މިވަގުތަށް ނިޒާމީ ވޯޓްގެ ވިސްނުން ދޫކޮށްލައި، ޑިމޮކްރެޓުން އެދުނީ މުއިއްޒު ރައީސްކަން ކުރައްވަން

ނިޒާމީ ވޯޓްގެ މައްސަލަ މަޑު ޖައްސާލަން ނަޝީދުގެ ޑިމޮކްރެޓްސް އިން ނިންމާފައި ވާއިރު، މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން ރޭ ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރަން ނިންމާފަ އެވެ.

ޑިމޮކްރެޓްސްގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާއި ރައީސް މުހައްމަދު ނަޝީދު: ނިޒާމީ ވޯޓް ނެގުން ފަސްކޮށްލަން ވަނީ ނިންމާފައި

ދަ ޑިމޮކްރެޓްސް އިން ބޭނުން ވަނީ ނިޒާމީ ވޯޓްގެ މައްސަލަ މިވަގުތަށް ދޫކޮށްލުމަށް ފަހު، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ކުރެއްވުމުގެ ފުރުސަތު އަރުވަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅު ވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ފާހަގަ ކުރެއްވީ އިއްޔެ މުއިއްޒާ ބައްދަލުކުރެއްވި ކަމެވެ. އެ ބައްދަލު ކުރެއްވުމުގައި، މިވަގުތު ނިޒާމީ ވޯޓެއް ނަގަން މަސައްކަތް ކުރައްވަމުންދާ ކަމަށާއި ނަމަވެސް މިހާރު އެ ވޯޓް ނުނަގައި މުއިއްޒުގެ ސަރުކާރުކާރުގައި ވެސް ރިޔާސީ ނިޒާމުގައި އޮތް އޮތުން ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށް ދަންނަވާފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ރަނގަޅު ވަގުތުގައި ފަހުން ފެންނަ ނުފެންނަ ވޯޓެއް ނެގިދާނެ ކަމަށް މުއިއްޒަށް ދަންނަވާފައިވާ ކަމަށެވެ. މުއިއްޒުގެ ހިޔާލުފުޅު ވެސް އޮތީ މިވަގުތު އެ މަސައްކަތް ނުކުރި ނަމަވެސް ފަހުން އެއީ ކުރެވޭނެ މަސައްކަތެއްގެ ގޮތުގައި ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގަ ވަރަށް ހިތްހަމަޖެހޭ ޖަވާބެއް ދެއްވީ، އެއީ މި ގަޑީގަ އެ މަސައްކަތް ނުކުރި ނަމަވެސް އެ ބޭފުޅާ ވެސް ދެކިވަޑައިގަންނަވާ ގޮތުގައި މި މަސައްކަތް އެއީ ފަހުން ކުރެވެން އޮތް މަސައްކަތެއްގެ ގޮތުގައި،" މުއިއްޒާ ހަވާލާދެއްވައި ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނު އެދި ވަޑައިގަންނަވަނީ މުއިއްޒަށް ރީތިކޮށް ވެރިކަން ކުރެއްވުމުގެ ފުރުސަތު ލިބިދިނުމަށެވެ. އެ ފުރުސަތު ދިނުމުގެ ގޮތުން ފެންނަ ނުފެންނަ ވޯޓުގެ މަސައްކަތް މިވަގުތަށް މަޑުޖައްސާލާ ކަމަށް ވެސް ނަޝީދު އިއުލާނު ކުރެއްވި އެވެ.

"އަޅުގަނޑު އިއްޒަތްތެރި މެމްބަރުންނަށް ދަންނަވާލަން އޮތީ ޑރ. މުއިއްޒަށް ރީތިކޮށް ކުރުމުގެ ފުރުސަތު އަޅުގަނޑުމެން އެންމެންވެސް ފަހި ކޮށްދިނުމުގެ ގޮތުންނާއެކުގަ އެ ބޭފުޅާއަށް މި ޖާގަ އެރުވުން. ފެންނަ ނުފެންނަ ވޯޓްގެ މަސައްކަތް މިވަގުތަށް މަޑު ޖައްސާލާފައި ބޭއްވުން،" ނަޝީދު ވިދާޅުވި އެވެ.

ނިޒާމީ ވޯޓްގެ މައްސަލަ މަޑު ޖައްސާލަން ނަޝީދުގެ ޑިމޮކްރެޓްސް އިން ނިންމާފައި ވާއިރު، މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން ރޭ ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރަން ނިންމާފަ އެވެ. އިންތިހާބީ ރައީސް މުއިއްޒުގެ ވިސްނުންފުޅު ވެސް ހުންނެވީ ބަރުލަމާނީ ނިޒާމާ ދެކޮޅަށެވެ.

ކޮމެންޓް

1
450
ޒޫނާ
6 months ago

އެބަ ރަނގަޅުވޭ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.