ބައިޑަންގެ ކުއްތާ "ކޮމާންޑަރު" ވައިޓްހައުސް އިން ބޭރުކޮށްފި

ކޮމާންޑަރަކީ ވައިޓް ހައުސްގައި ބައިޑަން ގެންގުޅުއްވި ކުއްތާތަކުގެ ތެރެއިން ހަމަލާ ދޭން ފެށި ދެވަނަ ކުއްތާ އެވެ. ބައިޑަންގެ ކޮމާންޑަރަކީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރައީސަށް ހަދިޔާއަކަށް ލިބި ވަޑައިގެންނެވި ކުއްތާއެކެވެ.

ވައިޓް ހައުސްގެ މުވައްޒަފުންނާއި އެމެރިކާގެ ސީކްރެޓް ސާވިސްގެ އޮފިސަރުންނަށް ހަމަލާދީ ދަތް އެޅުމުގެ ހާދިސާތައް ގިނަ ވެގެން ރައީސް ޖޯ ބައިޑަންގެ ކުއްތާ، "ކޮމާންޑަރު" ވައިޓް ހައުސް އިން ބޭރު ކޮށްފި އެވެ.

އެމެރިކާގެ ފަސްޓް ލޭޑީ ޖިލް ބައިޑަންގެ ފަރާތްޕުޅުން ކޮމިއުނިކޭޝަންސް ޑިރެކްޓަރު އެލިޒަބަތު އެލެގްޒެންޑާ ބުދަ ދުވަހު މިކަން އިއުލާން ކުރައްވަމުން ވިދާޅުވީ ވައިޓް ހައުސްގެ މުވައްޒަފުންނާއި އެމީހުނަށް ރައްކާތެރި ކަމުގައި ދެމިތިބޭ ސެކިއުރިޓީ މުވައްޒަފުންގެ ސަލާމަތާމެދު ރައީސް ބައިޑައިން އާއި އެ މަނިކުފާނުގެ އަނބިކަނބަލުން އަބަދުވެސް ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

"އެކަންކަން މައްޗަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިވެލުއޭޓް ކުރަމުންދާއިރު 'ކޮމާންޑަރު' މިވަގުތު ވައިޓް ހައުސް ކެމްޕަހުގައެއް ނެތް،" އެލެގްޒެންޑާ ނެރުއްވެވި ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.  

އުމުރުން ދެ އަހަރުގެ އެ ކުއްތާ ވައިޓްހައުސްން އިން ނެރެ ފޮނުވާލީ ކޮންތާކަށް ކަމެއް އަދި އެޅި އެ ފިޔަވަޅަކީ ދާއިމީ ފިޔަވަޅަކީ ކަމެއް ކަމެއް ވެސް އެލެގްޒެންޑާ ވިދާޅެއް ނުވެއެވެ. ބައިޑަންގެ ކުއްތާ "ކޮމާންޑަރު" އެންމެ ފަހުން ފެނިފައިވަނީ މިދިއަ ހޮނިހިރު ދުވަހު ވައިޓް ހައުސްގައި ހުންނަ ރައީސްގެ އަމިއްލަފުޅު ކުއާޓަރުގެ މަތީބައިގެ ބެލްކަންޏަކުންނެވެ. 

ކޮމާންޑަރު ބޭރު ކޮށްލިކަން އިއުލާން ކުރީ ވައިޓް ހައުސްގެ މުވައްޒަފެއްގެ ގައިގައި ކުއްތާ ދަތްއެޅި ކަމަށް ބުނާ ވާހަކައާ ބެހޭ ގޮތުން ވައިޓް ހައުސްގެ މީޑިއާ ބްރީފިންގައި ޕްރެސް ސެކްރެޓަރީ ކަރީން ޖީން ޕިއެރޭއާ ސުވާލު ކުރި ފަހުންނެވެ. 

ސީކްރެޓް ސާވިސްގެ 11 އެޖެންޓެއްގެ ގައިގައި ރައީސްގެ "ކޮމާންޑަރު" ކުއްތާ ދަތް އަޅައި ވަކި އަޅާފައިވާއިރު ވައިޓް ހައުސްގެ އެހެން މަސައްކަތްތެރިންނަށް ވެސް ހަމަލާދީ ދަތްއަޅާފައި ވެއެވެ. އަދި އެފަދަ އެއް ހާދިސާގައި އަނިޔާވި ގާނޫނު ތަންފީޒު ކުރާ އޮފިސަރަކު ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށް ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގެ ރެކޯޑްތަކުން ދައްކަ އެވެ.

މިދިއަ ސެޕްޓެމްބަރު 25 ވަނަ ދުވަހު ޔުނީފޯމްގައި ހުރި ސީކްރެޓް ސާވިސް އޮފިސަރެއްގެ ގައިގައި ކުއްތާ ދަތް އެޅުމުގެ ހާދިސާއަކަށް ފަހު، އެލެގްޒެންޑާ ވިދާޅުވެފައި ވަނީ "ވައިޓް ހައުސް އަކީ އާއިލީ ޖަނަވާރުތަކަށް ސްޓްރެސް ބޮޑު މާހައުލަކަށް ވެދާނެ" ކަމަށެވެ. 

"ކޮމާންޑަރަ" ކީ ވައިޓް ހައުސްގައި ބައިޑަން ގެންގުޅުއްވި ކުއްތާތަކުގެ ތެރެއިން ހަމަލާ ދޭން ފެށި ދެވަނަ ކުއްތާ އެވެ. ބައިޑަންގެ "ކޮމާންޑަރަ"ކީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރައީސަށް ހަދިޔާއަކަށް ލިބި ވަޑައިގެންނެވި ކުއްތާއެކެވެ.

ކޮމެންޓް

1
450
ފިއުނާ
7 months ago

ތިވަރު ވީމަ ހަމަ ބޭރު ކޮށްވީ. ތަންކޮޅެއް ބޮޑުވަރު ދޯ . ކޮމާންޑަރ ކިޔާތީ ކަންނޭގެ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.