ޕާކިސްތާނުގައި ހިމާޔަތް ހޯދައިގެން ތިބި އަފްޣާނުގެ 1.7 މިލިއަން މީހުން ބޭރުވާން އަންގައިފި

ޕާކިސްތާނުގައި "ޣައިރު ގާނޫނީ" އަފްޣާނިސްތާނުގެ އަމިއްލަ ވިޔަފާރިތަކާއި މުދާތައް ދެނެގަނެ އަތުލުމުގެ މަގުސަދުގައި ޓާސްކްފޯހެއް ވެސް ވަނީ އިއުލާންކޮށްފަ އެވެ.

ޕާކިސްތާނަށް އެތެރެވެ އަމިއްލައަށް އަރުވާލެވި ހިމާޔާތް ހޯދައިގެން ތިބި އަފްޣާނިސްތާނުގެ ހުރިހާ މީހުން - ގާތްގަނޑަކަށް 1.7 މިލިއަން މީހުން - އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް އެ ގައުމުން ފުރައިގެން ދިއުމަށް އަމުރެއް ކޮށްފި އެވެ،    

މި އަމުރު ނެރުނު އިރު ދެ ގައުމުގެ ބޯޑަރުގައި ހަނގުރާމަވެރިންގެ ހަމަލާތަކާއި ހަމަނެޖެހުންތައް މިއަހަރު އިތުރުވެފައި ވެއެވެ. ޕާކިސްތާނުން ވަނީ ބޯޑަރު ހުރަސްކޮށް އަންނަ ހަމަލާތަކުގެ ޒިންމާ އަފްޣާނިސްތާނުން ހިންގުމުގައި ތިބި ފަރާތްތަކުގެ ބޮލުގައި އަޅުވާފަ އެވެ. އެކަމަކު އެއީ ތާލިބާނުންގެ ވެރިކަމުން ދޮގު ކުރާ ދައުވާތަކެކެވެ.

ހަމަލާތަކުގެ ސަބަބުން އިސްލާމްއާބާދުގައި ނުރުހުން އުފެދިފައިވާއިރު، އެ ގައުމުން ވަނީ ގަވާއިދާ ހިލާފަށް ހިޖުރަކުރާ މީހުނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އަންގާރަ ދުވަހު ވަނީ އިއުލާން ކޮށްފަ އެވެ.

މިދިޔަ ހަފްތާގައި އަފްޣާނިސްތާނުގެ ބޯޑަރު ކައިރީގައި އޮންނަ މަސްތޫންގް ސިޓީގެ މިސްކިތެއްގައި އޮތް ދީނީ އުފާ ފާޅު ކުރުމުގެ ތެރެއިން ގޮވުމެއް ގޮއްވާލައި 50 މީހުން މަރާލާފައި ވެއެވެ. ޕާކިސްތާނުގެ ބޯޑަރު ކައިރީގައި އޮންނަ ބަލޫޗިސްތާން ޕްރޮވިންސަކީ ޓެހްރިކް-އީ ތާލިބާން ޕާކިސްތާން (ޓީޓީޕީ) ނުވަތަ ޕާކިސްތާނުގެ ތާލިބާނުންނާއި އިސްލާމިކް ސްޓޭޓް ހަނގުރާމަވެރި ޖަމާއަތް ހިމެނޭ ގޮތަށް ހަތިޔާރު އެޅި ހަނގުރާމަވެރިން ގިނައިން ހަމަލާދޭ ސަރަހައްދެކެވެ.

ޕާކިސްތާނަށް ވަނީ ލައްކައެއްހާ އަފްޣާން ރެފިއުޖީން ވަދެފަ އެވެ. ހާއްސަކޮށް 2021 ވަނަ އަހަރު އަފްޣާނިސްތާނުގެ ވެރިކަމަށް ތާލިބާނުން އެނބުރި އައި ފަހުންނެވެ. ގާތްގަނޑަކަށް 1.3 މިލިއަން އަފްޣާން މީހުން ރެފިއުޖީންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާއިރު 880،000 މީހުނަށް ދެމިތިބުމުގެ ގާނޫނީ ހައިސިއްޔަތު ލިބިފައި ވެއެވެ. ބޭރު ގައުމެއްގައި ހިމާޔަތް ހޯދުމުގެ ހައްގު ބައިނަލްއަގުވާމީ ގާނޫނުތަކުގައި ބަޔާން ކޮށްފައި ވެއެވެ.

އެކަމަކު 1.7 މިލިއަން މީހުން އެގައުމުގައި ތިބީ ގަވާއިދާ ހިލާފަށް ކަމަށް ޕާކިސްތާނުގެ ދާހިލީ ވަޒީރު ސަރްފްރާޒް ބުގްޓީ ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މީހުން ނޮވެމްބަރު މަހުގެ ނިޔަލަށް ފުރަން ޖެހޭނެ އެވެ. އެއީ ހިލޭސާބަހަށް ވިޔަސް ނުވަތަ މަޖުބޫރު ކޮށްގެން ޑިޕޯޓް ކުރުމުން ވިޔަސް ވަރިހަމަ އެވެ. 

"އެމީހުން ނުދާނަމަ... ދެން ސަރުކާރުގެ ހުރިހާ ގާނޫނު ތަންފީޒުކުރާ އިދާރާތަކެއް ބޭނުން ކޮށްގެން އެމީހުން ޑިޕޯޓް ކުރާނެ،" ދައުލަތުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބުގްޓީ ވިދާޅުވި އެވެ. ނަމަވެސް އެފަދަ އޮޕަރޭޝަނެއް ކުރިއަށް ގެންދާނެ ގޮތުގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ޕާކިސްތާނުގައި ޣައިރު ގާނޫނީ، އަފްޣާނިސްތާނުގެ އަމިއްލަ ވިޔަފާރިތަކާއި މުދާތައް ދެނެގަނެ އަތުލުމުގެ މަގުސަދުގައި ޓާސްކްފޯހެއް ވެސް ވަނީ އިއުލާން ކޮށްފަ އެވެ. 

އެކަމާ ގުޅިގެން ޕާކިސްތާނުގައި ތިބި އަފްޣާނިސްތާނުގެ އޮފިޝަލުން ވިދާޅުވީ ޕާކިސްތާނުގެ އޮތޯރިޓީތަކުން މިހާރު ވެސް އަފްޣާން މީހުން ވަށާލަން ފަށާފައިވާ ކަމަށެވެ. ފާއިތުވި ދެ ހަފްތާގެ ތެރޭގައި އަފްޣާނިސްތާނުގެ 1،000 އަށް ވުރެ ގިނަ މީހުން ބަންދު ކޮށްފައިވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.