އެންމެ އުފާވަނީ މި ސަރުކާރު ބަލިވީމަ، ރާއްޖެ މުޅީން ހަލާކުކޮށްފި: ޔާމީން

"ހާދަ ބޮޑަށް ދިވެހިރާއްޖެ ހަލާކުކޮށްލައިފިޔޭ. ހާދަ ބޮޑަށް އެކި ގޮތްގޮތުން ރާއްޖެ ހަލާކުކޮށްލައިފިޔޭ،" މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ޔާމީން ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެކޮޅުގެ ކުޑަދޮރަކުން އެ މަނިކުފާނުގެ ސަޕޯޓަރުންނައް ހަނާ އަޅުއްވަނީ -- މި

މި ސަރުކާރުން މުޅި ރާއްޖެ "ހަލާކު" ކޮށްލާފައިވާ ކަމަށާ މި ސަރުކާރު ބަދަލުވުމަކީ ލިބިވަޑައިގެންނެވި އެންމެ ބޮޑު އުފާފުޅު ކަމަށް އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްލްގައްޔޫމް ރޭ ވިދާޅު ވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލޭގެ ސަޕޯޓަރުންގެ ފަރާތުން ރޭ އެރުވި ފަރިއްކޮޅާއި ގުޅިގެން ސަޕޯޓަރުންނާއި ވާހަކަ ދައްކަވަމުންނެވެ. ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން ހުންނަވާ ސަޕޯޓަރުންނާއި ވާހަކަަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރާއި އިންޑިއާ ސަރުކާރުން ހީކޮށްގެން ތިބީ އެމަނިކުފާނަށް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތް ހެދުމުން އެއްބުރުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ. ނަަމަވެސް މާތްﷲގެ ތަދުބީރުގެ ރޭއްވެވުންތެރިކަން މާ މޮޅުކަން މި ސަރުކާރާއި ސަރުކާރު ގައި ތިބި އިލްމުވެރީންނަށް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އަދި ވިދާޅުވީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު އުފާފުޅަކީ މި ސަރުކާރު ބަދަލުވެގެން ދިއުން ކަމަށެވެ. އެއީ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމެއް ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ. އަދި އެއީ ބާކީ އޮތް ހުރިހާ ދުވަހަށް ޝުކުރުވެރި ވިޔަސް ޝުކުރުވެރި ނުވެވޭނެ ވަރުގެ ބޮޑު ނިއުމަތެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ހާދަ ބޮޑަށް ދިވެހިރާއްޖެ ހަލާކު ކޮށްލައިފިޔޭ. ހާދަ ބޮޑަށް އެކި ގޮތްގޮތުން ރާއްޖެ ހަލާކު ކޮށްލައިފިޔޭ،" މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި ގަސްތުގައި ސަރުކާރުން އެމަނިކުފާގެ އިސްތިއުނާފު ލަސް ކުރީ އެވެ. އަދި ރާވައިގެން އެމަނިކުފާނުގެ އިންތިހާބީ ހައްގު ނިގުޅައިގަތީ އެވެ. މީގެ ކުރީން ފާރިސް މައުމޫނާއި މައުމޫން އަބްދުލްގައްޔޫމާއި ގާސިމް އިބްރާހިމަށް ވެސް ކަފާލާތު ލިބިވަޑައިގެން ކަމަށާ ނަމަވެސް ރައީސް ޔާމީނާއި ޖެހުމުން އެ ހައްގު ވެސް ލިބިވަޑައިނުގެން ކަމަށް ވިދާޅުވި އެވެ. އަދި އިސްތިއުނާފް ނުނިމޭތީ އިންތިހާބުތަކުގައި ވާދަ ކުރުމުގެ ފުރުސަތު ކުރީން ދިނުމަށް ފަހު އެ އުސޫލު ވެސް އެމަނިކުފާނާއި ޖެހުމުން ބަދަލު ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ މި ފަހަރުގެ އިންތިހާބާ ދިމާކޮށް ސުޕްރީމް ކޯޓުން އެމަނިކުފާނާއި ދެކޮޅަށް ނިންމި ނިންމުމަކީ އެ ކޯޓުން ގާއިމުކުރި ވަރަށް ނުރައްކާތެރި އުސޫލެއް ކަމަށް ވިދާޅުވެފަ އެވެ.

"މިހާރު ދިވެހިރާއްޖޭގައި މިއޮތީ ވަަރަށް ނުރައްކާތެރި ޕްރެސިޓެންޑެއް ސުޕްރީމް ކޯޓުން ގާއިމު ކޮށްފައި. ވެރިއަކަށް ހުންނަ މީހަކު، ދެން ވާދަކުރާ މީހާ ކޮންމެ ވެސް ގޮތަކުން ދަށުކޯޓުން އެެމީހާގެ މައްޗަށް ހުކުމެއް އަންނަންވީ. ދެނެއް ނެތް އޭނާއަށް ކުރިމަތިލެވޭނެ ގޮތެއް، ވެރިހަމަ އެމީހަކު ކުށެއް ކުރިޔަސް ނުކުރިޔަސް. ހަމަ ދަށު ކޯޓުން ހުކުމެއް އަންނަންވީ އޭނާއަށް އިސްތިއުނާފުގެ މުއްދަތު ހަނިވާ ގޮތަށް،"

ކޮމެންޓް

2
450
ސަލީމް
6 months ago

އެހެންތަ! ވާހަކަ މިދައްކަނީ ރާއްޖެ ވަކި މޮޅުވަރެއް ކޮންދިން ވެރިއެއްތޯ! ކަމެން ވެގެންނޫތޯ ޖަލުގައި މިހާދުވަސްވަންދެން ތިހުންނެވީ

ރިލޭ
6 months ago

ޔާމިން ވެސް ކަންތައް ކުރި ގޮތަށް އިބޫ ވެސް އެކުރީ އެހެން ވީމަ ނެތް ކިޔޭނެ އެއްޗެއް. ވަޓް ގޯޒް އެރައުންޑު ކަމްސް ރައުންޑު

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.