މި ފޮތަކީ ހަ ވޮލިއުމްގެ މައްޗަށް އެކުލެވިގެންވާ ތަފްސީރެކެވެ. ގާސިމް ވަނީ މިއަދު ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގައި ފޮތުގެ ވެބްވާޝަން ފުރިހަމަ ކޮށް މިރެއިން ފެށިގެން އާންމު ކުރައްވާފައިވާ ކަން ހާމަ ކުރައްވާފަ އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ / ގައުމީ ހިދުމަތްތެރިޔާ ގާސިމް އިބްރާހިމްގެ ވިލާ ފައުންޑޭޝަނުން ދިވެހި ބަހަށް ތަރުޖަމާކުރި "އައްތަފްސީރުލް ވާޟިޙުލް މުޔައްސަރު" ގެ ވެބް ވާޝަން ފުރިހަމަ ކޮށް މިރޭ އާންމުންނަށް ދޫކޮށްލައިފި އެވެ.
"ފަސޭހަ ތަފްސީރު" ނަމުގައި ވިލާ ފައުންޑޭޝަނުން "އައްތަފްސީރުލް ވާޟިޙުލް މުޔައްސަރު" ގެ ދިވެހި ތަރުޖަމާގެ ވެބް ވާޝަން އިފްތިތާހު ކުރީ މިދިޔަ ސެޕްޓެންބަރު މަހުގެ ހަތްވަނަ ދުވަހު އެވެ. ނަމަވެސް އެ ދުވަހު ވެބް ވާޝަން ނެރުނީ މުޅީން ފުރިހަމަ ނުވެ ވަނިކޮށެވެ.
ގާސިމް މިރޭ ވިދާޅުވީ ކީރިތި ގުރުއާނުގެ ފުރިހަމަ ތަފްސީރެއް ދިވެހި ބަހުން އޮތުމުގެ މުހިންމު ކަމުގެ މައްޗަށް ރިއާޔަތް ކޮށް، ސައުދިއަރަބިޔާ އިން ނެރެފައިވާ "އައްތަފްސީރުލް ވާޟިހުލް މުޔައްސިރު" ދިވެހި ބަހަށް ތަރުޖަމާ ކޮށް ދަރިވަރުންނާއި ދީނީ އިލްމުވެރިންނާއި ދިވެހި ރައްޔިތުންނަށް ހަދިޔާ ކުރައްވާ ކަމަށެވެ.
މި ފޮތަކީ ހަ ވޮލިއުމްގެ މައްޗަށް އެކުލެވިގެންވާ ތަފްސީރެކެވެ. ގާސިމް ވަނީ މިއަދު ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގައި ފޮތުގެ ވެބްވާޝަން ފުރިހަމަ ކޮށް މިރެއިން ފެށިގެން އާންމު ކުރައްވާފައިވާ ކަން ހާމަ ކުރައްވާފަ އެވެ.
"الله އިރާދަފުޅާ މިންވަރުފުޅުން ލަސްތަކެއް ނުވެ ޗާޕް ކޮށް ދިވެހިރާއްޖޭގެ ގިނަ ގޭބިސީ ތަކަށް ތަފްސީރުގެ ކޮޕީ އެއް ހަދިޔާ ކުރުމަށް އަޅުގަނޑުވާނީ ނިންމާފައެވެ،" ގާސިމް ވިދާޅުވި އެވެ.
ގިނަ ގުނަ ސަވާބާއި ދަރުމަ ދެއްވާށި. ގާސިމްބެ އަކީ ވަރަށް ވަތަނީ މީހެއް. ދިވެހިންނަށް ހިދުމަތެއްކޮށްދެން ވެއްޖިއްޔާ މިވަރެއްނޯންނާނެ.
ބޭނުމެއްނޫން! މާދަމާ ކަލަގޮވަން ފަށާނެ!
ތިހެން ހަމަ މުޖުތަމައަށް ފައިދާ ކުރާ ކަންކަން ކޮށްލަން ހުންނަންވީ މީހެކޭ ސިޔާސީ ކަންކަމަށް ނިކުމެ މިއުޅެނީ