް އުނދަގޫކުރަމުންދިޔަ ޗައިނާ އަންހެނަކު ހައްޔަރުކޮށްފި

ފުލުހުން މިކަމާ ގުޅިގެން ބުނީ މި އަންހެން މީހާ އުޅެމުން ދިޔައީ އެހެން މީހުންނަށް އުނދަގޫވާ ގޮތަށް އަޑުގަދަކޮށް، ތަންތަނަށް ކުޅު ޖެހުން ފަދަ އަމަލުތައް ކުރަމުން ކަމަށެވެ.

ޗައިނާ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ --

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ތެރޭގައި އެހެން މީހުންނަށް އުނދަގޫކޮށް ބޭއަދަބީ އަމަލުތައް ހިންގަމުން ދިޔަ ޗައިނާ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މިއީ ވިސާ މައްސަލަ ޖެހިގެން އެއާޕޯޓް ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން އުޅެމުން ދިޔަ އަންހެނެއް ކަމަށް މައުލޫމާތު ލިބެ އެވެ. 

ފުލުހުން މިކަމާ ގުޅިގެން ބުނީ މި އަންހެން މީހާ އުޅެމުން ދިޔައީ އެހެން މީހުނަށް އުނދަގޫވާ ގޮތަށް އަޑުގަދަ ކުރުމުގައި ކަމަށެވެ. އަދި އެއާޕޯޓްގެ ތަންތަނަށް ކުޅު ޖެހުން ފަދަ އަމަލުތައް ކުރަމުން ދިޔަ ކަމަށެވެ. 

އޭނާގެ އަމަލުތައް ހުރި ގޮތުން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. 

މީގެ ކުރިން ވެސް މި ގޮތަށް އުޅޭ ބައެއް ބިދޭސީން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. 

ކޮމެންޓް

2
450
ކޮމެންޓް
1 year ago

ތި މީހާ ގެންދަން މާ ލަސްވެސް ވެއްޖެ އެއާ ޕޯޓުގެ ފުލުހުންނަ ވެސް ފެންނާނެ އެމީހާ އެންމެން ކުރިމަތީ ހެދުން ބަދަލު ކުރާތަންވެސް އިންފޯ ކުދިންވެސް މަޖާވެފަ ހޭންތިބީ

މަންނު
1 year ago

ގޮތްކުޑަކޮއްލައިގެން އުޅެންދޭ އަމިއްލަ ގައުމަށް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.