ހައްޖާއި އުމްރާގެ ދަތުރުވެރިންނަށް ހާއްސަ ހެލްތް ސްކްރީނިން ދެ ޕެކޭޖެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ތައާރަފު ކޮށްފި އެވެ. އެއީ ޕްރިލިމިނަރީ މެޑިކަލް ޗެކްއަޕް އަދި ޕޯސްޓް - މެޑިކަލް ޗެކަޕެވެ. މި ދެ ޗެކަޕް ވަކިވަކީން ފުރިހަމަ ކުރުމުގެ އިހްތިޔާރު ވެސް އާންމު މީހާއަށް ލިބެ އެވެ.

މި ޕެކޭޖަކީ ހައްޖު އަދި އުމްރާގެ ދަތުރު ފެށުމުގެ ކުރިން އަދި ދަތުރު ނިމުމަށް ފަހު ފުރިހަމަ ސިއްހަތެއްގައި ހުރިތޯ ފަސޭހަ ކަމާއެކު ބަލައި ޑޮކްޓަރުގެ އިރުޝާދު ހޯދައި ދިނުމެވެ.
ޓްރީ ޓޮޕުން ބުނީ މި ދެ ސްކްރީނިންގެ ޕެކޭޖު ފަރުމާ ކޮށްފައި ވަނީ އެޗްޕީއޭ އާއި ސައުދީ އަރަބިއްޔާ ސަރުކާރު އަދި ޓްރީ ޓޮޕްގެ ފެމިލީ މެޑިސިން ކޮންސަލްޓަންޓް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ކަމަށެވެ.
ހައްޖުގެ އަޅުކަން ފުރިހަމައަށް އަދާ ކުރުމަށް ދުޅަހެޔޮ ސިއްހަތެއް މުހިންމުވެ އެވެ. އަދި ހައްޖުގެ އަޅުކަމަށް ފަހު ހައްޖުވެރިން އެނބުރި ރާއްޖެ އަންނައިރު ބަލި، ރޯގާތައް ފެތުރުމަކީ ވަރަށް ގިނައިން ވާކަމެކެވެ.
ޓްރީ ޓޮޕަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ.