ޑިމޮކްރެޓްސްގެ ރައީސް ކަމަށް ހަސަން ވާދަ ކުރައްވަނީ

ދަ ޑިމޮކްރެޓްސްގެ އަސާސީ ގަވާއިދުގައިވާ ގޮތުގެމަތިން ޕާޓީގެ ދާއިމީ މަގާމުފުރާތައް ފުރާނެ މީހުން އިންތިހާބުކުރުމަށް މަގާމުތަކަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ.

ޑިމޮކްރެޓްސްގެ މުއައްސިން ހަސަން ލަތީފް: އެ ޕާޓީގެ ރައީސްގެ މަގާމަށް ވަނީ ކުރިމަތިލައްވާފައި --

ދަ ޑިމޮކްރެޓްސްގެ ރައީސްގެ މަގާމަށް އެ ޕާޓީގެ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ކުރިމަތި ލައްވައިފި އެވެ.

ޑިމޮކްރެޓްސްގެ ރައީސްކަމަށް ކުރިމަތި ލެއްވިކަން އެޕާޓީގެ ވަގުތީ ޗެއާޕާސަންކަން ވެސް ކުރައްވާ ހަސަން އިއުލާނު ކުރެއްވީ އެކްސްގައި ޕޯސްޓެއް ހިއްސާ ކުރައްވަމުންނެވެ. އެ ޕޯސްޓްގައި ހަސަން އެދިވަޑައިގެންފައި ވަނީ ފޯކަސް ކުރުމަށާއި އުނދަގޫ ކަންކަމާއި ގޮންޖެހުންތަކާ ކުރިމަތިލުމަށް ރަނގަޅު ޓްރެކްގައި ތިބުމަށެވެ.

ދަ ޑިމޮކްރެޓްސްގެ އަސާސީ ގަވާއިދުގައިވާ ގޮތުގެމަތިން ޕާޓީގެ ދާއިމީ މަގާމުފުރާތައް ފުރާނެ މީހުން އިންތިހާބުކުރުމަށް  މަގާމުތަކަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ. އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލައިފައިވެ އެވެ.

މަގާމުތަކަށް ހުޅުވާލައިފައި ވަނީ "ފަށަލަ" ތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ގައުމީ ފަށަލައިގައި ޕާޓީގެ ރައީސާއި އާންމު ނައިބު ރައީސްގެ އިތުރުން، ޕާޓީގެ އަންހެން ނައިބް ރައީސަކާއި، ޒުވާން ނައިބު ރައީސަކާއި، ވިމެން ޑިމޮކްރެޓްސް ލީޑަރާއި ނައިބާއި، ޔަންގް ޑިމޮކްރެޓްސް ލީޑަރާއި ނައިބު ހިމެނެ އެވެ.

އަދި، ވަކިވަކި އަތޮޅުތަކަށާއި ސިޓީތަކަށް ރައީސުންނާއި ނައިބުން އިންތިހާބުކުރަން ނިންމާފައިވެ އެވެ. އަދި ދާއިރާ ފަށަލައިން ދާއިރާ ރައީސަކު އިންތިހާބު ކުރުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ހުޅުވާލައިފައިވާ މަގާމުތަކަށް ޑިމޮކްރެޓްސްގެ ގިނަ މެމްބަރުން ދަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. މިހާތަނަށް ރައީސް ކަމަށް ކުރިމަތިލައްވާފައި ވަނީ ހަސަން އެކަންޏެވެ.

ކޮމެންޓް

1
450
މޭންކޭ
1 year ago

ވަރަށް ރަނގަޅު ނިންމުމެއް. މަރުހަބާ ހަސަން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.