ޓްރީ ޓޮޕްން އިހުމާލުވާ ކަމަށް ބުނާ މައްސަލަތައް ހެލްތުން ބަލަން ފަށައިފި

ޓްރީޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި އެންމެ މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ދޭން މީގެ ފަސް އަހަރު ކުރިން ހުޅުވި ބޮޑު އަދި މަތީފެންވަރުގައި ތަރައްގީކޮށްފައިވާ ހޮސްޕިޓަލެކެވެ.

ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލް: ބަލި މީހުނާމެދު އިހުމާލު ވާ ކަމަށް ތުހުމަތުތައް އެބައޮތް

ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލް، ޓްރީ ޓޮޕްގައި ފަރުވާ ހޯދަން ދާ ބަލި މީހުނަށް އިހުމާލުވާ ކަމަށް ތުހުމަތުކުރާ ޝަކުވާތަކެއްގެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފި އެވެ.  

ޓްރީޓޮޕަށް ތުހުމަތުތައް އޮތީ ރަނގަޅަށް ފަރުވާ ނުދޭ ކަމަށާއި ބަލި މީހުނާމެދު އަޅައި ނުލައި އިހުމާލުވާ ކަމަށެވެ. އެކަންކަން ފާހަގަކޮށް އެ ހޮސްޕިޓަލާ ދެކޮޅަށް ބަޔަކު ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ. 

މިދިއަ އާދިއްތަ ދުވަހު އެ މުޒާހަރާ ކުރީ އެ ހޮސްޕިޓަލުގައި ކެންސަރަށް ފަރުވާ ހޯދި މީހަކު އެ ހޮސްޕިޓަލުގެ އިހުމާލުން މަރުވި ކަމަށް ބުނެ އެވެ. -- އެ ހޮސްޕިޓަލްގެ އިހުމާލްތައް ކަމަށް ތުހުމަތުކޮށް އިތުރު މައްސަލަތައް ބޭރަށް ނެރެން ފެށީ އޭގެ ފަހުންނެވެ.

މި ތުހުމަތައް އޮވެ އަދި އެފަދަ ގިނަ ވާހަކަތައް ސޯޝަލް މީޑިއާގައި ދައުރު ކުރި ނަމަވެސް ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރު ތަސްލީމާ އުސްމާން ވިދާޅުވީ ޓްރީ ޓޮޕްން ބަލި މީހުނަށް އިހުމާލު ވެފައިވާ ކަމަށް ބުނެ އެއްވެސް މައްސަލައެއް ހުށަހަޅާފައި ނެތް ކަމަށެވެ. 

އެކަމަކު އެނާ ވިދާޅުވީ ހުޅުމާލޭގައި ހިންގާ އެ ހޮސްޕިޓަލަށް ތުހުމަތު ކުރާ ޕޯސްޓުތައް މިނިސްޓްރީއަށް ފާހަގަ ކުރެވި އެކަން ސަމާލުކަމަށް އައުމުން މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ. އަދި ޓްރީ ޓޮޕް ހޮސްޕިޓަލްގެ އިސްވެރިންނާއެކު ބައްދަލުވުމެއް ވެސް ބާއްވާފައިވާ ކަމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި އެންމެ މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ދޭން މީގެ ފަސް އަހަރު ކުރިން ހުޅުވި ބޮޑު އަދި މަތީފެންވަރުގައި ތަރައްގީކޮށްފައިވާ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލް މިހާރު ހިންގަނީ އެ ހޮސްޕިޓަލް ހުޅުވި އިރު ގެންގުޅުނު ކޮންސެޕްޓްގައެއް ނޫނެވެ. 

ކޮމެންޓް

3
450
ޒުމް
1 year ago

މަވެސް ބެލިން އެވީޑިއޯ. ވަރަށް ފޫހި ވެއްޖެ ތިތަންދެކެ.

މުންދު
1 year ago

ހެލްތް މިނިސްޓްރީ ވެސް އޮތީ ރަނގަޅު ކުރަންވެ. ދެން މިމީހުންނަށް ކިހިނެތް އެހެންތަނެއް ބެލޭނީ

މުނާ
1 year ago

ސޯޝަލް މީޑިޔާގެ ކޮންމެ ޕްލެޓްފޯމަ އަކަުން ވެސް ފެންނަނީ ޓްރީ ޓޮޕް ގެ ޝަކުވާތަށް. ހަމަ ކަމެއް ނުވަނީސް މީހުން އެހެން ވާހަކައެއް ނުދައްކާނެ. ހެލްތްމިނިސްޓްރީއިން ބަލަންޖޭނެ މިހުރިހާ ކަމެއް ވަރަށް ގާތުން . އަދި ފިޔަވޅު ވެސް އަޅަން ޖެހޭނެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.