އަދާލަތުގެ ނިންމުންތައް ނިންމާނީ ރައްޔިތުންގެ މަސަލަހަތަށް: އިމްރާން

ތުރުކީގައި އަމިއްލަ ވިޔަފާރިއާއި ގެދޮރު ހުންނަ ކަމަށް ތުހުމަތު އޮންނަ އިމްރާން ފިއްލަވައިގެން ތުރުކީއަށް ބަދަލުވެ ވަޑައިގަންނަވަން އުޅުއްވާ ކަމަށް މިދިއަ ރިޔާސީ އިންތިހާބުގެ ތެރޭ އަޑުތައް ފެތުރުނެވެ. ނަމަވެސް އެކަން އޭނާ އޭރު ދޮގު ކުރެއެވެ.

އަދާލަތުގެ ރައީސް އިމްރާނާއި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރުން

ސަރުކާރުގައި އޮތަސް އަދި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތަސް އަދާލަތު ޕާޓީގެ ހުރިހާ ނިންމުންތައް ނިންމާނީ މަޝްވަރާގެ އިން ރައްޔިތުންގެ މަސްލަހަތުގައި ކަމަށް ކުޑަކުޑަ އެ ޕާޓީގެ ރައީސް ކަމުގައި ހުންނެވި ދަންނަ ބޭކަލެއް ކަމަށްވާ އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެކްސް މެދުވެރިކޮށް މި ވާހަކަ ހިމެނޭ ޕޯސްޓް ކުރެއްވި އިރު އެއީ ކޮން ކަމަކާ ގުޅުވައި އޭނާ ވިދާޅުވި ވާހަކަފުޅެއް ކަމެއް ސާފުކޮށް ދެއްވާފައެއް ނެތެވެ.

ހަމައެކެނި ވިދާޅުވެފައި ވަނީ މިހެނެވެ: 

"ސަރުކާރުގައި އޮތަސް އޮޕޮޒިޝަން ޕާޓީއެއްގެ ގޮތުގައި އޮތަސް އަދާލަތުގެ ހުރިހާ ނިންމުންތައް ނިންމާނީ މަޝްވަރާގެ މަތިވެރި އުސޫލުން ދީނާ، ގައުމާ އަދި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން." 

އިމްރާނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނިމޭން މިދާ ސަރުކާރުގެ ހޯމް މިނިސްޓަރެވެ. އިމްރާނާއި އަދާލަތަކީ އާންމުން ރައްޔިތުންގެ ތަރުހީބު ކުޑަ އެކަމަކު އާންމު ރައްޔިތުންގެ ފާޑު ކިޔުމާއި ނުރުހުން ބޮޑު ދެ ފަރާތެކެވެ. އަދި އިމްރާނަކީ އެންމެ ގިނައިން މީހުން ފާޑު ކިޔާ ސިޔާސީ ޓްވީޓް ކުރައްވާ ފަރާތަށް ވެފައި ވެއެވެ.

މިވަގުތު ތުރުކީއަށް ވަޑައިގެން ހުންނެވި ރާއްޖޭގެ ސިޔާސީ މަސްރަހުގައި މަގުބޫލުކަން ވަރަށް ކުޑަ އިމްރާން އެކްސް މެދުވެރިކޮށް އިއްޔެ ވެސް "ފާޑު ކިޔުންތަކާ ކުރިމަތި ނުލާ އިސްލާހީ މަސައްކަތް، ހާއްސަކޮށް ސިޔާސީ އިސްލާހީ މަސައްކަތް ކުރެވިދާނެ ކަމަށް ހީ ކުރުމަކީ ވަރަށް ބޮޑު ކުށް ހީ އެއް" ކަމަށް ވިދާޅުވެފައި ވެއެވެ. 

އެއާއެކު އާންމުންގެ ފާޑުކިޔުން އޭނާއަށް އަމާޒުވި އެވެ. އެއީ ފާޑުކިޔުމާ ކުރިމަތިލާން އޭނާ ވިދާޅުވި އެކްސްގައި އެހެން މީހުންގެ ފަރާތުން އޭނާއަށް ފާޑުކިޔައި ކޮމެންޓް ކުރަން އޮންނަ ފުރުސަތު ބަން ދުކޮށްފައިވާތީ އާއި އޭނާއަށް ފާޑު ކިޔާ މީހުން އެކްސްގައި ބްލޮކް ކުރާތީ އެވެ 

ސިޔާސީ ފާޑު ކިޔުމާ ބެހޭ ގޮތުން އިމްރާން ވާހަކަފުޅު ދެއްކެވި އިރު އޭނާއަކީ ބޮޑެތި ދޮގުތައް ހައްދަވައި އެހެން ސިޔާސީ ބޭފުޅުންގެ އިސްތަށިފުޅުގައި ބޮޑެތި އިލްޒާމްތައް އެެޅުވުމާއެކު ވަރަށް ބޮޑަށް ޒާތީވެ ވަޑައިގެން ފާޑު ވިދާޅުވާ ބޭފުޅެއްގެ ލޭބަލް އޮންނަ ދަންނަ ބޭކަލެކެވެ.

އަލަށް ރައީސުލްޖުމްހޫރިއްުޔާގެ މަގާމަށް އިންތިހާބު ވެވަޑައިގެންފައިވާ ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ބެހޭ ގޮތުން ގޮތުން ވެސް ތަފާތު ތުހުމަތުތައް ކުރައްވާ ޒާތީވެ ވަޑައިގެން އިމްރާން ވަނީ އެތައް ފަހަރަކު ފާޑު ވިދާޅުވެފަ އެވެ.

އިމްރާން ތުރުކީގައި ހުންނަވައި އެކްސްގައި ޕޯސްޓެއް ކުރެއްވި އިރު އެ ގައުމަށް އޭނާ ވަޑައިގަތީ ތުރުކީ ވިލާތުގެ ވެރިކަން ކުރާ އޭކޭ ޕާޓީގެ ދައުވަތަކާއެކު އެ ޕާޓީގެ ކޮންގްރެސްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށް އޭނާގެ ޕާޓީން ބުނެ އެވެ. އޭނާ އާއެކު ފިނޭންސް މިިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނަވާ އަދާލަތުގެ ނައިބު ރައީސް، އަހުމަދު ޝަރީފް ތުރުކީ ވިލާތަށް ވަޑައިގަތެވެ. -- އޭކޭ ޕާޓީގެ އޯޑިނަރީ ކޮންގްރެސްއެއް ފަށަނީ މިއަދު އެވެ. އެ ކޮންގްރެސްގައި އިމްރާން ބައިވެރިވެ ވަޑައިގަންނަވާ މިންވަރެއް ސާފެއް ނުވެއެވެ.

ތުރުކީގައި އަމިއްލަފުޅު ވިޔަފާރިއާއި ގެދޮރު ހުންނަ ކަމަށް ތުހުމަތު އޮންނަ އިމްރާން ފިއްލަވައިގެން ތުރުކީއަށް ބަދަލުވެ ވަޑައިގަންނަވަން އުޅުއްވާ ކަމަށް މިދިއަ ރިޔާސީ އިންތިހާބުގެ ތެރޭގައި އަޑުތައް ފެތުރުނެވެ. ނަމަވެސް އެކަން އޭނާ އޭރު ދޮގު ކުރެއްވި އެވެ.   

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.