ވަހީދާ ނަޝީދާ ތަފާތެއް ނެތް، އެމްޑީޕީއަށް ދިނީ ގެއްލުން: ފަލާހް

"އަޅުގަނޑު ހީކުރީ 2012 ވަނަ އަހަރުގައި އަޅުގަނޑުމެންގެ ޕާޓީއަށް އެންމެ ބޮޑު ގެއްލުން ދިން މީހަކީ [ރައީސް] ވަހީދު ކަމަށް. އަޅުގަނޑަށް މިއަދު އިހުސާސްވޭ ވަހީދާއި ކެނެރީގޭ މުހައްމަދު ނަޝީދާއި ނެތްކަން ތަފާތެއް،"

އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މުހައްމަދު ވަހީދުއާ އެއްވެސް ތަފާތެއް ނެތް ކަަމަށާ އެއީ އެމްޑީޕީއަށް އެންމެ ބޮޑު ގެއްލުން ދިން ދެ ބޭފުޅުންނަކީ އެއީ ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް ވިދާޅުވެއްޖެ އެވެ.

ފަލާހް، މިހެން ވިދާޅުވީ މިރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުންނެެވެ. ފަލާހު ވިދާޅުވީ އެމްޑީޕީ އަށް އެންމެ ބޮޑު ގެއްލުމެއް ދިނީ ރައީސް ވަހީދު ކަމަށް ހީކުރެއްވި ކަމަށެވެ. 2012 ވަނަ އަހަރު އެމްޑީޕީ ވެރިކަން ބަދަލު ކުރީ ރައީސް ވަހީދު ކަމަށާ ނަމަވެސް މިއަދު ނަޝީދު ހުންނެވީ ވަހީދާ އެއް ހަމައެއްގަ ކަމަށެވެ.

"އަޅުގަނޑު ހީކުރީ 2012 ވަނަ އަހަރުގައި އަޅުގަނޑުމެންގެ ޕާޓީއަށް އެންމެ ބޮޑު ގެއްލުން ދިން މީހަކީ [ރައީސް] ވަހީދު ކަމަށް. އަޅުގަނޑަށް މިއަދު އިހުސާސްވޭ ވަހީދާއި ކެނެރީގޭ މުހައްމަދު ނަޝީދާއި ނެތްކަން ތަފާތެއް،"

ފަލާހު ވަނީ މިއަދު އެމްޑީޕީން ހަރުއަޑުން ރައީސް ނަޝީދަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އަޑަށް ބާރުލާފައި ބުނަން ޖެހޭ ކެނެރީގޭ މުހައްމަދު ނަޝީދަށް ނޫން ގޮތެކޭ. އަޅުގަނޑުމެން އެހެން ބުނަން ޖެހޭ،" ފަލާހް ވިދާޅުވި އެވެ.

ކޮމެންޓް

1
450
ފަޒީ
6 months ago

ތީ ވަރަށްބޮޑު ތެދެއް.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.