"ގައުމީ ވާޖިބަށް އިންސާނީ ވަސީލަތް ތަރައްގީ ކުރަނީ ޓީޗަރުން"

ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ ތަރައްގީގެ މިސްރާބު މިހާރު ހުރީ ޒަމާނީ ޓެކްނޮލޮޖީ އާއި އީޖާދީ އުފެއްދުންތެރިކަމުގެ މުޅިން އާ މަންޒިލަކަށް ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ގައުމީ ވާޖިބުތައް އަދާ ކުރަން ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާ ކުރާ ބަޔަކީ ޓީޗަރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅު ވެއްޖެ އެވެ، 

ބައިނަލްއަގުވާމީ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު މިއަދު ވަނީ ހިތޯބެއް އާންމު ކުރައްވަފަ އެވެ.

ރައީސް ވިދާޅުވީ ގައުމީ ވާޖިބުތައް އަދާ ކުރަން ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ޓީޗަރުންކަން ޔަގީން ކަމަށެވެ. 

"... ސަރުކާރުގެ ސްކޫލްތަކުގައި ކަމަށް ވިޔަސް، ނުވަތަ އަމިއްލަ ސްކޫލްތަކުގައި ކަމަށް ވިޔަސް، ކޮންމެ ޓީޗަރަކުމެ އެ އަދާ ކުރައްވަނީ ގައުމީ ހިދުމަތުގެ ވަރަށް މުހިންމު ދައުރެކެވެ. އެހެން ކަމުން، ކޮންމެ މަރުހަލާއެއްގެ ކޮންމެ ޓީޗަރެއްގެ، އަދި ޓީޗަރުން ތަމްރީން ކުރެއްވުމުގެ ބުރަ އުފުއްލަވާ ކޮންމެ ބޭފުޅެއްގެ ހިދުމަތުގެ އަގު ވަޒަންކޮށް، އެ ބޭފުޅުންނަށް ޝުކުރާއި ތައުރީފު އަރިސް ކުރަން،" ރައީސް ވިދާޅުވެފައި ވެއެވެ. 

ޓީޗަރުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް، ޓީޗަރުން އަދާ ކުރާ ޒިންމާތަކާއި ވާޖިބުތަކާ މެދު އާންމު ރައްޔިތުން ހޭލުންތެރި ކުރަން ކުރެވޭ މަސައްކަތްތައް އިތުރުވެފައިވާ ކަމަށާއި ގައުމުގެ މަސްއޫލިއްޔަތުތައް އަދާ ކުރާނެ ޒިންމާދާރު ޖީލެއް ބިނާ ވެގެން އަންނަނީ، ޓީޗަރުންގެ އަތްމަތިން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

އަދި ވިދާޅުވީ ހެޔޮ ލަފާ ޒުވާނުންތަކެއް މުޖްތަމައިގައި އުފެދިގެން އަންނަނީ، ޓީޗަރުންގެ ފުރިހަމަ ތަރުބިއްޔަތާއެކު ކަމަށާއި ގައުމު ތަރައްގީ ކޮށްދޭނެ އުފެއްދުންތެރި އީޖާދީ ހުނަރުވެރިންތަކެއް ތައްޔާރު ކުރެވެނީ ވެސް، ޓީޗަރުންގެ މިންނެތް މަސައްކަތުން ކަމަށެވެ. 

ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ ތަރައްގީގެ މިސްރާބު މިހާރު ހުރީ ޒަމާނީ ޓެކްނޮލޮޖީ އާއި އީޖާދީ އުފެއްދުންތެރިކަމުގެ މުޅިން އާ މަންޒިލަކަށް ކަމަށާއި ދުނިޔެއަށް އަންނަ އިގްތިސޯދީ ކުރިއެރުމާއި އިޖްތިމާއީ ބަދަލުތަކާ އެއް ހަމައެއްގައި ރާއްޖޭގެ ތަރައްގީގެ ދުވެލި ދެމެހެއްޓުމަށް، ރާއްޖޭގެ ތަޢުލީމީ މުއައްސަސާތަކުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. އަދި ދިވެހިންގެ ދީނީ އަގީދާ އާއި ދިވެހިންގެ ސަގާފީ އަދި އަދަބީ ތަރިކައިގެ މުއްސަނދިކަމަށް ރިއާޔަތްކޮށް، ދަރިންނަށް ހަރުދަނާ ތަރުބިއްޔަތެއް ދިނުމަށްވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.

"ރަނގަޅު ތަޢުލީމީ ޖީލެއް ބިނާ ކުރެވޭނީ، ތައުލީމީ ގޮތުން ފެންވަރު ރަނގަޅު ޓީޗަރުންތަކެއް އުފެއްދިގެންކަން ކަށަވަރެވެ. އެހެންކަމުން، ތަޢުލީމާއި ތަރުބިއްޔަތުގެ ދާއިރާގެ ތެރެއަށް މެހެމުން އަންނަ ޒަމާނީ ވިސްނުންތަކާއި ޓެކްނޮލޮޖީގެ ލުއި ފަސޭހަތަކަށް ޓީޗަރުން އަހުލުވެރިކުރުމަކީ، ގައުމީ ތަރައްގީއަށްޓަކައި މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ އެއް ކަންތަކެވެ." ރައީސް ވިދާޅުވެފައި ވެއެވެ. 

ކޮމެންޓް

2
450
ޒޫނާ މިސް
6 months ago

ޓިޗަރުން އެކުރާ ބުރަ މަސަކަތް ބަލައިނުގަނޭ ހަގީގީ މާނައަކު. އިތުރު ގަޑީ ލާރި ދޭ އުސޫލާ ހޮނިހިރު ދުވަހު މަސައްކަތް ކުރީމަ އޮންނަ އެޓެންޑެންސް އެލަވަންސް އޮންނަ ގޮތަކީ ޖެއްސުމެއްހެން ހީވަނީ. އެހުރިހާ ކަމަކުން އަސަރު ކުރަނީ ކުދިންނަށް. މިއަދަކީ ކިޔަވާ ދުވަހެއް. އެކަމަކު އެއްވެސް ސްކޫލެއްގަ ކިޔަވައި ނުދޭ؟ ޓިޗާސްޑޭ ފާހަގަ ކުރީ. ކީއްވެ. އެކަމަށް ބަނދު ދުވަހަކު ކުރިޔަސް އިތުރު ގަޑި ލާރި ލިބެން އޮންނަ އުސޫލުގެ ސަބަބުން. ގެއްލުން ވަނީ ކުދިޮން ނަށް

ޔޫލީ މޮމް
6 months ago

ތީ އަސްލު ތެދެއް. މިހާރުު ހުރިހާ އިތުރު ހަރަކާތެއް ވެސް ކިޔަވާ ދުވަހު ކިޔަވާ ގަޑިތަކުގަ . އެ ހެޔޮ ސްކޫލު އެނިވާސަރީ ވިޔަސް. އެހެންކަމަށް ވާނަމަ ސިލަބަސް ނުނިމޭނެ. ދެރަކަމެއް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.