ކައުންސިލްގެ ބިދޭސީ މުވައްޒިފުން ވަނީ މިއަދު ހެނދުން ފެށިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ކެމްޕެއިން ފޮތިތަކާއި ދިދަތައް ނެގުމުގެ މަސައްކަތް ފަށާފައެވެ.
ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ސިޔާސީ ޕާޓީތަކުން މަގުތައް މަތީ ދެމި ދިދަ ފަތިތަކާއި ކެމްޕެއިން ފޮތިތައް ނެގުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.
ސިޓީ ކައުންސިލުން ބުނީ އިންތިހާބުގެ ކެމްޕެއިނަށް ސިޔާސީ ޕާޓީތަކުން މަގުތައް މަތީ ދެމި ދިދަ ފަތިތަކާއި ކެމްޕެއިން ފޮތިތައް ނެގުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. ކައުންސިލްގެ ބިދޭސީ މުވައްޒިފުން ވަނީ މިއަދު ހެނދުން ފެށިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ކެމްޕެއިން ފޮތިތަކާއި ދިދަތައް ނެގުމުގެ މަސައްކަތް ފަށާފައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 8 ކެންޑިޑޭޓުން ވާދަކުރި އެވެ. ގިނަ ކެންޑިޑޭޓުން ވަނީ މުޅި މާލޭގައި ބޮޑެތި ޕޯސްޓަރުތަކާއި ކެމްޕެއިން ދިދަތަކާއި ފޮތިތައް ދަމާފައެވެ. ދެވަނަ ބުރަށް ކެމްޕެއިން ފެށިއިރު އިންތިހާބުން ބަލިވި ކެންޑިޑޭޓުން ވަނީ ފޮތިތަކާއި ދިދަތައް ނަގާފައެވެ.
މިވަގުތު މުޅީންހެން ހުރީ ރައީސް ސޯލިހާއި ޑރ. މުއިއްޒުގެ ކެމްޕެއިނަށް ދެމި ބެނާތަކާއި ދިދަފަތިތަކާއި ކެމްޕެއިން ޕޯސްޓަރުތަކެވެ.
އެ ތަކެތި ނެގުމުގެ މަސައްކަތް ކައުންސިލުން މިއަދު ފެށިއިރު ވަރަށް ގިނަ ދިދަފަތިތައް ހުރީ ކަނޑަައިގެން ގޮސްފައެވެ. އަދި އެކި ސަރަހައްދުތަކުގައި ހުރި ކެމްޕެއިން ފޮތިތައް ހުރީ ހަލާކު ވެފައެވެ. އެކަމުގެ ސަބަބުން މަގުތައް ހަޑިވެ ދުއްވާ މީހުންނާއި ހިނގާ މީހުންނަށް ވެސް ވަރަށް ބޮޑަށް ދަތިވެފައިވެއެވެ.