އަމާޒަކީ މަޖިލީހުގެ 60 ގޮނޑި ހޯދުން: އިންތިހާބީ ރައީސް

ވިހިވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯއްދެވުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށް ވިދާޅުވި އެވެ. އެގޮތުން މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން 60 ގޮނޑި ހޯދުމުގެ އަމާޒެއް އެބައޮތް ކަމަށް ވިދާޅުވި އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު -- މި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 60 ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ މެޖޯރިޓީ ހޯއްދެވުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ޓީވީ ޗެނެލް ސަންގުގެ ޕްރޮގްރާމެއްގައި މިރޭ ބައިވެރިގެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ކުރިމަތިލާއިރު އޮތް އެންމެ ބޮޑު ޔަގީން ކަމަކާއި ހިތްހަމަޖެހުމަކީ ޕީޕީއެމް / ޕީއެންސީ އަށް ފުރުސަތު ދިނުމަށް ރައްޔިތުން ބޭނުންވުން ކަމަށެވެ. އެކަން ނިމިގެންދިޔަ ރިޔާސީ އިންތިހާބުން ސާފުވެފައިވާ ކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ދިވެހި އިގްތިސޯދު ރަނގަޅުކޮށް ދިވެހިންގެ ހާރިޖީ ސިޔާސަތު ހަމަ މަގަށް އަޅުވާ ރައްޔިތުން އެދޭ ފަދަ ވެރިކަމެއް ގާއިމު ކުރެއްވުމަކީ އެމަނިކުފާނު ވެވަޑައިގެންފައިވާ އެންމެ މުހިންމު ވައުދުތައް ކަމަށެވެ. އެކަން ކުރުމުގައި ރާއްޖޭގެ ނިޒާމު ހަމަޖެހިފައި އޮތް ގޮތުން ރައްޔިތުންގެ މަޖިލީހުގެ ދައުރު ވަރަށް ކްރިޓިކަލް ވެފައި އެހާމެ މުހިންމު ކަމަށެވެ.

އެހެން ކަމުން ވިހިވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯއްދެވުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އެގޮތުން މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން 60 ގޮނޑި ހޯދުމުގެ އަމާޒެއް އެބައޮތް ކަމަށް ވެސް ވިދާޅުވި އެވެ.

"އެންމެ ބޭނުން ވަނީ ޓޫތާޑް މެޖޯރިޓީއެއް ލިބޭ ވަރަށް މެންބަރުން ހޮވުން،" މުއިއްޒު ވިދާޅުވި އެވެ.

ރައްޔިތުންްގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ: ވިހި ވަނަ މަޖިލީހުގެ އިންތިހާބު މާޗު މަހު އޮންނާނެ

މުއިއްޒު ވިދާޅުވީ ޕީޕީއެމް / ޕީއެންސީ އަދި އެ ދެ ޕާޓީއާއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކާއެކު އެ އަމާޒަށް ވާސިލުވެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ކުރީގެ މަޖިލީސްތަކާއި ހިލާފަށް ވިހިވަނަ މަޖިލީސް ވެގެންދާނީ ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ބަލައިގަންނަ މެންބަރުން ތިއްބަވާނެ އަދި ތައުލީމީ ގާބިލް ބޭފުޅުން ހިމެނިވަަޑައިގަންނަވާ މަޖިލީހަކަށް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. މީގެ އިތުރުން އާ މަޖިލީހުގައި އަންހެނުންގެ އަދަދު އިތުރުވުމަކީ އުންމީދެއް ކަަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނު އެންމެ ބޮޑަށް އެދިވަޑައިގަންނަވަނީ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެންބަރުންނަކީ އަންހެނުންނަށް ވުމެވެ. އަދި ޕީޕީއެމް/ޕީއެންސީ ތަމްސީލު ކުރާ މެންބަރުންގެ ތެރެއިން ތިންބައި ކުޅަ އެއްބައި މެންބަރުންނަކީ އަންހެނުންނަށް ވުމަށް އުންމީދު ކުރައްވާ ކަމަށެވެ. އެކަމަށް ވަރަށް ބޮޑަށް ހިތްވަރު ދެއްވާ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެގޮތުން ދެ ޕާޓީގެ މަޖިލީސް ޕްރައިމަރީ ގައި ވީހާވެސް ގިނަ އަަދަދެއްގެ އަންހެނުން ބައިވެރި ކުރުމަށް ހިތްވަރު ދީ އެހީތެރިވެ ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"ޕީޕީއެމް ޕީއެންސީގެ ފަރާތުން މަދުވެގެން ވަން ތާޑް -- ތިންބައި ކުޅަ އެއް ބަޔަކީ އަންހެނުންނަށްވާން، އަޅުގަނޑުގެ ފަރާތުން ތިއްބަވާ،" މުއިއްޒު ވިދާޅުވި އެވެ.

ވިހިވަނަ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމަށް މާޗް މަހު އިންތިހާބު ބާއްވާނެ އެވެ. މި ފަހަރު 93 ދާއިރާ އަކަށް މެންބަރުން އިންތިހާބު ކުރާނެ އެވެ.

ކޮމެންޓް

1
450
އިބްރާހިމް ފަޒީލް
6 months ago

ކިހާ ---. ވެރިކަން ދިނީމާ އެވަރުން ވެސް ނުފުދުނު. ދެން ބޭނުން ވާނެ ދުނިޔެ ވެސް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.