އަދާލަތު ވެސް ނިންމީ ބަރުލަމާނީއާ ދެކޮޅު ވާން

ހޯމް މިނިސްޓަރު އިމްރާންގެ އަދާލަތަކީ ކުޑަ ޕާޓީއަކަށް ވިޔަސް މިދިއަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި އިމްރާން ވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ވެރިކަމުގެ ނިޒާމެއްގެ ގޮތުގައި ހިންގައި އުޅޭ ބަރުލަމާނީ ނިޒާމް ރާއްޖޭގައި ހިންގާ ތާއީދު ނުކުރަން ރާއްޖޭގެ އެންމެ ކުދި ޕާޓީތަކުގެ ތެރޭގައި އޮންނަ އަދާލަތު ޕާޓީން ވެސް ނިންމައިފި އެވެ. 

އެކްސް މެދުވެރިކޮށް އަދާލަތުން ބުނީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރަން އެ ޕާޓީގައި އޮންނަ މަޝްވަރާ މަޖިލީހަކުން އިއްތިފާގު ވެފައިވާ ކަމަށެވެ. 

އާންމުންގެ މާ ބޮޑު ސަޕޯޓެއް ނޯންނަ އެކަމަކު އާންމުންގެ ބޮޑު ފާޑުކިއުމެއް އޮންނަ، ކުޑަކުޑަ އަދާލަތަކީ މިހާރު ވެރިކަމުގައި އޮތް އެމްޑީޕީގެ ކޯލިޝަން ޕާޓްނަރެކެވެ. އެމްޑީޕީ ގައުމީ މަޖިލީހުގައި ރޭ ވަނީ ރާއްޖޭގައި ބަރުލަމާނީ ނިޒާމު ހިންގާން ނޫނެކޭ ބުނެ ފާސްކޮށްފަ އެވެ. 

ވަރަށް ބޮޑު ފާޑު ކިޔުންތައް އޮންނަ އިމްރާން އަބްދުﷲ ރައީސްކަން ކުރައްވާ އަދާލަތުގެ އެ ނިންމުން އައީ އެމްޑީޕީގެ ނިންމުމާ އެއާއެކުއެކީ އެވެ. 

ދީނީ ޝޭހެއްގެ ގޮތުގައި ވެސް ހުންނަވާ ރާއްޖޭގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އަދާލަތަކީ ކުޑަ ޕާޓީއަކަށް ވިޔަސް މިދިއަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި އިމްރާން ވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވަރަށް ގިނައިން ޒާތީވެ ވަޑައިގެންފަ އެވެ. ނަމަވެސް އެ މަނިކުފާނު ވެރިކަމަށް ހޮވި ވަޑައިގަތް ފަހުން ވެރިކަމުގައި އެ މަނިކުފާނު ކަން ކުރައްވަންވީ ގޮތްތައް ކަމަށް ވިދާޅުވެ އެކްސްގައި ޝޭހު ލަފާތައް އަރުވަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.