ޝިޕިން ކުންފުނީގެ އޯޕަލް އައްޑޫ ދަތުރުތައް ފަށައިފި

ނިމޭން މިދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2020 ވަނަ އަހަރު އުފެއްދި ޝިޕިން ކުންފުނީގެ އޯޕަލް އަކީ 105 ކޮންޓެއިނާ އުފުލޭ، ކެރޭނާ އެކުގައި އޮޕަރޭޓް ކުރާ ބޯޓެކެވެ.

އެމްއެސްއެސް އޯޕަލް ސ. ހިތަދޫ ބަނދަރުގައި: ބޯޓުގެ ދަތުރުތަކުގައި ބުކިންސް ހަދަން ވަނީ ހުޅުވާލާފައި

ރާއްޖޭގެ ދެކުނުގެ އައްޑު އަތޮޅަށް ބޭރުން މުދާ އުފުލަން ގަތް ބޯޓު އެ ސިޓީއަށް ދަތުރުތައް ފަށައި ފުރަތަމަ ދަތުރުގައި ސަރަހައްދީ ބަނދަރަށް ވަދެއްޖެ އެވެ. 

ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯގެ ސަބްސިޑަރީއެއްގޮތު އޮތް ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގް (އެމްއެސްއެސް) އިން ބުނީ އޯގަސްޓް މަހު ގަތް "އެމްއެސްއެސް އޯޕަލް" ބޯޓަކީ ބޭރުން އައްޑޫ އަތޮޅަށް މުދާ އުފުލާ ބޯޓެއް ކަމަށައި އައްޑޫއަށް ގެންދާ މުދާ މާލޭ ބަނދަރުގައި ޓްރާންސިޓް ކުރުމަށް ފަހު އައްޑޫއަށް ދާނެ ކަމަށެވެ. 

އަދި އެ ދަތުރުގައި މާލެއިން ގަންނަ މުދާ ކޮންޓެނަރައިޒްޑްކޮށް އައްޑޫއަށް ގެންގޮސް ދޭނެ އެވެ.

އެމްއެސްއެސް އޯޕަލްގެ އައްޑޫ ދަތުރުތައް ފެށި އިރު އެ ދަތުރުތަކަށް ބުކިން ހެދުމުގެ ފުރުސަތު އެމްއެސްއެސްއިން ވަނީ ހުޅުވާލާފަ އެވެ. އޯޕަލް ކޮންމެ ދިހަ ދުވަހަކުން އައްޑޫ ސިޓީއަށް ދަތުރުކުރާނެ އެވެ. އެއީ މާލެ - ހިތަދޫ - ކޫއްޑޫ - މާލެ ރޫޓުގަ އެވެ.

ނިމޭން މިދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2020 ވަނަ އަހަރު އުފެއްދި ޝިޕިން ކުންފުނީގެ ބޯޓް، އޯޕަލް އަކީ 105 ކޮންޓެއިނާ އުފުލޭ، ކެރޭނާ އެކުގައި އޮޕަރޭޓް ކުރާ ބޯޓެކެވެ. މި ބޯޓާއެކު އެމްއެސްއެސްގައި މިހާރު ފަސް ބޯޓު އޮންނާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.