ވޯލްޑް ބޭންކާއި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާއަކަށް އަލީ ހާޝިމް

ގަވަރުނަރުންގެ ބޯޑުގެ ޗެއާއައަށް އައިއެމްއެފާއި ވޯލްޑް ބޭންކު މެންބަރު ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުގެ ގަވަރުނަރުންނާއި ފިނޭންސް މިނިސްޓަރުންގެ އަހަރީ ބައްދަލުވުންތަކުގައި ޗެއާކަން ކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ.

މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް

ވޯލްޑް ބޭންކާއި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާޕާސަން ކަމަށް ރާއްޖޭގެ އެމްއެމްއޭ / މަރުކަޒީ ބޭންކްގެ ގަވަރުނަރު އަލީ ހާޝިމް އިންތިހާބު ކޮށްފި އެވެ.

މިއީ އެ ބޯޑްގެ ޗެއާއަކަށް ރާއްޖެ ހޮވި ފުރަތަމަ ފަހަރެވެ. އެ މަގާމަށް ބޭފުޅަކު ހޮވަނީ ވޯލްޑް ބޭންކާއި އައިއެމްއެފްގެ މެންބަރު ގައުމުތަކުގެ ވޯޓުންނެވެ.

ރާއްޖޭގެ ގަވަރުނަރު، އަލީ ހާޝިމް އެ މަގާމަށް އިންތިހާބު ވޯޓު ދިން ހުރިހާ ގައުމެއްގެ ތާއީދު ވޯޓާއެކު އެވެ. 

ގަވަރުނަރުންގެ ބޯޑުގެ ޗެއާއައަށް އައިއެމްއެފާއި ވޯލްޑް ބޭންކު މެންބަރު ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުގެ ގަވަރުނަރުންނާއި ފިނޭންސް މިނިސްޓަރުންގެ އަހަރީ ބައްދަލުވުންތަކުގައި ޗެއާކަން ކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ. އަންނަ 2024 ގައު އައިއެމްއެފް އަދި ވޯލްޑް ބޭންކުގެ އަހަރީ ބައްދަލުވުންތަކުގެ ޗެއާއަކަށް އިންނަވާނީ އަލީ ހާޝިމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.