ސަލްމާންގެ ފިލްމް ބިނާ ކުރަނީ ރާއްޖޭގެ "ނޮވެމްބަރު 3" އަށް

މީޑިއާ ރިޕޯޓްތަކުގައި މި ވާހަކަތައް ކުއްލިއަކަށް ލިޔުނަސް ވިޝްނޫވަރުދާން ޑައިރެކްޓްކުރާ އެ ފިލްމާ ބެހޭ ގޮތުން ދަރުމާ ރަސްމީ އެއްވެސް ވާހަކައެއް ބުނެ އިއުލާނެއް ކޮށްފައެއް ނުވެއެވެ.

ސަލްމާން ހާން

އިންޑިއާގެ ބޮލީވުޑްގެ މެގަ ސްޓާރު، ސަލްމާން ހާން ހިމަނައިގެން ފަށަން ނިންމާ ޝޫޓް ކުރުމުގެ މަރުހަލާއާ ހަމައަށް ގެންގޮސްފައިވާ ފިލްމަކީ ދިވެހިރާއްޖެއާ ކުރިމަތިވި "ނޮވެމްބަރު 3" އުދުވާނުގެ ހާދިސާތަކުގެ މައްޗަށް ހަދާ ފިލްމެއް ކަމަށް ބުނާން ފަށައިފި އެވެ. 

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ސަލްމާނަށް ހަދައި ދެނީ ވަރަށް ވަރުގަދަ ވަތަނީ ފިލްމެކެވެ. 

އެ ފިލްމުގެ މައިގަނޑަކީ ސްރީލަންކާގެ ޓެރަރިސްޓު ޖަމާއަތަކުން މާޝިނަރީންގެ ބަޔަކު ގެނަލައިގެން ދިވެހިންގެ ބަޔަކު އިސްވެ ދިވެހި ރާއްޖޭގެ ވެރިކަން ވައްޓާލަން، ނޮވެމްބަރު 3، 1988 ގައި މާލެ އަރައި ދިން ހަމަލާ އެވެ.

އަދި އެ ހަމާލާ ނާކާމިޔާބު ކޮށްލަން ރައީސް މައުމޫން ގެނައި އިންޑިއާ ސިފައިން ރާއްޖޭގައި ހިންގި ދިގު އޮޕަރޭޝަން، "އޮޕަރޭޝަން ކެކްޓްސް" ގެ ހާދިސާތަކެވެ. 

މީޑިއާ ރިޕޯޓްތަކުގައި މި ވާހަކަތައް ކުއްލިއަކަށް ލިޔުނަސް ވިޝްނޫވަރުދާން ޑައިރެކްޓްކުރާ އެ ފިލްމާ ބެހޭ ގޮތުން ދަރުމާ ރަސްމީ އެއްވެސް ވާހަކައެއް ބުނެ އިއުލާނެއް ކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއަކީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ވައްޓާލަން ރާއްޖޭގެ ވިޔަފާރިވެރިއަކު އިސްވެ ސްރީލަންކާގެ ޕީޕަލް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ޖަމާއަތުގެ ވެރިޔާ އުމާ މަހޭޝްވަރަން އާއެކު ރާއްޖޭން ރައްތަކެއް ވިއްކާލުމުގެ ވިޔަފާރި ޑީލެއް ހަދައި ބާޣީ އަބްދުﷲ ލުތުފީ އާއި ބާޣީ ސަގަރު އަހުމަދު ނާސިރު އިސްކޮށް ޕްލޯޓްގެ ކުލީ ސިފައިންގެ 80 އަށްވުރެ ގިނަ ކުލީ ސިފައިން ފުރިހަމަ ހަތިޔާރާއެކު މާލެ އަރައި ދިން ވަރުގަދަ ނުރައްކާތެރި ހަމަލާއެކެވެ. 

އެ މީހުން ކުއްލި ގޮތަކަށް ދިން އެ އުދުވާނީ ހަމަލައިގެ ހާދިސާތަކުގައި 19 ދިވެއްސަކު މަރާލާފައި ވެއެވެ. އަދި ރާއްޖެއަށް ވަރަށް ބޮޑެތި ގެއްލުން ދީފައި ވެއެވެ. 

ކޮމެންޓް

1
450
ރަވީ
6 months ago

ވަވް. ވަރަށްއުފާވާ ހަބަރެއްތީ. ފިލްމު ކާމިޔާބު ވެ ވާހަކައިގެ އަސްލު ނުގެއްލޭނެހެން ގެނެސްދޭނެކަމަށް އުއްމީދުކުރަން. އަދި ވަރަށް އިނތިޒާރު ކުރެވޭ ތި ފިލްމު އަޅުވާނެ އިރަކަށް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.