މުޅި އެމްޑީޕީ އެކަށް ބަރުލަމާނީއާ ދެކޮޅަށް ތެދުވާން ފާސްކޮށްފި

މެންބަރުންގެ ބަހުސަށް ފަހު ރާއްޖޭގައި ނިޒާމީ ވޯޓެއް ނަގާނަމަ ބަރުލަމާނީއާ ދެކޮޅަށް އެމްޑީޕީން މަސައްކަތް ކުރަން ގައުމީ މަޖިލީހަށް ހުށައެޅި ގަރާރު، ބައްދަލްވުމުގައި ތިއްބެވި 90 މެންބަރުންގެ ވޯޓުން ވަނީ އެގޮތަށް ފާސް ކޮށްފަ އެވެ.

އެމްޑީޕީގެ އެންމެ އިސް ލީޑަރު / ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭގެ ގައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ

ރާއްޖޭގައި ނިޒާމީ ވޯޓެއް ނަގާނަމަ ބަރުލަމާނީއާ ދެކޮޅަށް އެމްޑީޕީން މަސައްކަތް ކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންގެ ފުރިހަމަ އިއްތިފާގުން މިރޭ ފާސްކޮށްފި އެވެ.

ޑިމޮކްރެޓުން އިސްވެ ތިލަކޮށް މަޖިލީހުން ފާސް ކޮށްފައިވާ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމާ މެދު ވެރިންކަން ހިންގާ މައި ޕާޓީ، އަދި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީން އެމްޑީޕީން ގޮތެއް ނިންމަން އެ ޕާޓީގެ ގައުމީ މަޖިލިިސް މިރޭ ވަނީ އެއްްވެފަ އެވެ. 

ގައުމީ މަޖިލީހުގެ ނިންމުން ނިންމުމުގެ ކުރީން މެންބަރުން ވަނީ ވަރަށް ފުޅާ ދާއިރާއެއް ގައި އެ މައްސަލަ އަށް ބަހުސް ކޮށްފައެވެ. ގައުމީ މަޖިލީހުގެ 101 މެންބަރުން ބައިވެރިވި ބައްދަލްވުމުގައި ހުރިހާ މެންބަރުން ވެސް ވަނީ ބަރުލަމާނީ ނިޒާމެއް ގެނައުމާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.

ގައުމީ މަޖިލީހުގައި މި މައްސަލައަށް ފުރަތަމަ ބަހުސް ކުރެއްވީ އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނު ވަނީ ބަރުލަމާނީ ނިޒާމެއް ގެނައުމާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.

"މި ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ ރިޔާސީ ނިޒާމު. އަޅުގަނޑުގެ ތާއީދު އޮތީ ވެސް ރިޔާސީ ނިޒާމަށް،"

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މިރޭގެ ބައްދަލްވުމުގައި މެންބަރުން ބައިވެރިވެވަޑައިގަންނަވަނީ

ރާއްޖެ ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލަން ޑިމޮކްރެޓުން ކުރާ މަސައްކަތާއި ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަަމަށް ވެސް ނުސީދާ ކޮށް ރައީސް ވަނީ ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި ރިޔާސީ ނިޒާމެއް ބޭއްވުމަށް އަމަލީ ގޮތުން އެމަނިކުފާނު މަސައްކަތް ވެސް ކުރައްވާނެ ކަމަށެވެ.

"ނިޒާމީ ވޯޓަކަށް ގޮސްފި ކަމަށް ވަންޏާ، ރިޔާސީ ނިޒާމު ރާއްޖޭގައި ބޭއްވުމަށްޓަކާ ކުރަން ޖެހޭ މަސައްކަތް އަޅުގަނޑު އަމަލީ ގޮތުން ކުރާނެ ވާހަކަ ވެސް ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

އޭގެ ފަހުން ބަހުސް ކުރެއްވި ގައުމީ މަޖިލިހުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ކުންފުނިތަކުގެ ވެރީންނާއި އެމްޑީޕީގެ އިސް މަގާމުގައިތަކުގަިއ ތިއްބެވި ބޭފުޅުންނާއި ގައުމީ މަޖިލީހުގެ ހުރިހާ މެންބަރު ވެސް ވަނީ ބަރުލަމާނީ ނިޒާމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މިރޭގެ ބައްދަލްވުމުގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ

ވަރަށް ގިނަ މެންބަރުން ވަނީ ބަރުލަމާނީ ނިޒާމެއް ގެނައުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތާއި ފާޅުގައި ދެކޮޅު ހައްދަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދު ނޫން ގޮތެއް މިއަދު ހޯދަން ޖެހޭ ކަމަށް ގިނަ މެންބަރުން ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެން ބޭނުން ވަނީ މުހައްމަދު ނަޝީދު ނޫން ގޮތެއް،" މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވި އެވެ.

ބައެއް މެންބަރުން ވިދާޅުވީ ނިޒާމީ ވޯޓެއް ނަގަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެކަމަށް ރައްޔިތުންގެ ތާއީދު ނެތް ކަމަށާ އެހެން ކަމުން 45 މިލިއަން ހޭދަ ކުރަން ޖެހޭ ސަބަބެއް ނެތް ކަަމަށެވެ.

"އަޑަށް ބާރުލާފައި އަޅުގަނޑުމެން ބުނަން ޖެހޭ ކެނެރީގޭ މުހައްމަދު ނަޝީދަށް ނޫނެކޭ،" މެންބަރު ފަލާހު މިރޭ ވިދާޅުވި އެވެ.

މެންބަރުންގެ ބަހުސަށް ފަހު ރާއްޖޭގައި ނިޒާމީ ވޯޓެއް ނަގާނަމަ ބަރުލަމާނީއާ ދެކޮޅަށް އެމްޑީޕީން މަސައްކަތް ކުރަން ގައުމީ މަޖިލީހަށް ހުށައެޅި ގަރާރު ވަނީ އެވަގުތު ބައްދަލްވުމުގައި ތިއްބެވި 90 މެންބަރުންގެ ވޯޓުން ވަނީ އެގޮތަށް ފާސްކޮށްފައެވެ.

ބަރުލަމާނީ ނިޒާމަކަށް ތާއީދު ކޮށް ވާހަކަ ދެއްކީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެކަންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.