5.8 މިލިއަން ރުފިޔާގެ ޑުރަގު ހިފައިގެން އައި މީހަކު އަތުލައިފި

ދިވެހި ކަސްޓަމްސް އިން އަތުލައިގަތް އެ މީހާ އާއި އޭނާ ގެނައި ޑްރަގް ޕެކޭޖް މިހާރު ވަނީ ފުލުހުންގެ ހިދުމަތާ ހަވާލުކޮށްފަ އެވެ. -- އެ މީހާ ހައްޔަރު ކުރީ މި މަހުގެ 7 ވަނަ ދުވަހު އެވެ.

ޕާކިސްތާނުގެ އަންހެން މީހާ ރާއްޖެ އެތެރެ ކުރި މަސްތުވާތަކެތީގެ ޕެކޭޖް

ވައިގެ މަގުން ޕާކިސްތާނުން ރާއްޖެ އައި އަންހެނަކާއި އޭނާގެ ރާއްޖެ އެތެރެކުރި ހަތަރު ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ރާއްޖޭގެ ކަސްޓަމްސް އިން ބުނީ އެ މީހާގެ ފޮށިތަންމަތިން 4.70 ކިލޯގެ މަސްތުވާތަކެތި ފެނިގެން އެ ތަކެތީގެ ތަހުލީލެއް ކުރި އިރު އެއީ ޑްރަގެ ތެރޭގައި ހިމެނޭ ހެެރޮއިން އަށް ޕޮޒިޓްވެފައިވާ ކަމަށާއި އަތުލައިގަތް އެ މަސްތުވާތަކެތީގެ މަގުމަތީގެ އަގު 5،800،000ރ. ( 5.8 މިލިޔަން ރުފިޔާ) އަށް އަރާނެ ކަމަށެވެ. 

ދިވެހި ކަސްޓަމްސް އިން އަތުލައިގަތް އެ މީހާ އާއި އޭނާ ގެނައި ޑްރަގް ޕެކޭޖް މިހާރު ވަނީ ފުލުހުންގެ ހިދުމަތާ ހަވާލު ކޮށްފަ އެވެ. -- އެ މީހާ ހައްޔަރު ކުރީ މި މަހުގެ 7 ވަނަ ދުވަހު އެވެ. 

ކަސްޓަމްސް އިން ބުނީ ޕާކިސްތާނުގެ އުމުރުން 20 އަހަރުގެ އެ އަންހެންމީހާ ހިފެހެއްޓީ އޭނާ އައީ މަސްތުވާތަކެއްޗާއެކުގައި ކަމަށް ޝަކު ކުރެވުމުން ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.