ފަލަސްތީނުގެ މިނިވަން ކަމަށް އިންތިހާބީ ރައީސް ގޮވާލައްވައިފި

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއް ގައި ވަނީ ފަލަސްތީނުގެ ބިިންތަކަށް ގަވާއިދާ ހިލާފަށް ވެރިވެގަނެ އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފައެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު: އިޒްރޭލުގެ އުދުވާން ވަގުތުން ހުއްޓާލަން ގޮވާލެއްވި

ހައްދުފަހަނައަޅާފައިވާ ޔަހޫދީ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާތައް ހުއްޓާލުމަށް ގޮވާލެއްވުމާއެކު ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދުނިޔެއަށް ގޮވާލައްވައިފި އެވެ.

ހައްދެއް ނެތް ގޮތުގައި ޔަހޫދީން ހިންގަމުންދާ އަނިޔާވެރި އަމަލުތަކާއި ގުޅިގެން ފަލަސްތީނުގެ މުޖާހިދުން ވަނީ ރޮކެޓް ހަމަލާތައްދީ އިޒްރޭލް ސިއްސުވާލާފައެވެ. އެ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ބުނެ އިޒްރޭލުން ވަނީ ޣައްޒާއަށް ބޮން އަޅަން ފަށާފައެވެ. 

ފަލަސްތީނުގެ މައްޗަށް އިޒްރޭލުން ހިންގަމުންދާ އަނިޔާވެރިކަން މި ފަހަރު އިތުރުވާނެ ކަމަށް ބެލެވިފައި ވަނިކޮށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއް ގައި ވަނީ ފަލަސްތީނުގެ ބިިންތަކަށް ގަވާއިދާ ހިލާފަށް ވެރިވެގަނެ އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ އަތުން ގަދަ ކަމުން / ބައިނަލްއަގްވާމީ ގާނޫނުތަކާއި ވެސް ހިލާފަށް އަތުލައިގެންފައިވާ ބިންތައް އަލުން އަނބުރާ ދޭން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމުގައި ބަލައިގަނެ ހިފާ ފައިވާ ބިންތަކުން ނެރެލެވުނު އަދި މިހާރު ރެފިއުޖީންގެ ގޮތުގައި އެހެން ތަންތަނަށް ދިޔަ ރައްޔިތުންނަށް އަނބުރާ އައުމުގެ ހުއްދަ ދޭން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި 1976 ވަނަ އަހަރާ ހަމައަށް ފަލަސްތީނުގެ ބިމުގެ ގޮތުގައި އޮތް މިންވަރު އެ ގައުމަށް ލިބޭން ޖެހެއެވެ. އެހެން ކަމުން އެ ހިސާބަށް އިޒްރޭލް ފަހަތަށް ޖެހެން ގޮވާލެއްވި އެވެ.

އިންތިހާބީ ރައީސްގެ މި ޓްވީޓް ވަނީ ވަރަށް ބޮޑަށް ވައިރަލް ވެފައެވެ. ޓްވީޓް ކުރެއްވިތާ ބައިގަޑިއެއްހާ އިރުގެ ތެރޭގައި 2،700 ވުރެ ގިނަ މީހުން ވަނީ އެ ޓްވީޓަށް ލައިކް ކޮށްފައެވެ. އަދި 137،000 ވުރެ ގިނަ މީހުން އެ ޓްވީޓް ބަލާފައިވެއެވެ.

ފަލަސްތީނުން ރޮކެޓް ހަމަލާތަކެއް މިއަދު ހެނުނު ފޮނުވާލާފައި ވަނީ އިޒްރޭލުން ގާޒާ އޮންނަ ބޯޑަރުގައި ހަފްތާތަކެއް ވަންދެން ޖަރީމާތައް ހިންގައި ހިފާފައިވާ ހުޅަނގު އައްސޭރީގައި އެތައް ބަޔަކު މަރާފައި ވަނިކޮށެވެ. ފަލަސްތީނުގެ މުޖާހިދުންގެ ހަމަލާތަކުގައި އިޒްރޭލްގެ 40 މީހަކު ވަނީ މަރުވެފައެވެ. އަދި 100 ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވެފައިވެއެވެ.

ބަދަލު ހިފުމުގެ ގޮތުން ކަމަށް ބުނެ އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުގެ ކުށެއް ނެތް އެތައް ބަޔަކު މިހާރު ވަނީ ޝަހީދު ކޮށްލާފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިހާތަނަށް 198 މީހަކު ވަނީ މަރުވެފައެވެ. އަދި ހާހަކާ ގާތް ކުރާ އަދަދަކަށް މީހުން ވަނީ ޒަހަމްވެފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.