ރިޔާސީ އިންތިހާބަށް ފަހު ފާރިސް މައްޗަންގޮޅީ އުތުރަށް ނިކުންނަވަނީ

ފާރިސް މައުމޫން ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާ އެކަން މިރޭ ހާމަ ކުރައްވާފައެވެ. ނިމިގެންދިޔަ ރިޔާސީ އިންތިހާބު ގައި ވެސް ވާދަ ކުރެއްވި ފާރިސް ވިދާޅުވި ގޮތުގައި އޭނާ ވާދަ ކުރައްވާނީ މައްޗަންގޮޅީ އުތުރު ދާއިރާ އަށެވެ.

އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން

ކުރިއަށް އޮތް ރައްޔިތުންގެ މަަޖިލީހުގެ އިންތިހާބު ގައި ވާދަ ކުރައްވާނެ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ރައީސް އަހްމަދު ފާރިސް މައުމޫން އިއުލާނު ކުރައްވައިފި އެވެ.

ފާރިސް މައުމޫން ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާ އެކަން މިރޭ ހާމަ ކުރައްވާފަ އެވެ. ނިމިގެންދިޔަ ރިޔާސީ އިންތިހާބު ގައި ވެސް ވާދަ ކުރެއްވި ފާރިސް ވިދާޅުވި ގޮތުގައި އޭނާ ވާދަ ކުރައްވާނީ މައްޗަންގޮޅީ އުތުރު ދާއިރާ އަށެވެ.

އޭނާ ވިދާޅުވީ ގައުމު އިސްލާހު ކުރުމުގެ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ މުހިންމު ކަން ބޮޑުކަމުން ކުރިއަށް އޮތް އިންތިހާބުގައި މައްޗަންގޮޅީ އުތުރު ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމަށް ވަނީ ނިންމާފައެވެ. ރައްޔިތުންގެ ތާއީދަށް ވަނީ އެދިވަޑައިގެންފަ އެވެ.

ރިޔާސީ އިންތިހާބު ގައި 2981 ވޯޓް ހޯއްދެވި މިހިނގާ 19 ވަނަ މަޖިލީހުގައި ވެސް ވާދަކުރެއްވި އެވެ. އެ ފަހަރު ވެސް ވާދަކުރެއްވީ މައްޗަންގޮޅީ އުތުރު ދާއިރާ އަށެވެ. އެ ފަހަރު ނާކާމިޔާބު ވެވަޑައިގަތީ އެވެ. އެފަހަރު އެ ދާރާއަށް ހަ ބޭފުޅަކު ވާދަ ކުރެއްވި އިރު ފާރިސަށް ލިބި ވަޑައިގަތީ 600 ވޯޓެވެ. 

އޭގެ ކުރީން ފާރިސް ވަނީ ދިއްގަރު ދާއިރާގެ މެންބަރު ކަން ވެސް ކުރައްވާފައެވެ. އެ ގޮނޑި ފުރުއްވީ ކުރީން އެ ދާއިރާގެ މެންބަރުކަން ކުރެއްވި އަހްމަދު ނާޒިމްގެ ގޮނޑި ގެއްލުމުން ބޭއްވި ބައި އިލެކްޝަންގައި ވާދަ ކުރައްވާ ކާމިޔާބު ކުރައްވައިގެންނެވެ.

އެ ފަހަރު މަޖިލީހަށް އިންތިހާބު ވެވަޑައިގެންނެވީ ޕީޕީއެމްގެ ޓިކެޓް ގައެވެ. 

މިދިޔަ ރިޔާސީ އިންތިހާބުގައި ފާރިސް ދެއްކެވި ވާހަކަތަކާއި ގެންގުޅުއްވި ސިޔާސަތުތަކުގެ ސަބަބުން އޭނާގެ މަގުބޫލުކަން ވަނީ ބޮޑު ތަނުން އިތުުރުވެފައެވެ. ހާއްސަކޮށް ޒުވާނުންގެ މެދުގައި ފާރިސް މަގުބޫލެވެ. 

ކޮމެންޓް

1
450
ބެންޖޯ
6 months ago

އަޅެ އެނގިދާނެތާ. ހީވޭ މިފަހަރު ހޮވިދާނެހެން. ހިއްވަރު ދެރަނުކުރާތި. އަޅުގަނޑުގެ ވޯޓް ދޭ ކަހަލަ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.