ބީއެމްއެލްގެ އާ ކާޑު ތައާރަފުކޮށްފި، ތިމާވެއްޓަށް ރައްކާތެރި

ބީއެމްއެލްގެ ސީއީއޯ / މެނޭޖިން ޑައިރެކްޓާ ކާލް ސްޓުމްކަ ވިދާޅުވީ އަލަށް ތައާރަފްކުރި ކާޑުތައް އުފައްދާފައި ވަނީ ރީސައިކަލް ޕްލާސްޓިކް ގައި ކަމަށެވެ.

ބެންކު އޮފް މޯލްޑިވްސް އިން ތައާރަފު ކުރި އާ ކާޑުތައް

ގައުމީ ބޭންކު -- ބެންކު އޮފް މޯލްޑިވްސް އިން އާ ކާޑުތަކެއް މިއަދު ތައާރަފު ކޮށްފި އެވެ.

ބީއެމްއެލް އިން އަލަށް ތައާރަފު ކުރި ކާޑުތަކަކީ ދިވެހި ރާއްޖޭގެ ގުދުރަތީ ރީތި ކަން ދައްކުވައިދޭ ކާޑުތަކެކެވެ. ކާޑުތަކުން ފެންނަނީ ދިވެހި ގޮނޑުދޮށްތަކަށް ބީސާލާ ރާޅުތަކާއި ހުދު ފޮނުތަކުގެ މަންޒަރެވެ. ސާފު މޫދާއި ރީތި ގޮނޑުދޮށްތަކެވެ.

މީގެ އިތުރުން ރޭގަނޑުގެ ވަގުތުތަކުގައި ރެދަނުން ދިއްލީފައިވާ ދިވެހީންގެ ގޮނޑުދޮށްތަކެވެ. ރީތި މުރަކަތަކުން ގުދުރަތީ މުއްސަދިކަން ލިބިފައި އޮތް ދިވެހި ރާއްޖޭގެ ފަރުތަކެވެ.

އާ ކާޑުތައް ތައާރަފު ކުރުމާއި ގުޅިގެން ބީއެމްއެލްގެ ސީއީއޯ / މެނޭޖިން ޑައިރެކްޓާ ކާލް ސްޓުމްކަ ވިދާޅުވީ އަލަށް ތައާރަފްކުރި ކާޑުތައް އުފައްދާފައި ވަނީ ރީސައިކަލް ޕްލާސްޓިކް ގައި ކަމަށެވެ. ތިމާވެއްޓާއި ރަހުމަތްތެރި ގޮތަކަށް ކާޑުތައް އުފެއްދީ ރާއްޖޭގެ ނާޒުކު ތިމާވެއްޓާއިމެދު ހޭލުންތެރިކަން އިތުރުކުރުމާ އެކު ތިމާވެށި ހިިމާޔަތް ކުރުމަށް ހާއްސަ މަަސައްކަތްތަކެއް ކުރުމަށް އިތުރު ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ.

ބެންކު އޮފް މޯލްޑިވްސް އިން ތައާރަފު ކުރި އާ ކާޑުތައް

އަދި ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރިތައް ކުރިއަށް ގެންދިއުމަށް ތިމާވެއްޓަށް ރައްކާތެރި ގޮތްތައް އިހްތިޔާރު ކުރުމުގެ މުހިންމު ކަން އަންގައި ދިނުމަކީ ވެސް ބެންކުގެ މަގުސަދެއް ކަމަށް ކާލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކާޑުތަކަކީ ހަމައެކަނި ބަލާލަން ރީތި ކާޑު ތަކެއް ނޫން. މިއިީ ދުނިޔޭގެ ތިމާވެއްޓާ ވެސް ގުޅޭ ރައްކާތެރި ކާޑުތަކެއް،" 

ބެންކުން ބުނި ގޮތުގައި އާ ޑިޒައިންތަކުގެ ކާޑުތައް މިއަދުން ފެށިގެން ދޫކުރާނެ އެވެ.

ކޮމެންޓް

2
450
ނާދު
6 months ago

އައި ބޭނުން އެންމެ ކުރިން ތީގެ ކާޑެއް ގެންގުޅޭ މީހަށްވާން

ރުގީ
6 months ago

އަޅެ މިހާރު އިން ހަޑި ކާޑު ގެނދިޔާމަ ތީގެން ރީތި ކާޑެއް ދޭނެތަ؟ ނޫނީ މުއްދަތު ހަމަވީމަތަ ކާޑް އާކުރާއިރު ތަ ލިބޭނީ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.