"ރާއްޖޭގައި ހައްދަންވީ ކުދި ބިންތަކުގައި މަތީ އަގު ލިބޭ އުފެއްދުން"

މިނިސްޓަރު ހުސައިން ރަޝީދު އެހެން ވިދާޅުވި އިރު އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ސަރުކާރު މި އަނަނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ނިމޭނެ އެވެ.

މިނިސްޓަރު ޑރ. ހުސައިން ރަޝީދު

ދަނޑުވެރިކަމުގެ ވިޔަފާރި ތަރައްގީ ކުރަން ރާއްޖެއަށް ބޭނުން ވަނީ ޓެކްނޮލޮޖީގެ އެހީގައި ކުދި ބިންތަކުގައި މަތީ އަގު ލިބޭ އުފެއްދުން ތައް ހައްދަން ކަމަށް ދަނޑުވެރި ކަމާބެހޭ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅު ވެއްޖެ އެވެ. 

މިއަދަކީ ރާއްޖޭގައި ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ، ދަނޑުވެރިކަމުގެ ދުވަހެވެ. 

ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތާ ގުޅުވާލައްވައި ރާއްޖޭގެ ދަނޑުވެރިންނަށް ތަހުނިޔާ ވިދާޅުވުމާއެކު ހުސައިން ރަޝީދު ވިދާޅުވީ  ރާއްޖެއަކީ ދަނޑުވެރިކަން ކުރުމަށް ލިބެން އޮތް ބިން ނިސްބަތުން ކުޑަ އަދި ޓޫރިޒަމް އިންޑަސްޓްރީއަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމެއް ކަމަށެވެ.

އަދި އޭނާ ވިދާޅުވީ ރާއްޖޭގެ ދަނޑުވެރިކަމާއި ދަނޑުވެރިކަމުގެ ވިޔާފާރި އިތުރަށް ފުޅާކޮށް ތަރައްގީ ކުރާނަމަ މިހާރު އެންމެ ބޭނުންވަނީ ދަނޑުވެރިކަމުގައި އުފައްދާ ތަކެއްޗަކީ ދިވެހިންގެ ކާބޯތަކެތީގެ ރައްކާތެ ރިކަމަށާއި ފަތުރުވެރިކަމުގެ މާކެޓަށް އަމާޒުކޮށް އުފެއްދުމާއެކު ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުދި ބިންތަކުގައި އުފައްދާ މަތީ އަގު ލިބޭ އުފެއްދުންތަކަށް ހަދަން ކަމަށެވެ.

މިނިސްޓަރު ހުސައިން ރަޝީދު އެހެން ވިދާޅުވި އިރު އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ސަރުކާރު މި އަނަނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ނިމޭނެ އެވެ. އެ ދުވަހު ރާއްޖޭގައި ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރެއް ފަށާއިރު މިދިއަ ފަސް އަހަރު ދުވަހު ދަނޑުވެރިކަން ތަރައްގީ ކުރުމަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައް ނެތެވެ. ދަނޑުވެރި ކަމުގެ އިތުރުން މަސްވެރިކަން ހަވާލުވެފައި އޮންނަނީ ވެސް ހުސައިން ރަޝީދަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.